ދިރާގުން ބެހި އީދު ހަދިޔާއާ އެކު ކުޑަކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ދިރާގު
06 ޖުލައި 2016 - 17:03
ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އީދު ހަދިޔާ ބަހައިފި އެވެ.
މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ މާލޭގެ ފަސް ސަރަހައްދެއްގެ އިތުރުން ދިރާގުގެ ރީޖަނަލް ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް އަތޮޅެއްގައި މިއަދު ކުޑަކުދިންނަށް ހަދިޔާ ބަހާފައިވާ ކަމަށެވެ.
މާލޭގެ އިސްލާމީ މަރުކަޒާއި ފުރުގާން މިސްކިތާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗުގައި އީދު ހަދިޔާ ބެހި އެވެ. މީގެ އިތުރުން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވެސް ކުޑަކުދިންނަށް ހަދިޔާ ބެހި އެވެ. ދިރާގުން ބުނީ މިއަދު ހަވީރު ވެސް އެ ތަންތަނުގައި އީދު ހަދިޔާ ބަހަމުން އަންނަ ކަމަށެވެ.
ދިރާގުން އީދު ހަދިޔާ ބަހަނީ.- ފޮޓޯ: ދިރާގު
މާލެގެ އިތުރުން، އައްޑޫގައި ވެސް ދިރާގުން ވަނީ އީދު ނަމާދަށް ފަހު ހަދިޔާ ބަހާފަ އެވެ. އައްޑޫގެ ފަސް ޕްރީސްކޫލެއް ހިމެނޭ ސަރަހައްދުގައި ހަދިޔާ ބަހާފައި ވާއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައިއެމްޑީސީގައި ތިބި ކުދިންނަށް ވެސް ދިރާގުން ހަދިޔާ ބެހި އެވެ.
"ދިރާގަކީ މުޅި ރާއްޖެ ތަމްސީލުކުރާ ކުންފުންޏަކަށް ވެފައި، ފިތުރު އީދުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، މިއީ ރައްޔިތުންނާ ބައިވެރިވެ ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތެއް،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގުން ބުނީ ކުޑަކުދިންނަށް ދޭ ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިޕި
07 July 2016
ނައިސް
ށޯރު
07 July 2016
ކޮން ނައިސް އެއް ގޮތް ހުސްވީމަ ހަދިޔާ ވެސް ޖެހޭނީ ބަހަން. ޢަލައްތަ މައައީ އީދެއް 25 އަހަރު ފަހުން.؟