ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ރަނިލް.
10 ޑިސެމްބަރ 2017 - 10:02
ކޮލަމްބޯ (ޑިސެމްބަރު 10) - ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކުރުމަށް ފަހު އެ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި އެވެ.
ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ މާޗަންޓްސް ޕޯޓް ހޯލްޑިންސް ކޮމްޕެނީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ، ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިން، ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް އަދި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ސާވިސް އިންނެވެ. ޕާލަމެންޓް ކޮމްޕްލެސްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ވަނީ 99 އަހަރުގެ ލީސް އެގްރީމެންޓުގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 300 މިލިއަން ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފަ އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ހަމްބަންޓޯޓާ ބަނދަރު ކުރިމަގުގައި ވެގެންދާނީ އިންޑިއާ ކަނޑުގެ މައި ބަނދަރަށް ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން ޗައިނާ މާޗަންޓްސް ޕޯޓް ހޯލްޑިންސް އިން ހަމްބަންޓޯޓާ ބަނދަރު ތަރައްގީ ކުރުމަށް 1.12 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ އެވެ.
ހަމްބަންޓޯޓާ ބަނދަރާ އެކު އިކޮނޮމިކް ޒޯނެއް ވެސް ތަރައްގީ ކުރާނެ އެވެ. ރަނިލް ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނުތައް ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިލޮށި ފަތި!
11 December 2017
އިންޑިއާ މިހާރު ހުންނާނީ ތަލިން ކުޅުހިކިފައި، ދޮޅީގައި އަތްވިދިފައި، ދެން ހަތަރެސްފައިން ގޯސްހަދަންފަށާނީ، ވަރަށް އުފާވެއްޖެ! ދެން ރޭޕުކޮށްލަކޮށްލައިިތިބޭ!!!
ފޫހި
10 December 2017
ދުވަސްކޮޅަކުން އަޑުއިވޭނީ ހުޅުލޭ އެއަރޕޯޓް އަދި ޔޫތުސިޓީ99.99 އަހަރަށް ޗައިނާއަށް ދީފިވާހަކަ. އަޅުވެތިކަން.
ޢަލީބަލީ
10 December 2017
އައިހެވަންގެ ދުވަސްތިދިޔައީ. ދެން އެޕްޖެކްޓް ހުއްޓާލަން ފެންނަނި.
އަހްމަދު
10 December 2017
ޗައިނާ އިންވެސްޓްކުރަނީ ހަމައެކަނި ރާއްޖެއަކު ނޫންދޯ. އިންޑިއާ ހަސަދަވެރިވިޔަސް އަދި ރާއްޖޭގައި ޗައިނާ އިންވެސްޓްކުރާތީ ނުރުހުނަސް ޚުދު އިންޑިއާގައިވެސް ޗައިނާ ދަނީ ބިލިޔަންބލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރަމުން. ރާއްޖޭގެ އިދިކޮޅު ސިޔާސީ މީހުން މިކަމަށް ނުރުހުނަސް، އިންޑިއާގެ ނުފޫޒުން މިކަންކަމަށް އެއްބަސް ނުވިޔަސް ޙަޤީޤަތަކީ ޗައިނާ ދަނީ މުޅި ދުނިޔޭގައި ގަދަކުރަމުން. އިންޑިއާއަކަށް މިދައުރެއް އަދައެއް ނުުރެވޭނެ. އެއީ ކާސްޓީ ސިސްޓަމާއި ކޮރަޕްޝަން ބޮޑުވުމުން.
ލަންކާމީހާ
10 December 2017
ނަމަނަމަ މިވާހަކަ ދިވެއްސަކު ކާރީ ނުބުނާތި. އެމީހުންނަށް އެނގިއްޖެނަމަ ގައުމުގެ ފުރަގަސް ފަރާތު ދޮރާށި ވިއްކާލައިގެންނޭ ކިޔާފަ މުޒާހަރާއަށް ނުކުންނަށް އުޅެދާނެ.
ނާސިރު0000
10 December 2017
އިދިކޮޅު ފަރާތްތަކަށް ފެނޭތަ ޤައުމުތަކުގައި ޗައިނާއިން އިންވެސްޓްކުރާ ތަން..
ރަނގަޅަށް ބަލާ
10 December 2017
ތަންދޮރު ނުބަލާ ވާހަކަ ނުދައްކަބަލަ! ތި ހަންބަންޓޯޓާއަކީ ލަންކާއަށް ޗައިނާއިން ދިން ލޯނެއް ނުދެއްކުނީމަ ބަދަލުގެ ގޮތުގައި ދޭން ޖެހުނު ތަނެއް! ތިއީ މިހާރު ލަންކާގައި ހުރި ޗައިނާ ބަދަރެއް. ލަންކާގެ ބާރު ނުހިނގާ ސަރަހައްދެއް.
ނަސްރު
10 December 2017
"ޗައިނާ އިން ލަންކާ އަށް ދޫކޮށްފައިވާ ދަރަނީގެ އަގު އަށް ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު މި ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ސްރީ ލަންކާ އިން މިހާރު ވަނީ ޗައިނާ އިން ލަންކާގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް ކަމަށްވާ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމްބަންޓޯޓާ ބަނދަރުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ޗައިނާ އަށް ދޫކޮށްލުމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ޗައިނާ ސަފީރު ޔި ޒިއަންލިއަން އަށް ހުށަހަޅުއްވައިފަ އެވެ.".