ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގެންފި ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އަރަބި ގައުމުތަކުން ދަނީ އިންޒާރު ދެމުން. --ފޮޓޯ:އޭއެފްޕީ
04 ޑިސެމްބަރ 2017 - 11:46
އައްމާން (ޑިސެމްބަރު 4) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ބޮޑަށް ގޯސްވާނެތީ އެކަން އެ ގޮތަށް ނުކުރުމަށް ޖޯޑަންގެ ފޮރިން މިނިސްޓަރު އައްޔުމަން ސަފާދީ އިންޒާރު ދެއްވައިފި އެވެ.
ސަފާދީ ވިދާޅުވީ އެމެރިކާ އިން އެ ގޮތަށް ނިންމައިފި ނަމަ އަރަބި އަދި މުސްލިމް ދުނިޔޭގެ ރުޅިވެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަށް ދަންނަވާފައިވާނެ ކަމަށެވެ. ޚަބަރުތައް ފެތުރިފައިވާ ގޮތުން އިންތިޚާބީ ވައުދު ފުއްދުމުގެ ގޮތުން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގެންފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ އެވެ. އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ މެދު ސްޓޭޓް ޑިޕާޓްމަންޓުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފައި. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ނިންމުން ބަދަލު ކުރޭތޯ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގެންދަވަނީ ބައިނަލްއަގުވާމީ ސަޕޯޓް ހޯއްދަވަމުންނެވެ. ރައީސް އައްބާސްގެ އޮފީހުން އިއްޔެ ވަނީ ފްރާނަސްގެ ރައީސް އެމަނުއެލް މެކޮން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ގުޅުއްވައިފަ އެވެ.
"އައްބާސް ބޭނުންފުޅު ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގެންފައި، އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ނަމަ ދެން ނުކުމެދާނެ ނަތީޖާތައް ވިސްނައިދޭން،" އައްބާސްގެ އެޑްވައިޒަރު މަޖްދީ އަލް ޚާލިދީ އޭއެފްޕީ އަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ލީޑަރުން ވަނީ އިޒްރޭލުގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ދެ ދައުލަތް އުފައްދައިގެން ސުލްހަ ހޯދަން ކުރާ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް އިންޒާރު ދީފަ އެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ފަހު އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
05 December 2017
ހެދިއްޔާ ކަލޭމެން ކުރާނީ ކީއްތަ؟ އިޒުރޭލް ބޭނުންގޮތެއް ކަލޭމެންނަށް ހަދާނެ ސަބަކީ ކަލޭމެންނަކީ އެމީހުންގެ ގޮޑިކޮއްކޮއިން.
ކޮންކާރާ
04 December 2017
މިއީ މިކަންވާނެގޮތް. އެހެންނަމަވެސް އަލުން ކޮންކާ ކުރާނެ.
ޔުނައިޓެޑް އައްޑޫ
04 December 2017
އިރާން ފުނޑާލުމަށްފަހު ރަސްކަން ދިފާއުކުރުމަށް ސައުދީން އުފައްދާފައިވާ ސުންނީ ކޯލިޝަން ގައުމުތަކުން މިކަމާއި ދެކޮޅު ހެދުމަކީ ސައުދީ ވަލީއަހުދު ހިތްޕުޅާވާނެ ކަމެއް ނޫންކަން އުރުދުންގެ ރަސްގެފާނަށް އެނގިވަޑައިނުގަންނަވަނީތޯ؟
ދޮން ބަބުރު ސޮރު
05 December 2017
އީރާނަށް ތިޔަކިޔާ ކޯލިޝަން ފުޑާލަން މާގިނަ އިރެއް ބޭނުން ނުވޭ އެކަން އެގޭތީ ޓުރަމްޕު ބުނީމައި ނުކެރި އެ ތިބީ އިޒުރޭލާ ބައިވެގެންވެސް އެކަން ކުރަން ސަޢޮދީ ރަސްގެފާނު ބޭނުންވޭ އެކަމަކު ނުކެރޭޅެ ހަމަ ފުއްޕަން ޖެހޭނީ އެންމެ ފަހުން ޔަހޫދީން ދެން ތަންކޮޅުވެސް ނަގާނެ.