އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ވ) ނިއު ރޭޑިއަންޓުގެ ޗެއާމަން މުހައްމަދު ޒިޔާދަށް ލިޔުން ހަވާލުކުރައްވަނީ. --ފޮޓޯ: އެފްއޭއެމް
28 ޑިސެމްބަރ 2017 - 16:16
ހަ ސީޒަނުގެ ތެރޭ ފަސް ވަނަ ފަހަރަށް ރާއްޖޭގެ ލީގު ޗެމްޕިއަންކަން މި އަހަރު ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފީފާ އިން ނިއު އަށް ފޮނުވި މަރުހަބާގެ މެސެޖް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ މިއަދު އެ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދާ ހަވާލުކުރައްވައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކުރައްވައި އިންފަންޓީނޯ ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ، ހަ ސީޒަނުގެ ތެރޭ ނިއު ރޭޑިއަންޓުން ފަސް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުން އެކަމަށް ހޫނު މަރުހަބާއެއް ކިޔުމަކީ އެމަނިކުފާނު ލިބިވަޑައިގަންނަވާ ހާއްސަ އުފަލެއް ކަމަށެވެ.
"މި ކާމިޔާބަކީ، މިކަމުގައި ބައިވެރިވި އެންމެންގެ ވަރުގަދަ އަޒުމުގެ ނަތީޖާ، އެހެންވެ މި ބޮޑު ކާމިޔާބީއަށް އަހަރެން ކިޔާ މަރުހަބާ ރައްދުވޭ ކުޅުންތެރިންނާއި ކޯޗާއި އިދާރީ މީހުންނަށާއި ޓެކްނިކަލް އަދި މެޑިކަލްގެ އެންމެން އަދި ސަޕޯޓަރުންނަށް،" އިންފަންޓީނޯ ލިޔުއްވާފައިވެ އެވެ.
އިންފަންޓީނޯ ވަނީ ފުޓްބޯޅައިގެ އުޖާލާކަން ފެތުރުމުގައި ނިއު ރޭޑިއަންޓާއި އެފްއޭއެމުން ދޭ އެހީތެރިކަމަށް މުޅި ފުޓްބޯޅަ މުޖުތަމައުގެ ނަމުގައި ޝުކުރުއަދާކުރައްވައިފަ އެވެ.
ނިއު ރޭޑިއަންޓުން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އިތުރަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ސީޒަނުގެ ފަހު ތިން މުބާރާތުގައި އެ ޓީމު ވަނީ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްޕެ
29 December 2017
ނިއު ގެ ސަޕޯޓަރުން ހިތް ނަގާ އަސްމާނައްލާގެން ހުއްޓަސް އޭއެފްސީ ކަޕު ގްރޫޕް ސްޓޭޖް އިން ކަޓާނެ.
ފުއްޓޭ
04 January 2018
ދެރަވީދޯ
ޛާނިމް
29 December 2017
ކިހާވަރަކުން ދާނެބާ.
ކައުންސެލަރު
28 December 2017
ތިހިސާބަކުން އަދި ނުނިމޭ. ހަނދާންވާގޮތުން 2005 ވަނައަހަރު (އަހަރު ނުބައިއްޔާ މައާފަށް އެދެން) އެއަހަރު ނިއު ޚާއްޞަކޮށް އޮއްޕޮ އަދި ބޮއިކޯ ޚާއްޞަކޮށް ފާހަގަކުރަން، އެހޯދި ކާމިޔާބާހަމައަށް ނޫނީ އަޒުމަކަށްވާންވާނީ ފައިނަލްގައި ކުޅުން. އެހިސާބަށް ދެވޭތޯ އަޒުމްއާކުރަންވީ..
މާނިއު
28 December 2017
އަންނަ އަހަރު އޭއެފްސީ ކަޕް ކާމިޔާބު ކުރާނެ ކަމަށް އުއްމީދު ކުރަން
މުރުތަލޯ
28 December 2017
އަންނަ އަހަރު ކްލަބު ވޯލްޑްކަޕް ނިއު ނަގާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ ދެވަނަ ބުރަށް ވެސް ނުދެވޭނެ
ފާލަ ބޭބެގެ ދޮންދަރި
29 December 2017
މުރުތަލޯ. އަނެއްކާ ތިޔައީ ފާލަ ބަލާ މީހެއްތަ. އެހާ ސާފުކޮށް ވާނެގޮތްތައް ބުނަން. ބަލަ ފުޓްބޯޅައަކީ ވަށް އެއްޗެއް. ކޮންމެ ފަދަ ނަތީޖާއެއްވެސް ނުކުމެދާނެ. އެހެންވީމާ ނިއު އަދި އެމުބާރާތުގައި މެޗެއްނުކުޅުނީސް ތިހާ ޔަގީންކަމާއެކު ނިއު ބަލިވާނެޔެކޭ ނުބުނެވޭނެ. އަހަންނަށް ހީވަނީ ނިއު މިއަހަރު ހޯދި ނަތީޖާ ހަޖަމްނުވަނީހެން. އޮސްކާގެ ކޮލިޓީ ގޭމް ޕްލޭނާ އެއްކޮށް ނިއުއަށް ކާމިޔާބު ލިބޭނެ އިންޝާ ﷲ. އަނެއްކާ އޮސްކާއަކީ އިންޑިޔާގެ ފުޓްބޯޅަޔަށް ފަރިތަ ކޯޗެއް. އޮސްކާ ނިއު ލައްވާ ކުޅުވަން އުޅޭގޮތް ވައްތަރީ ބާސާގެ ޓިކީޓަކާ ފުޓްބޯޅަޔާ. އެކަމަކު ތިޔަ ބުނިހެން ނިއު އޭއެފްސީ ކަޕު ކާމިޔާބުކުރަންޔާ ދުރާލާ ތައްޔާރުވާންޖެހޭނެ. މިހާރަށްވުރެވެސް ޓީމުގެ ޑިސިޕްލިން ރަނގަޅުކޮށް ކޮލިޓީ ޑިފެންސް ލައިނެއް ހޯދަންޖެހޭ. ކުޅުންތެރިން ފިޓްނަސް ލެވެލް އެއްހަމައެއްގައި ހިފަހައްޓަންޖެހޭ. ކޮންމެ މެޗެއްގައިވެސް 100 ޕަސެންޓް ދޭންޖެހޭނެ. އިންޝާ ﷲ ނިއުއަށް އަންނަ އަހަރު ކާމިޔާބު ލިބޭނެ.