ނަޕޯލީގެ ހަމްސިޗް އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
24 ޑިސެމްބަރ 2017 - 08:03
ނޭޕްލްސް (ޑިސެމްބަރު 24) – ސަމްޕްޑޯރިއާ އަތުން 3-2 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓި މެޗުގައި ނަޕޯލީގެ ކެޕްޓަން މަރެޗް ހަމްސިޗް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ ރެކޯޑެއް މުގުރާލައިފި އެވެ.
ނަޕޯލީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މަރަޑޯނާ ހެދީ 1984 އިން 1991 އަށް 259 މެޗުން 115 ގޯލް ޖަހައިގެންނެވެ. އެ ރެކޯޑް ހަމްސިޗް މުގުރާލީ 465 މެޗުން 116 ގޯލް ޖަހައިގެންނެވެ. މަރަޑޯނާއާ އެކު 1990 ވަނަ އަހަރު އިޓާލިއަން ލީގު ހޯދި ފަހުން ނަޕޯލީން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ރޭ ހޯދީ މުހިއްމު މޮޅެކެވެ.
އެ ޓީމު 45 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 44 ޕޮއިންޓާ އެކު އޮތީ ރޭ ރޯމާ އަތުން 1-0 އިން މޮޅުވި ޔުވެންޓަސް އެވެ. ރޭ ސަސުއޮލޯ އަތުން 1-0 އިން ބަލިވި އިންޓަ އޮތީ 40 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ގެސްޓަން ރަމިރޭޒްގެ ލަނޑުން ސަމްޕްޑޯރިއާ އިން ލީޑު ނެގި އެވެ. ނަޕޯލީ އަށް 16 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އެލަން އެވެ. ސަމްޕްޑޯރިއާ އިން 27 ވަނަ މިނެޓުގައި އަލުން ލީޑު ނެގީ ޕެނަލްޓީއަކުން ފަބިއޯ ކުއަގްލިއެރެލާ ޖެހި ގޯލުންނެވެ. ނަޕޯލީ އަށް 33 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނޭ އެއްވަރުކޮށްދިންއިރު މޮޅުވި ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ހަމްސިޗެވެ. މި މެޗުގެ 77 ވަނަ މިނެޓުގައި ނަޕޯލީގެ މާރިއޯ ރުއީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
24 December 2017
ސާބަހޭ ހަމްސިޗް.ހަމްސިޗް އެއީ އެޓޭކިންގް މިޑްފީލްޑަރެއް ދޯ ، ނަމަވެސް މަރަޑޯނާ ނަޕޯލީގަ ކުޅުނީ އެޓޭކިންގް ޕްލޭޔާއެއްގެ ގޮތުގަ ރަދީފަށް އިނގޭގޮތުގަ.(ގޯސް މައުލޫމާތެއްނަމަ ރަނގަޅު ކޮއްލަދިނުން އެދެން).ބަރުބާދު ތިބަލަނީ މެޗްގެ އަދަދަށް އެކަނި ދޯ.ގޯލް ކީޕަރަކަށް އަބަދު ގޯލެއް ނުޖެހޭނެ ދޯ.ހަމްސިޗްގެ ކާމިޔާބީއެއީ ހައްގު ކާމިޔާބީއެއް.ވ.ވެދުން
ސައްޔާހް
24 December 2017
"ކުޅުންތެރިޔާގެ ރެކޯޑް މަރަޑޯނާ ހެދީ 1984 އިން 1991 އަށް 259 މެޗުން 115 ގޯލް ޖަހައިގެންނެވެ. އެ ރެކޯޑް ހަމްސިޗް މުގުރާލީ 465 މެޗުން 116 ގޯލް ޖަހައިގެންނެވެ." ހިސާބުތައް ދައްކާ ގޮތުން އަދި ރެކޯޑު ނުމުގުރޭ... 259 މެޗުން 116 ގޯލް ޖހައިގެން ރެކޯޑް މުގުރޭނީ.. މަރަޑޯނާ އަށް ވުރެ ގިނަ ގޯލް ޖެހިއްޖެ އެކަމަކު އެއީ 465 މެޗުން.. މަރަޑޯނާ އެވަރަށް މެޗުކުޅުނު ނަމަ 230 ގޯލް ވެސް ކާމިޔާބު ކުރެވިދާނެ.. މަގޭ ޚިޔާލު
ރަދީފް
24 December 2017
މީގަ ގުނަނީ ގޯލް. (އެޓޭކިންގ މިޑްފީލްޑަރ އަދި އެޓޭކާރ (ސްޓްރައިކަރ) ގެ ރޯލް ފުޓްބޯޅަ މެނުއަލްތައް ނަގައިގެން ކިޔާލުން ބުއްދިވެރި.ވ.ވ.ވ.ވ.ެދުން
ރެކޯޑް
24 December 2017
އަދިވެސް އަނެއްހެން ބުނާކަމަށްވަންޏާ ރެކޯޑް ތިއޮތީ މަރަޑޯނާގެ އަތުގަ އެއީ މަރަޑޯނާ 259 މެޗުން ޖެހި ލަނޑުގެ އަދަދަށްވުރެއް އެއްލަނޑު އިތުރަށް ހަމްސިކަށް ތިޔަ ޖެހުނީ ރެއޭގެ 28 އަހަރު ފަހުން 465 މެޗުން.. މާނައަކީ 206 މެޗު އިތުރަށް ކުޅެގެން... އެކަމު ދެކުޅުންތެރިން ކުޅޭ މަޤާމު ވެސް ތަފަތުކަން އެނގޭ.. އެހެންވިޔަސް ކުޅުނު މެޗުގެ އަދަދަށް ބަލަިރު ނަޕޯލީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އަދިވެސް މަރޭއަށް އޮތީ
ބަރުބާަދު
24 December 2017
ރެކޯޑެއް ނުމުގުރުނެއްނުދޯ؟. މެޗުގެއަދަދު ތިއޮތީ ގާތަގަނޑަކައް ޑަބަލްވެފަނޫންތޯ؟. އަދިވެސް ތިއޮތީ މެޗުގެ އަދަދައްބަލާއިރު މަރަޑޯނާޖެހި ގޯލަކައް ބައިގޯލްގެ ރޭޓެއްނޫންތޯ؟.
ޒެއިން
24 December 2017
ހަމްސިކް އެއީ މިޑްފީލްޑަރެއް މަރޭ އެއީ ފޯވާޑެއް.. އެހެންވީމަ އެތަފާތު ފެނިދާނެ...