އާ ހަބާރުގައި އެސްޓީއޯއިން ހަދާ ފުޑްކޯޓުތައް: އެތަނުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެސްޓީއޯއިން ބުނޭ. ފޮޓޯ: ހައުސިން މިނިސްޓްރީ
07 ޖެނުއަރީ 2018 - 14:45
މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ކެފޭތައް އަލުން ބިޑަށް ހުޅުވާލިއިރު، އަކަފޫޓެއް 53ރ. ގެ ރޭޓުން ކުއްޔަށް ދޭން ނިންމައިފި އެވެ.
އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ 26 ކެފޭ ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ހުށަހަޅާއިރު 100،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ވެސް ހުށަހަޅަންޖެހެ އެވެ.
އެސްޓީއޯއިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.
އެ ކެފޭތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އިއްޒުއްދީން މަގާވީ ފަޅީގައި ހުންނަ 12 ތަނެއްގައި އެކަންޏެވެ.
އެސްޓީއޯއިން ބުނީ ކެފޭތަކުގެ ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ ސެކިއުރިޓީ ޑިޕޮޒިޓް ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެ އެވެ.
އެސްޓީއޯއިން ވަނީ އާ ހާބަރު ސަރަހައްދުގެ ކެފޭތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅީގެ ކެފޭތައް ކުއްޔަށް ދޭން މިދިޔަ މަހު ބިޑަށް ހުޅުވާލުމަށް ފަހު، އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށް ބުނެ ކެންސަލްކޮށްފަ އެވެ. މިއީ އެ ކުންފުނިން އެ ކެފޭތައް ބިޑަށް ހުޅުވާލި ދެވަނަ ފަހަރެވެ.
ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ދެވަނަ ވިންގް މި މަހުގެ 31 ގެ ނިޔަލަށް ނިންމާނެ ކަމަށް އެސްޓީއޯއިން ކުރިން ބުނެފައިވެ އެވެ.
ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި ހަދަނީ 13 ކެފޭ އެވެ.
ހާބަރުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސް ވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު، އަލުން ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
09 January 2018
ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ކެފޭއެއް ހުރޭތަ؟ ކެފޭއަކަށް ވަދެއްޖެއްްޔާ ސިނގިރޭޓްގެ ވަސް ގައިން ނުފިލާ. މަނާ ބޯޑު ހުރިތާކު ހުންނާނެ. ފުލުހުންނަށް ގުޅައިގެން ވެސް އެއްވެސްކަމެއް ނުވޭ. ގުޅި މީހާ ދެކިލަން ފުލުހުން ބޭނުންވަނީ. ޕާރޓޭންގެ ކުރިމައްޗަށް އައިސް ބޯންތިބީ ކޮންބައެއްކަން އިނގިލިދިއްކޮށްފަ ބުނަން! އެވަރުން ކިހިނެއްތޯ ކަމެއްކުރާނީ!
ރުޅި
09 January 2018
ތިޔަެއީ ވަކިބަޔަކަށް ސީދާ ދޭން ކޮށްފައިވާ އިޢުލާނެއް. އިއުލާން ނެރުނީ 7 ވަނަ ދުވަހު. ރަޖިސްޓްރީ ކުރަން 8 ވަނަ ދުވަހު ދެ ގަޑިއިރު. ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބިޑެއް ނުލެވޭ. އެހެންވީމާ މުއްދަތަކަށް އެދިނީ ގާގްގަޑަކަށް 12 ގަޑިއިރު. ތިޔަހާ ކުރުމުއްދަތެއް ތިޔަދިނީ ވަކި ބަުޔަކަށް ތިޔަތަން ދޭން ވެގެން. އެހެންނޫނީ ތިޔަގޮތަށް ތިޔަކަމެއް ނުކުރާނެ. ހަމަ ކޮރޮޕްޝަންނޫންކަމެއްނެތް. ހާދަ ރުޅިއެކޭ އަންނަނީ. ދެން އިއުލާން ކޮށްފަ އޮތީ އިނގިރޭސިބަހުން. އަމިއްލަ ޤައުމުގެ ޤައުމީ ބަހަކުންނޫން. އެހެންވީމާ ތިޔައީ ބޭރުމީހުންނަށް ކޮށްފައިވާ އިއުލާނެއްތާ؟ މި މައްސަލަ ސިވިލްކޯޓަށް ހުށަހަޅަންޖެހޭ. ސަބަބަކީ ދިވެހިންގެ މަދަނީ ހައްޤު ގެއްލުވާލާފައިވާތީ.
ސޮކްތެރެޕީ
08 January 2018
އެހެން ވީމަ ފައިސްޓާ ހޮޓަލަކައްވުރެވެސް އަގުބޮޑު.
އަލްޖިބްރާ
08 January 2018
އާއްމު ރައްޔިތުން ފެލާލުމުގައި މިސަރުކާރު ވަރުގެ ސަރުކާރެއް ނާންނާނެ ! ތަކެތި އަގުބޮޑު ކުރުމަށް އާފުރުސަތެއް !
އަލީ އަސްފާގު
08 January 2018
ހާދަ ހެޔޮފުޅޭ ދޯ، މިހާރު ދިވެހިންނަށް އިގޭނެ ސައިޒު. ހޫނުގަ ކަން ތިބެންޖެހޭނީ ކޮފީ ބޯން، ކުލިވެސް ބޮޑުވީ. ތަނުން ލިބޭ ހިދުމަތުގެ އަގުވެސް ބޮޑުވީ. އަނެއްކާ ތިބެންވެސް ޒުވާނުން ކޮފީ އެއް ބޯލަން ތިޔަ ޖެހުނީ އަވީގަ. ސޮރީ ބުރޯ. ދެން މަނުވަންނާނަން ދުވާލު ގަޑީގަ ހިތުން ރުހުމަކުން ތި ތަނަކަށް
ފައިސާ ފައިސާ ފައިސާ
08 January 2018
ކުލި މާ ބޮޑު. މަށަކަށް ނުވާނެ.
ައަހްމަދު ލަތީފް
08 January 2018
ދެޓްސް އަ ވޭސްޓްފުލް ޑިޒައިން: ތި ސަތަރި ރޫފިން އެއީ ހަމަ ވޭސްޓެއް. 2-3 ބުރިއަށް ހެދިނަމަވެސް އެސްޓީއޯ އަށް މާ ފައިދާވީސް.
ހޭލާ
08 January 2018
ކޮންޒަމާނެއްގެ ފެންވަރަކަށްތޯ ތިޔަތަން ހަަދާފަ ތިހުރީ. އަންޒަމާނުގެ ފެންވަރުތޯ. މާލޭގެ މުހިއްމު އޭރިޔާއަކުން ތިޔަވަރުގެ ބިމެއް ތިޔަގޮތައް ދޫކޮށްލުމަކީ ބޮޑު ޖަރީމާއެކެވެ. ތިޔަތަން އެންމެ ކުޑަވެގެންވެސް ހަރު ފަސް ބުރިއަށް ހަދަންޖެހެއެވެ. ގުދަނާއި ފިހާރައާއި ފުޑު ކޯޓް ހިމެނޭ ގޮތަށެވެ.
އިންސާފް
08 January 2018
އަޅެ ތިތަން ތިހުރި ގޮތުން ކިހާ ހޫނެއްވާނެތަ؟ ކީއްކުރަން ޒަމާނީ ކޮށް ނެހޭދޭ ހާލު އެތަން ހަލާކު ކޮއްލީ؟ ދެން މެންދުރު ގަޑިގައި ހުންނާނީ އނދަ އަނދާ ހުންނަ އަކލިފާނެވެ.
މެންޓަލިސްޓް
08 January 2018
ރިސޯޓެއްގެ ލޭންޑް ރެންޓް މިއުޅެނީ އަކަމީޓަރަކަށް 8 ޑޮލަރު ،،، އެއް އަކަމީޓަރަކީ 10.74 އަކަފޫޓް ،،، ވީމާ އެހެންވީމައި އެޖެހެނީ އެރޭޓުންބަލާއިރު އަކަ ފޫޓަކަށް 11.48ރ ... ވީމައި 11.48-53 = 41.52 ... އެހެންވީމައި ދެން ތިބޭފުޅުން ހިސާބުޖައްސަވާ ކިތައްޕަރސަންޓް ބޮޑުކުއްޔެއްތޯ ؟؟؟ މީއަޅުގަނޑު މިނާނާޅިން މިނެލީމައި ވީގޮތް ،،، ސަރުކާރުތަކުން ކުލި ކަނޑައަޅާއިރުވެސް ކޮންމެވެސް މިނގަނޑުތަކެއް ހުންނަންވާނެ ،،،، މައައްސަލާމާ
ޢަބޫބަކުރުަ
08 January 2018
މާލޭގެ ގޯތި ކުލިވެސް 1000އަކަފޫޓް އެޕާޓްމަންޓް އުޅޭނީ ގާތްގަޑަކަށް 25000/30000 އޭރުން އެޖެހުނީ އަކަފޫޓަކަށް 25/30 ރުފިޔާ..