ޖަލްސާއެއްގައި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
26 ޑިސެމްބަރ 2017 - 11:50
ރާއްޖެ ސުންނާފަތިކޮށްލި ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުން މިއަދު ވެސް އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީއަށް 13 އަހަރު ފުރުމާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ގައުމީ މަސްލަހަތު އިސްކުރުމަކީ މި ފަދަ ކާރިސާތަކުން ދަސްކުރަންވީ ފިލާވަޅެއް ކަމަށެވެ. އަދި މިއަދު ވެސް ގައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށް ދުށުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީއަށް ކުރާ ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއް ކަމަށް ބަލައިގަންނަން ޖެހެ އެވެ.
ސުނާމީގައި ތ. ވިލުފުއްޓަށް ލިބިފައިވާ ގެއްލުން
ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ ސުނާމީ ކާރިސާ ދިވެހިންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށެވެ. އަދި އެއީ އެތައް ބައެއްގެ ފުރާނަ ގެއްލި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ގައުމު ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނު ހާދިސާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި އެއީ އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާ އެވެ. އެ ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުން އެކީގައި ކުރި މަސައްކަތްތައް މިއަދު ވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހެ އެވެ،" ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ 13 އަހަރު ކުރިން 2004 ގައި، އިންޑޮނޭޝިޔާގެ އައްސޭރިފަށަށް އައި ބިންހެލުމެއްގެ ސަބަބުން ކުރިމަތިވި ސުނާމީގައި ރާއްޖޭން 82 މީހުން މަރުވެ 26 މީހުން ވަނީ ގެއްލިފަ އެވެ. އަދި ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތައް ވެ، ބައެއް ރަށްރަށުން މީހުން ފައިބާފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
26 December 2017
ނަސީބަކުން، އިދިކޮޅު ފަރާތްތަކޭ، އިސްލާމް ދީން ނަގާލަނިއްޔޭ ކިޔައިގެން ވާހަކަތަކެއް ނުދައްކާ ނިންމާލައިފި އުތަ،
މޫސާ
26 December 2017
ދެރައީ އެއްބައިވާނެމިހަކު ނެތި އެކަނިވެރިވެފައިވާތި ހަމަތެދެއްމިބުނީ ވަރަށް ހިތަށް އަސަރުކުރޭ އިނގޭ
ބުޅި
26 December 2017
ދެން ވާހަކަ ގިނަ ނުކޮށް އިންތިޚާބުތައް ބާއްވަން އުޅޭ.
ރަބަރު
26 December 2017
ހުރިހާ ވާހަކައެއްގެ އަމާޒަކީ 2018 މަށަށް.
ކޮކްޓެއިލްރައީސް
26 December 2017
މިރައީސްއަށް ދޭނެ ވޯޓެއް ނެތް