ވިޔަފާރި / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރެފިކްގެ އާ ރެކޯޑެއް ހަދައިފި

އިޓަލީން މިއަދު ރާއްޖެ އައި ނިއޮސް އެއާލައިންގެ މަތިންދާބޯޓެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހެނދުނު ޖައްސަނީ: މިދިޔަ އާދީއްތަ އެ އެއާޕޯޓުގެ ޓްރެފިކް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައި.---ފޮޓޯ: ނިޝާން އަލީ /މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިދިޔަ އާދީއްތަ ދުވަހަކީ އަނެއްކާ ވެސް އެ އެއާޕޯޓްގެ ތާރީޚުގައި އެންމެ ގިނަ އެއާކްރާފްޓް މޫވްމެންޓްސް ރެކޯޑް ކުރެވުނު ދުވަސް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ވީއައިއޭ ހިންގާ ކުންފުނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އާދީއްތަ ދުވަހު 644 އެއާކްރާފްޓް މޫވްމެންޓްސް ރެކޯޑް ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ދެވަނަ ދުވަހު ވެސް 567 އެއާކްރާފްޓް މޫވްމަންޓްސް ރެކޯޑްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މިއީ މިދިޔަ އަހަރުގެ ރެކޯޑަށް ވުރެ 77 އެއާކްރާފްޓް މޫވްމަންޓް އިތުރު އަދަދެކެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދީއްތަ ދުވަހު ވީއައިއޭއިން ބައިނަލްއަގްވާމީ މަތިންދާބޯޓުތަކުގެ 108 މޫވްމެންޓްސް ރެކޯޑް ކޮށްފައިވެ އެވެ. އަދި ޑޮމެސްޓިކްގެ 94 ފްލައިޓް މޫވްމަންޓުގެ އިތުރުން ސީޕްލޭންގެ 442 މޫވްމެންޓް ރެކޯޑް ކޮށްފައިވެ އެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު،" ހަސަން ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރަން އަމިއްލަ ޖެޓްތަކުގައި ރާއްޖެ އައި މުއްސަނދިންގެ އަދަދު ވެސް މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފުތާއެއްހާ ދުވަހު 140 އަށް ވުރެ ޖެޓް މަތިންދާބޯޓު ވީއައިއޭއަށް ޖައްސާފައިވެ އެވެ.

19 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 8%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިހޫނު

10 January 2018

ކިތަންމެ ގިނަ ފްލައިފުޓެއް އައި ނަމަވެސް އެފުލައިޓު ތަކުގަ ކިތަންމެ ގިނަ ފަތުރުވެރިން ކިތަންމެ ގިނަ ޑޮލަރެއް ގެނަޔަސް ރައްޔިތުންނަށް އެކަމުން ކުރި ރާހަތެއް ނެތް ކާޑުގެ ބާވަތްތައް ވީ ބޮޑު ދިރިއުޅުމުގެ އަގުތައް އިންތިހާއަށް މަތީގަ މީހަކު ކައިގެން ފުރުޓާ އައިސްކުރީމު ބޭނުން ކުޅަޔަކަސް ރައްޔިތުން ތިބީ ހަރުދިުަދޮދެއް ބޯލައިގެން

The name is already taken The name is available. Register?

އުމަރު

09 January 2018

ކިތަންމެ މޫމްމަންޓް ގިނަވިޔަސް ރައްޔިތުންގެ ދިއިރުޅުމަށް ކުރި އަސަރެއްނެއް، މިހާރުވެސް ރައްޔިތުން އުޅެނީ އަނގަޔާއި އަތާއި ދިމާނުވެގެން

The name is already taken The name is available. Register?

Citizens

10 January 2018

މޫވްމެންޓް ގިނަވީމަ، މުއްސަނދިންގެ ލޯންޗް އެއްޗެހި ގަނެ އެތެރެ ކޮށްލަނީ ޑިއުޓީފްރީގަ . ފަގީރު ރައްޔިތުމީހާ %500 ޕަސެންޓް ދީފަ .

The name is already taken The name is available. Register?

ކްރޯޑް

11 January 2018

ތިކަމެއްނޭންގެ ތިޔަބުނާ ގަރުދިޔަފޮދު ބޯލައިގެން ތިބޭމީހުން ގެންގުޅެނީ އެންމެފަހުގެ އައިފޯނު ދުއްަވަނީ އެންމެ ފަހުގެ ސައިކަލް ރެސްޓޯރަންޓް ތަކާ ކެފޭތަކާ ކޮފީޝޮޕްތައް ފުރިފަ މަހިތުން ގަރުދިޔަފޮދު ބޮނީ ހަމަ މީރުވެގެން ކަމަށްވާނީ

The name is already taken The name is available. Register?

ޞަމަރޭ

09 January 2018

ޙުރިހާ ފޮނިކޮޅެއް ބޯލީ ކަންނެލި ދޯ

The name is already taken The name is available. Register?

ޢަހައްމާ

09 January 2018

ހުޅުމާލެއަށް ރެކޯޑް އަދަދަކަށް މީހުން އަތުވެއްޖެއެވެ. 2017 ވަނަ އަހަރު ޖެނުއަރީ އަށް ވުރެން 15000 މީހުންގެ އިތުރުވީ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ 600 ފުލެޓަށް މީހުން ދިރިއުޅުން ބަދަލު ކުރުމާއި ވެށިފަހި ގޯތިތަށް 6 ބުރިއަށް ހަދާ އެތަންތަށް ކުއްޔަށް ދިނުމާއި ކުންފުނިތަކުން އިމާރާތް ކުރުމަށްޓަކައި މަސައްކަތު މީހުން އައުމުންނެވެ.

The name is already taken The name is available. Register?

ފަހުވާ

09 January 2018

ޖމރ އާއި ހަވާލު ކުރީމާ ލިބުނު ގެއްލުމުގެ ވާހަކަ ދައްކާ ކުދިންނަށް ދަންނަވަމެވެ. އެއާޕޯޓް އަކީ ތަރައްގީ ކުރަން ޖެހޭ ތަނެއް ކަން ވިސްނުނީ ޖމރ އިން އެކަން ކުރަނ ފެށީމަ ނޫންތޯއެވެ. އެތަނަކީ ފިސާރި ލާރި ވަންނަ ތަނެއްކަން ބަޔަކަށް އެނގުނީ ޖމރ އާއި ހަވާލު ކުރީމަ ނޫންތޯއެވެ. ބައެއްގެ ރުހުން ހޯދަންނަމަވެސް މިއަދު އެތަން ތަރައްގީ ކުރަމުން އެދަނީ އެކަމުގެ މުހިންމުކަން ވިސްނުނީމަ ނޫންތޯއެވެ.

The name is already taken The name is available. Register?

ހިތާމަ

10 January 2018

ސަޅި އަންނިގެ ގިނަ ބަދަލުތަށް ސަޅި، ދީނީ ބަޔަށް ކުޑަކޮށް ވިސްނާލަން ޖެހޭ، އެނޫނީ ވަރަށް ފުރިހަމަ

The name is already taken The name is available. Register?

އަތްފުނާ

09 January 2018

ކްރިސްމަސް އަށް ޖެއްސި ފްލައިޓްތަކަށް ބަލާނަމަ ތީހަމަ ތެދު ރެކޯޑެއް

The name is already taken The name is available. Register?

ޜިޒާ

09 January 2018

އަސްލު ބުނެބަލަ. ރަންރީނދޫ ޓުއިޓަރޭއަކީ ކާކުތަ!

The name is already taken The name is available. Register?

ޒޫރީ

09 January 2018

އެޔަކީ ހަމަތިހެން ބުނެލާއިރަށް ވާނެ ކަންކަމެއްނޫން..

The name is already taken The name is available. Register?

ސޫފިޔާން

10 January 2018

އެއީކަލެއެއްނޫންތަ މަހީކޮށްގެން މިހުރީކަލޭކަމަށް ދެންް ބާރަށްއަތްޖަހާ

The name is already taken The name is available. Register?

ޖަހާމު ޝަރީފް

09 January 2018

ޖީއެމްއާރު ބޭރު ކުރިކަން ނަސީބެއްނޫންތަ. އެހެންނޫންނަމަ މިހާރު ތިއަންނަމުންދާ ކުރިއެރުންތަކުގެ ހުރިހާ ފޮނިކަމެއް ބޯލާނީ އެމީހުން. ރާއްޖޭގެ ދައުލަތައް ވަންނަ އެއްޗެއް އެތައް ގުނައަކަށް މަދުވެގެންދާނެ. ޝުކުރިއްޔާ ރައީސް ޔާމީން...!

The name is already taken The name is available. Register?

ސުބު

09 January 2018

ރައީސު ވަހީދު އަށްވެސް ޝުކުރިއްޔާ.

The name is already taken The name is available. Register?

ވިސްނާލީމާ

09 January 2018

މަރްހަބާ! -އިބްރާހީމް-

The name is already taken The name is available. Register?

އަހުސަން

09 January 2018

ތަފާސް ހިސާބުން ފެންނަ މަންޒަރު ވަރަށްސާފެވެ. ބައިނަލް އަޤުވާނީ މަތިންދާބޯޓުތަކުގެ އޮތީ 108 ޙަރަކާތެވެ.އަދި އެތެރޭގެ އުދުހުންތަކުގެ 94 ޙަރަކާތެވެ. މޫދަށްޖައްސާ ބޯޓުގެ 442 ޙަރަކާތެވެ.މި ހިސާބުތަކުގައި މިދިޔަ އަހަރުގެ މިހާތަނަށް މަތިންދާ ބޯޓުތަކުގެ ޙަރަކާތްތައް ހުރިނެތްގޮތް އަޅާކިޔާފައި އޮންނަމަ ވަރަށް ރަގަޅުވީހެވެ.ތަފާސް ހިސާބުތައް ގެނެސްދީފައިވާ ގޮތުން އިތުރުވެފައިވަނީ އެންމެ 75 ޙަރަކާތެވެ.ގިނަވެގެން މިއުޅޭ 75 ޙަރަކާތުގައި ގިނަވެފައިވަނީ މޫދައްޖައްސާ ބޯޓުތައްތޯ ނުވަތަ ބައިނަލް އަޤުވާނީ ބޯޓުތައްތޯ ނުވަތަ އެތެރޭގެ އުދުހުމުގެ ބައެއްތޯ ސާފުނުވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454