ޚަބަރު / ކުރީގެ މިނިސްޓަރު ނާޒިމް

ނާޒިމްގެ އިިސްތިއުނާފް މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް

ނާޒިމްގެ ވަކީލް ސުއޫދު: ކުރިން މައްސަލަ އަނބުރާ ފޮނުވާލީ ސޮޮއި ދިމާ ނުވުމުން --ފޮޓޯ/ނިޝާން އަލީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅަައިފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވާ އިރު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ކުރިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެ މައްސަލަ އަނބުރާ ފޮނުވައިލީ ނާޒިމްގެ ސޮައި ދިމާނުވާ ކަމަށް ބުނެ އެވެ.

އެކަން އިސްލާހު ކުރުމަށް ފަހު ނާޒިމްގެ ފަރާތުން އެ މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާ ގޮތުން އެ ކޯޓަށް މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ނާޒިމްގެ ވަކީލުން މިހާރު ބުނަމުންދަނީ ނާޒިމްގެ ކޮޓަރި އަށް ފިސްތޯލަ ވެއްދީ ކާކުކަން މިހާރު ހޯދިފައިވާ ކަމަށާއި ސުޕްރީމް ކޯޓަށް އެ މީހާ ހާޒިރުކޮށްދޭން އެދޭނެ ކަމަށެވެ. އަދި އެކަމަށް ބާރު ލިބޭނެ އެހެން ހެކިން ވެސް އެބަތިބި ކަމަށް ނާޒިމްގެ ވަކީލުން ބުނެ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454