އެންމެ ފަހުގެ އައިފޯނު ނެރުމަށް ބޭއްވި ހަފުލާގައި އެޕަލް ކުންފުނީގެ އިސް ބޭފުޅަކު ވާހަކަދައްކަވަނީ. އެ ފޯނު ރާއްޖޭގައި ރަސްމީކޮށް ވިއްކަން ފަށާނީ މިރޭ.
30 ނޮވެމްބަރ 2017 - 10:40
މި މަހުގެ ތިންވަނަ ދުވަހު އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ދިރާގުން މިރޭ ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ އެންމެ ފަހުގެ އައިފޯން ގަތުމަށް ޕްރީ އޯޑަ ކޮށްފައިވާ މީހުންނަށް ފޯން ދޫކުރަން ފަށާނީ މިރޭ ދަންވަރު 12:00 ގައި ކަމަށެވެ. އެކަމަށް ޚާއްސަ ހަރަކާތްތަކެއް ދިރާގުގެ ހެޑް އޮފީހުގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެޕަލް އިން ރާއްޖޭގައި އައިފޯނު ރަސްމީކޮށް ތައާރަފް ކުރަން ނިންމާފައި ވަނީ ޑިސެމްބަރު އެއްވަނަ ދުވަހު. އެކަމަކު އަޅުގަނޑުމެން ބޭނުންވީ މިރޭ ދަންވަރު 12 ޖެހުމާ އެކު އަޅުގަނޑުމެންގެ ކަސްޓަަރުންނަށް ފޯން ދޫކުރަން ފަށަން،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނިގޮތުގައި، އައިފޯން ވިއްކަން ފެށުމަށް ބާއްވާ ހަރަކާތްތައް މިރޭ 10 ޖަހާއިރު ފަށާނެ އެވެ. އަދި މިރޭ ދަންވަރު ދޭއް ޖަހަންދެން ފޯނު ދޫކުރުން އޮންނާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އައިފޯން 10 ގެ ޕްރީ އޯޑަރު، ދިރާގުން ނަގަން ފެށީ މި މަހުގެ 24 ގަ އެވެ. ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހުރިހާ ފޯނެއް ވަނީ ވިކި ހުސްވެފަ އެވެ.
އައިފޯން 10 އަކީ، އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ފޭސް އައިޑީ ފަދަ އާ ކަންކަން ހިމަނައިގެން ނެރުނު އައިފޯން 10 ގެ ޑިމާންޑް ބޮޑުވެ، މި މަހުގެ ކުރީކޮޅު ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުރިހާ ފޯނެއް ވިކި ހުސްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގާބެ
30 November 2017
އަނެއްކާ މަ އޯޑަރުދިން ފޯނު އައިބާ..
ބުރަންމާނި ކަލޭގެ
30 November 2017
ދަރާވިކިގެންވެސް ފަހުގެ ފޯނާ އި ސައިކަލް ދިވެހިން ބޭނުން ވާނެ. މިހެންވެ އަސްލު ދިވެއްސަކަށް ވީތީ ފަހުރު ވެރި ވަނީ
މެންޓަލިސްޓް
30 November 2017
އަޅުގަނޑުވެސް އަސްލުގައި ވަރަށްބޭނުން ފޯނެއްތިޔައީ ،،،، ނަމަވެސް ވޮލެޓް މިހާރުހުސް ،،،، ނެއްތޯ ފޯނެއްއަޅުގަނޑަށް ދޭވަރުގެ ނޫސްކިއުންތެރިއެއްވެސް ،،،، ހަމަބޭނުންވެގެން މިލިއަނީ ،،،،، ވަރަށްވެދުން
ޔާން
30 November 2017
15 މިނިޓްތެރޭ ހުސްވެއްޖެޔޯ. މުޅިން ވެސް އިސްތިހާރަށް ކަންކުރުން މިއޮންނަނީ.
ސަލީމް
30 November 2017
މިއީ ކިހިނެއްވާކަމެއް؟ ދިވެހި ރާއްޖޭގައި ވިޔަފާރި ކުރަން ރޭގަނޑު ހުއްދަ ދެނީ 10 ނޫނީ 12 ޖަހަންދެން.