ވިޔަފާރި / މޯލްޑިވިއަން އެއާ ޓެކްސީ

މޯލްޑިވިއަންގެ އަށް ވަނަ ސީ ޕްލޭން ފަސް ދުވަހުގެ ތެރޭ އަންނާނެ

މޯލްޑިވިއަންގެ ބޯޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި: މިފަހަރު ގެންނަނީ ކުރިން ރާއްޖޭގައި ދުއްވި ސީ ޕްލޭނެއް --ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގެންނަ އަށް ވަނަ ސީޕްލޭން ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް އިން މިއަދު ބުނެފި އެވެ.

ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ބޯޓު ރާއްޖެ އަންނަން ކެނެޑާއިން ފުރީ އިއްޔެ އެވެ.

"ފަސް ވަރަކަށް ދުވަސް ނަގާނެ ރާއްޖެ އަންނަން،" އޭނާ ވިދާޅުވި އެވެ.

މިފަހަރު މޯލްޑިވިއަން އަށް ގެންނަނީ މީގެ 17 އަހަރު ކުރިން 1999 ގައި އޭރުގެ މޯލްޑިވިއަން އެއާޓެކްސީން ފުރަތަމަ ބޭނުންކުރި ބޯޓެކެވެ. ނަޝާތު ވިދާޅުވީ އެހާ ގިނަ ދުވަސް ވަންދެން ބޭނުންކުރި ބޯޓެއް ނަމަވެސް އޭގެ ސަލާމަތީ ކަންތައްތައް ފުރިހަމަވާނެ ކަމަށެވެ.

"މި ބޯޓު މި ގެންނަނީ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ފަހު. މީގައި ކުރަން ޖެހޭ ހުރިހާ މަރާމާތެއް ކުރުމަށް ފަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިގެން. އެހެންވެ، މި ބޯޓަކީ ސަލާމަތީ ހުރިހާ ކަމެއް ފުރިހަމަ ބޯޓެއް ކަމުގެ ޔަގީން ކަން ދެން،" ނަޝާތު ވިދާޅުވި އެވެ.

ކެނެޑާގެ ކުންފުންޏަކުން އެ ބޯޓު ގަނެގެން ދުއްވި ފަހުން 2003 ގައި އަލުން ރާއްޖޭގައި ބޭނުން ކޮށްފައިވާ ކަމަށް އެއާކްރާފްޓްތަކުގެ މައުލޫމާތު ދޭ "ޕްލޭން ލޮގާ" ވެބްސައިޓުގައި ވެ އެވެ.

މޯލްޑިވިއަނުން އެ ބޯޓު ގަނެގެން މި ގެންނަނީ އިތުރު ތިން ތަނެއްގައި އެ ދުއްވި ފަހުންނެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ 15 ގޮނޑީގެ ބޯޓެވެ. މި ބާވަތުގެ ހަތް ބޯޓު، މޯލްޑިވިއަނުން މިހާރު ވެސް ބޭނުން ކުރެ އެވެ.

3 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 78%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އާދަމް

10 July 2016

ޓީއެމްއޭއިންވެސް ރާއްޖެއަށް ހާދަގިނަ ބޯޓެއްގެނެސްގެން އޮޕަރޭޓްކުރެއެ،، އެކަމު ދެދުވަހުން އެއްދުވަހު ނޫހަގަ ނުޖަހަ. އެކަމު މޯލްޑިވިއަން ހަބަރުތައް ނޫސްކުން ފެންނޭ ބޯޓެއް ގެންނަން ވިސްނިޔަސް. ވަރަށް ޖޯކް.

The name is already taken The name is available. Register?

އަލީ

10 July 2016

20 ނޫނީ 30 އަހަރު ވެފައި ހުންނަ ބާ ބޯޓު ނޫނީ ހަމަ ނުލިބެނީ ދެއްތޯ؟ ހާދަ ދެރައޭ!

The name is already taken The name is available. Register?

އިދާމް

10 July 2016

މަތިންދާބޯޓުގެ އުމުރަކީ އެއްވެސް އެއްޗެއްނޫން. އެބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓާ ބަދަލުކުރަންޖެހޭ ބައިތައް ބަރާބަރަށް ބަދަލުކުރާނަމަ އޭގަ މައްސަލައެއް ނޫޅޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454