13 ޑިސެމްބަރ 2017 - 15:27
ގުދުސް އަށް ވެރިވެގަނެ، އެތަނަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި ރާއްޖެއިން ބުނެފި އެވެ.
ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމުން މީގެ ކުރިން ވެސް ރާއްޖެއިން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
މިހާރު ކުރިއަށްދާ އޯއިސީގެ އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ރާއްޖެ ތަމްސީލުކުރާ ވަފުދުގެ ވެރިޔަކަށް ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އެ ސަމިިޓުގައި ތަގްރީރު ކުރައްވަމުން ވިދާޅުވީ އެމެރިކާގެ ނިންމުމަކީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރު މުސްތަގްބަލުގައި ލިބޭނެ ގެއްލުމެއް ކަމަށެވެ. ގުދުސްއަކީ މުސްލިމުންނާ ގުޅުންހުރި ވަރަށް މާތް ބިމެއް ކަމަށާއި ގުދުސް އާއި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެ، އެތަނުގައި މީހުން އާބާދުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށާއި އެ ގައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖެއިން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިސްލާމީ 57 ގައުމެއްގައި ބައިވެރިވާ އެ ސަމިޓު މިފަހަރު އަމާޒު ކޮށްފައި ވަނީ ވެސް ގުދުސްގެ މައްސަލައަށެވެ. އެ ސަމިޓުގެ ރިޔާސަތު މިފަހަރު ބަލަހައްޓަނީ ތުރުކީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖީބު
14 December 2017
ދެން އެނިމުނީނު. ތި އޯހ. އައ ސީ ގެ މަގްސަދު ހާސިލުވީނު. އިޒްރޭލުން މިހާރު އެ ތެޅިފޮޅެނީ ތިހެން ބުނެގެން.
ދީދީ
14 December 2017
ޢަސްތާ އިޒުރޭލުވެސް ތިއޮތީ މުއިޒުވެފަ، ދެން އިޒުރޭލުގެޒަމާން ތިދިޔައީ.
ބެނާ
14 December 2017
އަޅޭ ފޮރިންމިނިސްޓަރު ގައިބުވީތަ އެކޮޅުކޮޅުން ހިނގާ ސަރުކާރު
ކުޅުދުއްފުށި ހޮޅުއަށިން
13 December 2017
ދިވެހިސަރުކާރުން ބުނެދީބަލަ އިޒުރޭލުގެ ވެރިރަށަކީ އެމެރިކާގެ ވޮޝިންޓަނު ކަމައް ދިވެހިން ގަބޫލުކޮއްފީމޭ ދީނޭވަހިދަތޭ ކިޔައިގެން ވެރިކަމައްއަރާ ހާދަ ނެގިމަޑުވެފަ ތިތިބެނީ
ހުސެން123
13 December 2017
ސުޕްރީމް ކޯޓުން އަވަހަށް ހުކުމެއް ނެރެދެއްވާ. އެއީ ދެން ނުވެ އޮތް ކަމަކީ. އެއައްފަހު ދެން އެންމެން އަތްޖާނީ ބާރަށް.
ޗޮމމ
13 December 2017
މި ސަމިޓުގައި 22 މުސްލިމް ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވީ އިރު މިސަމިޓުގައި ގައުމުގެ އިސްވެރިން ބައިވެރިނުކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އާއި ޔޫއޭއީ އާއި ދިވެހިރާއްޖެ ހިމެނެއެވެ.
ޙުސައިން12345
13 December 2017
ކޮންތަނެއްގެ ޤާނޫނާ ޚިލާފުވީ؟ ލޮލް. ބުނަން ތިއުޅެނީ އ.ދ. ގެ ޤަރާރުތަކާ ޚިލާފޭ ދެއްތޮ؟
އުނބު
13 December 2017
ނާހަމަ ތެދެއް މުއިއްޒޫ... އެހެންވީމަ ގާނޫނާ ހިލާފު ވީމަ އެބަ އެނގޭ ދޮތަ. މަ ކުރިން ހީކުރީ ނޭގިގެން ކަންތައް ކުރެވެނީ ކަމަށް. ބޯހަލާކު
މުއިއްޒު
13 December 2017
މި ސަރުކާރުން ގާނޫނުގެ ވާހަކަ ނުދެއްކެވުން ރަނގަޅުވާނެ.
އަހުން
13 December 2017
ކަލެއަކަށް ނޭނގޭނެ މިސަރުކާރުން ކަންކުރަންވީގޮތެއް.
ގާނޫނުބެ
14 December 2017
އަހުން ހާދަ ހާޑުވީ.. ތިކަހަލަ ކޯޑިނޭޓަރުން ތިބޭތީއޭ މި ސަރުކާރާއި ދައުލަތް ފަހަތަށްދަނީ..
ޔާމިން
13 December 2017
ނިކަން ކެރެންޔާ އެމެރިކާ އާ ގުޅުން ކަނޑާލަބަލަ ގަތަރައް ހެދިހެން . ދެފުއްކެހެރިން
ރާއްޖެ
13 December 2017
އެމެރިކާއާ ގުޅުން ކެނޑިޔަކަސް މައްސަލަ ހައްލެއްނުވާނެ. އެމެރިކާއަށް ވާނެ ދެރައެއް ނެތް. ދިވެހި ވަރަށް ގިނަ ރައްޔިތުން އުޅޭ ގައުމެއް ޔޫއެސް އަކީ.
ހުސެން123
13 December 2017
ގަތަރާ ގުޅުން ކަނޑާލީ އެއީ އެމީހުންނަށް ކޮން ދެރައެއްދޭށޯ؟