ޚަބަރު

އެމެރިކާގެ ނިންމުމަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް އެޅި ފިޔަވަޅެއް: ފަލަސްތީނު ސަފީރު

ފަލަސްތީނުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަންވަރުލް އާޣާ ރައީސް އޮފީހުގައި. --ފޮޓޯ ރައީސް އޮފީސް

އިޒްރޭލުގެ ވެރިރަށް ތެލްއަބީބްގައި ހުންނަ އެމެރިކާގެ އެމްބަސީ، ފަލަސްތީނުގެ ގުދުސަށް ބަދަލު ކުރަން އެމެރިކާ އިން ނިންމި ނިންމުމަކީ ހަމައެކަނި ފަލަސްތީނު މީހުންނަށް ދިން ދެރައެއް ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތަށް ދެކޮޅަށް ދިން ހަމަލާއެއް ކަމަށް، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ޑރ. އަންވަރުލް އާޣާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ފޯނުން ގުޅުއްވައި، އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމެވި ކަން އަންގަވައިފަ އެވެ. އެ ފޯން ކޯލްގައި ރައީސް މަހްމޫދު އައްބާސް ވަނީ ޓްރަމްޕުގެ އެ ނިންމެވުމަށް ދެކޮޅު ހައްދަވައި އެ ގޮތަށް އެ ކަން ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

މެލޭޝިޔާގައި ހުންނަވައި ފޯނުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަލަސްތީނުގެ ސަފީރު ވިދާޅުވީ އެމެރިކާ ސަރުކާރުން އެ ގޮތަށް ނިންމި ކަމުގައި ވިޔަސް، އެ ނިންމުން ތަންފީޒު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިޒްރޭލުގެ ވެރި ރަށަކީ ގުދުސްކަމަށް އިޒްރޭލުން ނިންމާފައިވާ ނިންމުމަށް އެމެރިކާ އިން އިއުތިރާފް ވެސް ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަކީ، އެއަށް ވުރެ ހިކްމަތްތެރި އަދި ވިސްނުންތެރި ސަރުކާރަކަށް ވާނެ ކަމަށް. އަދި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަކީ ފަލަސްތީނު މީހުންގެ ހައްގުތަކަށް އިއުތިރާފްވާ އެމީހުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާނެ ކަމަށް ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން،" ސަފީރު އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގުދުސް އަޅުވެތިކުރުމަށް އިޒްރޭލުން ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި ފަލަސްތީނު ރައްޔިތުންނަކަށް ނޫނެވެ.

"މި ކަމުން އަރަބި ދުނިޔެއަށާއި މުޅި އިސްލާމީ އުންމަތަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރާނެ. އެމެރިކާގެ އެ ނިންމުން ތަންފީޒުކުރަން ފަށާ ހިސާބުން ވަރަށް ނުރައްކާތެރި، ހިތަށް ގެންނަން ވެސް ނޭނގޭ ކަހަލަ ކަންތައްތަކެއް ކުރިމަތިވުން ވެސް އެކަށީގެންވޭ. މި ކަންތައް މިހެން ވަމުންދާ އިރު، އިސްލާމީ އުންމަތް ދެ އަތް އުރާލައިގެން ނޯންނާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ސަފީރު އަންވަރު ވިދާޅުވި އެވެ.

"މިކަން މިވަގުތުން ފެށިގެން ހުއްޓާނުލައިފި ނަމަ، ފަލަސްތީނުގެ ބިންތަކުގައި އިތުރު އިންތިފާޟާއެއް ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް. މީގެ ކުރިން ދެކެފައި ނުވާ ފަދަ ކަންތަކެއް ފަލަސްތީނު ރައްޔިތުންގެ މެދުގައި ފެށުމަކީ ވެސް އެކަށީގެންވާ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި، އިޒްރޭލާއި އެމެރިކާގެ އެ ނިންމުން ބަދަލުކޮށް ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ފަލަސްތީނުން ކަނޑައަޅާފައިވާ ކަނޑައެޅުން ހަގީގަތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

"ހަގީގަތުގައި ގުދުސަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް. އެއީ ފަލަސްތީނުގެ ބިމަކަށް ވިޔަސް، އެ ބިމުގައި މަސްޖިދުލް އަގްސާ ހުރީމާ، ފަލަސްތީނު ރައްޔިތުން އެ ބިމުގެ ދިފާއުގައި މަސައްކަތް ކުރަނީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި. އެހެންވީމާ، އިސްލާމީ ދުނިޔޭގެ ވެރިން މި ދަނޑިވަޅުގައި މި މައްސަލަ އަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭނެ،"

ފަލަސްތީނުގެ ސަފީރު ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ފަލަސްތީނުގެ ބިމަކަށް ވެރިވެގަންނަން އެ މަސައްކަތް ކުރަނީ މެދުއިރުމަތީގެ ސުލްހައާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މުޖްތަމައުން އެކުލަވާލާފައިވާ އެންމެހައި މުއާހަދާތަކާ ޚިލާފަށެވެ.

"މިއީ ޔަގީނުން ވެސް ފަލަސްތީނާއި އިޒްރޭލުން އެއް ބަޔަކު އަނެއް ބަޔަކަށް އިއުތިރާފްވުމަށް 1993 ވަނަ އަހަރު އެކުލަވައިލި އޯސްލޯ މުޢާހަދާއާ ކަނޑައެޅިގެން ޚިލާފު އަމަލެއް. އަދި ފަލަސްތީނާ ގުޅޭ ގޮތުން މިހާތަނަށް އެކުލަވައިލި އެހެން ހުރިހާ މުއާހަދާތަކަށް ވެސް، އެމެރިކާގެ މި އަމަލުގެ ސަބަބުން އަސަރު ކުރާނެ،" ސަފީރު ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ވެސް ވަރަށް ސާފުކަން ބޮޑު ގޮތެއްގައި މި ކަމުގައި ފަލަސްތީނު މީހުންނާ އެކުގައި ވާނެ ކަމަށް އުންމީދު ކުރަން. އަދި ރައީސް ޔާމީންގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައަށް އަދި ވަކިން ޚާއްސަކޮށް ގުދުސްގެ މައްސަލައަށް ދެއްވާ ޚާއްސަ ސަމާލުކަމަށް ޝުކުރުވެރި ވަން."

އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ، ފަލަސްތީނުގެ ގުދުސަށް ބަދަލުކުރަން އެމެރިކާ އިން ނިންމީ، ގުދުސަކީ އިޒްރޭލުގެ ބިމެއް ކަމަށާއި އިޒްރޭލުގެ ކުރިމަގުގެ ވެރިރަށް ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބާރު ދިނުމުގެ ގޮތުންނެވެ.

17 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 44%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖް ބޯއީ

07 December 2017

މިހާރު އަންވަރު ތިޔަ ބުނާ އިސްލާމީ އުއްމަތެއް ނެތް.

The name is already taken The name is available. Register?

ހާމަ333

06 December 2017

ޢެމެރިކާއަކަށް ތިތަނުން އަމާންކަމެއް ދުވަހަކުވެސް ނުލިބޭނެ...ބިރުވެރިތަނެއް ގޮތުގައިތިތަން އެމެރިކައަށާއި އިޒްރޭލަށަ އަބަދުވާނީ...

The name is already taken The name is available. Register?

falaku ain

06 December 2017

އެމެރިކާގެ ނިންމުންތޯ އިސްލާމީ އުންމަތާ ދެކޮޅަށް އެޅިފިޔަވަޅަކީ. ސައޫދީންނާއި، ޔޫ.އޭއީ.އިންނާއި، ބަހުރައިނުންނާއި މިސްރުންނާއި އުރުދުން އިން ސިއްރިޔާތުގައި އިސްރާއީލް ޙިމާޔަތް ކޮށް އަދި އެވަރުން ނުވިތާކަށް މުސްލިމު ގައުމތަކަށް ބޮން އަޅައި އެތައް މިލިއަން ރައްޔިތުންނެއް ގަތުލުކުރަމުންދާއިރު އެކަމެއް ނުވޭދޯ އިސްލާމީ އުންމަތާ ދެކޮޅަށް އަޅާ ފިޔަވަޅަކަށް. ލޮލަކީ ސިކުނޑިއެއް އިންސާނާއަށް ދެއްވާފައިވަނީ އެލޮލަށް ފެންނަ ކަންތަކާއި ސިކުޑިން ވިސްނައިގެން ކަންކަން ޔަގީން ކުރުމަށް. ކިތައް ބިލިއަން ޑޮލަރުތޯ ޒަޔަނިސްޓުން ފަލަސްޠީނުގައި ދެމެހެއްޓުމަށް ގަލްފުގެ ރަސްރަސްކަލުން އެ ހޭދަ ކުރަނީ؟

The name is already taken The name is available. Register?

ނޯރާ

06 December 2017

އަސްލު މި ނިންމުން ގޯހެއް ނޫން. މިކަމާހެދި ކުރެވުނު ތަޅާފޮޅުން ނިންމުމަކަށް އަންނާނެ.

The name is already taken The name is available. Register?

ދެރިޔާ

06 December 2017

އަނެއްކާ އާގޮތަކަށް ތޮޅެން ދިމާ ކުރީތާ. މިކަމަށްވެސް އާދެ ލައްބަ ކިޔާފަ އަތްޖަހާ ބަކަުވެސް ތިބޭނެ

The name is already taken The name is available. Register?

ޒުލްގަރު

06 December 2017

މިހާތަނަ ޓްރަމްޕު ނިންމެވި އެންމެ ހަަރުދަނާ އެއް ނިންމުން ގަބޫލު ކޮށްލާދެން. ހަޖަމްވެސް ކޮށްލާ

The name is already taken The name is available. Register?

އަހުމަދުބެ

06 December 2017

ހުރިހާ މުސްލިމް ގައުމަކުން އިޒްރޭލާ ދެކޮޅައް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ވީއެވެ.

The name is already taken The name is available. Register?

ސިންތިލީ ވޫމް

06 December 2017

ތިޔަހާ ހިތްވަރެއް ނުހުން ނާނެ މުސްލިމް ގައުތަކުގެ ވެރިން ގެ ކިބާއިގަ! މުސްލިމް ގައުތަކުގެ ވެރިން އިޒްރޭލާ ދެކޮޅައް ދަތި ކުރުމުގެ ފިޔަވަޅު އަޅަފިނަމައް އެވެރިން އިދަޖެހޭނީ.

The name is already taken The name is available. Register?

ކެރީ

06 December 2017

ޔާ ﷲ ޔަހޫދީންނާއި އެބައިމީހުންނަށް ވާގިވެރިވާ އެންމެހާ ފަރާތްތަށް ބަލިކަށިކުރައްވާ ދޭވެ އާމީން

The name is already taken The name is available. Register?

ދިވެހިއްޔަތު 1

06 December 2017

ޔަހޫދީން އެމީހުންގެ އަނދަވަޅު އަމިއްލަ އަށް ތި ކޮނުނީ. އެމީހުންގެ ނިމުން ވަރަށް ނުބައި ވާނެ. "އިސްލާމީ އެއްބައި ވަންތަ ކަން" އޮތީ އަދި ނިދީ ގައި، ނަމަވެސް ނިދީ ގައިވެސް ކޮޅަކަށް ފުރޮޅިލައިފި ނަމަ، ޢަދުއްވުން ގޮތް ހުސްވޭ. އިރާދަކުރެއްވިއްޔާ ފަލަސްޠީނު ރައްޔިތުންނަށް އެމީހުންގެ ޙައްޤު ތައް ފުރހަމަ ގޮތުގައި ވަަރަށް އަވަހަށް ލިބިގެން ދާނެ. ޝުކުރިއްޔާ!

The name is already taken The name is available. Register?

ސިޔުރާ

06 December 2017

މިއީ މިއަދަކު އަލަށްވެގެން އުޅޭ ކަމެއްނޫން. 1995 ވަނަ އަހަރު ކޮންގްރެސްއިން ފާސްކޮށްފައިވާ ގާނޫނެއްގައި ވަނީ އިޒްރޭލުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދުހަށް ބަދަލުކުރަން ލާޒިމުކޮށްފައި. ނޫން ނަމަ، ބޭރުގައުމުތަކުގައި ހުންނަ އެމެރިކާގެ މިސަންތަކަށް ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި މަދުކުރާނެ ކަމަށް ގާނޫނުގައިވޭ. އެކަމަކު އެމެރިކާގެ ގައުމީ ސަލާލަމަތަށްޓަކައި، މިކަން ނުކޮށް ކޮންމެ 6 މަހަކުން މުރާޖައާކުރުމުގެ ބާރު ރައީސަށް ގާނޫނުގައި ދީފައިވޭ. ޓްރަމްޕު ކެމްޕެއިންގައި ބުނެފައިވަނީ ވެރިކަން ލިބިއްޖެ ނަމަ އެންބަސީ ބަދަލުކުރާނެ ކަމަށް. އަދި މިވަގުތު އެކަން ކުރަނީ ކެމްޕެއިން ވައުދެއް ފުއްދައި ސަޕޯޓު ބޭސްގެ ރުހުން ހޯދަން. އެފްބީއައި ތަހުގީގުގެ ކަންތަކާ ހެދި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454