ިހިމާޔަތްކޮށްފައިވާ ދޫނިތަކެއް: މި ފަދަ ދޫނި ހިފާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރޭ
27 ނޮވެމްބަރ 2017 - 13:13
މި ދުވަސްވަރު ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް އެބަ ހިޖުރަކުރާ ކަމަށާއި އެއިން ދޫންޏެއް ހިފައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.
ކޮންމެ އަހަރެއްގެ މި ދުވަސްވަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި އިރުވާހުދާއި ފްލެމިންގޯ ފަދަ ދޫނި ހިމެނޭއިރު، މިއީ ހުސް ހިމާޔަތްކޮށްފައިވާ ދޫންޏެވެ. އެފަދަ ދޫނި ހިފުމަކީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
އީޕީއޭން ބުނީ ރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނި ބައެއް މީހުން ހިފައި، އެއަށް ގޯނާކުރާ ކަމަށެވެ. އަދި މިއީ އެ އެޖެންސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
ހިމާޔަތްކޮށްފައިވާ ދޫނި ހިފައިފި ނަމަ ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރެ އެވެ. އެގޮތުން އެންމެ ފަހުން މި ފަދަ ދޫނިތަކެއް ހިފި މީހަކު ވަނީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ހިޖުރަކުރާ ދޫނި ރާއްޖެ އަންނަނީ ވަރަށް ދުރު ރާސްތާއެއް ކަޑައްތުކޮށްފަ އެވެ. އެކި މޫސުންތަކުގައި އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އަންނައިރު، މޫސުން ބަދަލުވުމާ އެކު އެ ދޫނިތައް އެނބުރި ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮއިސް އޮފް ހުވަދޫ
29 November 2017
ހެދޭ ގާނޫނުގަ ހުރި ދޯހަޅިކަން ނިކަން ދެކިބަލަ ، ހިޖްރަ ކުރާ ދޫނި މި އި މޫސުމީ މޫސުމި ދުނި ތަކެކެވެ. މިދޫނި ތަކަކީ އެއް ބައްރުން އަނެއް ބައްރަށް އުދުހި އުޅޭ ބައެކެވެ. މޫސުން ދިއުމުން މި ދޫނި ތަށް ނުފެނުމަށް ވުރެ މި ވެށީން ފެނުން މަރަނގަޅެވެ. މީހުންނަށް، ކުޑަކުދީން ނަށް ނުވަތަ މިގައުނަށް އަންނަ ފަތުރުވެރީން ނަށް ފެންނަހެން މިދޫނި ތަށް ހިމާޔަތް ކޮށްފަ ހުރުމުން ލިބޭނޭ ނަފާވެރިކަން މާ ބޮޑުވާނެވެ. ﷲ ދެއްވި ނިއުމަތްތަށް ހެޔޮގޮތުގައި ބެނުން ކުރަން ވީއެވެ. ގާނުނު ހަދާ މަތި ގޭގައި އުޅުއްވާ މަތި ބޭބޭފުޅުންގެ އޮއްޓަރެއް ދުރުވިސް ނުމެއް ނެތް ކަން މިހެދޭ ދޯހަޅި ގާނޫނު ތަކުން އެބަ އެނގެއެވެ.
ހަލީފާ
29 November 2017
އެކި ގޮތް ގޮތުން ސަރުކާރުން ފައިސާ ފޮއްޗެއް ލިބޭތޯ ބަލާ ދުވަސް ވަރެއްގައި ހިޖުރަ ކޮށްފައި އަނަން ދޫނިތައް އެސޮރުމެން އަންނަނީ ވިސާ ނުނަގައޭ ނޫނީ ޓްރަވަލް ޑޮކުއުމެންޓެއްވެސް ނުލައޭ ކިޔާފަ ޖޫނި މަނާ ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު. އެހެން މިބުނީ އެސޮރުމެން އެ އަންނަނީ ވަރަށް ދުރު ރާސްތާއެއް ކަނޑުތުކޮށްފައި ކަމަށްވާތީ.
މޯޑް
28 November 2017
ބޭރުގެ ގައުމުތަކުން ރާއްޖެއަށް ދޫނިގަނެގެން އެތެރެ ކުރުން މަނާ އިރު އެހެން ގައުމުތަކުން އަންނަ ދޫނިތައް ހިފީމަ މައްސަލަ ޖޫރިމަނާ ކޮންކަހަލަގެ ވިސްނުމެއް؟
ބާބޫ
28 November 2017
މީހުންމެރިޔަސް އޮކޭ ދޫނި މެރީމަ ބޮރު ސަކަރާތް
މޮހޮނު
28 November 2017
ނިކަން ތިޔަދޫނި އުޅޭފަދަ ތަންތަނުގަ އެސޮރުމެން ކާންއަޅާފަ ބަހައްޓަންވީ އޭރުން ހިޖުރަކުރާދޫނިތައް ކައިކައިގެން ތިބެދާނެއެއްނުން
ފޮނިޓައްޕު ހަސަނު.
28 November 2017
ތި އީޕޭއޭ އެއް ކުރާ މަސައްކަތެއް ނެތް. ޕްލާސްޓިކު ފުޅިއާއި ކުނިބުނި މޫދަށް އެޅުން ކޮންޓްރޯލް ކުރާން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނޭ. މިމީހުން މިހެން ތިބެފައި ނޫހުގެ ފަލަ ސުރުހީއަށް އަރަން ކޮންމެވެސް އެއްޗެކޭ ކިޔަނީ ދޯ.
ތޭރަވާ
28 November 2017
ކުޅި ހަލާކުކޮށް ސުންނާފަތި ކުރިއިރުވެސް ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުޥޭ ދޯ. ކީއްވެ އެކަން އެގޮތަށް ކުރާމީހުންނާ މެދު ފިޔަވަޅު ނޭޅޭންވީ.. ކުޅި ހަލާކުކޮށް ލުމުން ދޫނިތަކަށް އެއަށްވުރެ ބޮޑު އަނިޔާ އެއް މީހަކަށް ދެވޭނެތަ.. އެވެރިންގެ ކައިބޮއި ހަދަނީ އެތަނުން.. ގެދޮރަކީ އެތާ ހުންނަ ގަސްގަހާ ގެހި.. ކީއްވެތަ ހަމަ ހަމަ އުސޫލެއްގެ ދަށުން ކަންތައް ނުކުރެވެނީ... އަހަރެމެން ދޫނިތައް ހިފައިގެން އަނިޔާއެެއް ނުކުރަން.. ހަމައެކަނި ކުރާހާވެސް ކަމަކީ އެސޮރުމެން އަހަރެމެންނާ އޮޅުކުރެވޭތޯ ބަލަނީ..
ސިފްލީން
28 November 2017
މިވެސް ދުނިޔޭގެ ވިޔަފާރި ކޮންޓްރޯލް ކުރާމީހުންގެ ރޭވުމެކެވެ. މިކަހަލަ ކޮންމެކަމެއްގައި ގައުމުގައުމުގައި ތިބޭ ވެރިން ގައުމުގެ ރައްޔިތުން ގުނބޯހައްދައެވެ. ދެކޮޅުނުޖެހޭ ކަމަކީ ދުނިޔޭގައި އުޅޭ ރީތިދޫނިތައް ރައްޖެއަށް އެތެރެކޮއް ވިއްކުން އޯކޭ ! ރާއްޖެ އަންނަ ދޫނި ހިފާފައި ވިއްކުން މަނާ މިއަށް ކިޔަނީ މޮޔަ ރައްޔިތުން ގުނބޯހެއްދުން
ޙަދީޖާ
28 November 2017
ޚންމެ ދޫންޏެއްގެ ފަހަތުގައި ޕޯލިހެއް ބަހައްޓާ
މީމު ޒަވިޔަނި
27 November 2017
ބަލަ ހިޖްރަކުރާ ދޫނިތައް ނުހިފަން އަންގާ މަނާ ކުރީމަ އެދޫނިތައް މިތަނުގައި އާލާވާނަމަ ރަގަނޅު. މޫސުމް ނިމުމުން އެއްޗެހިތައް އަނެއްކާ މިތަން ދޫކޮށް ދާނެ. އެއަށްވުރެ ރަގަޅު ވާނެ ހިފައިގެން އާލާކުރުމަށް ތިޔަމިނިސްޓރީ އިން ޙާއްސަ ހުއްދަ ދީގެން އެ އާލާކުރިޔަސް