ވިޔަފާރި / އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިއަން ޑޮލަރު

އެއާޕޯޓުގެ އާ ރަންވޭ ހެދުމަށާއި ސީޕްލޭންގެ އާ ޓާމިނަލް ހެދުމަށް ބިން ހިއްކާފައި: އޭޑީއެފްގެ ގޮތުގައި ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު 21 މިލިއަން ޑޮލަރު ލިބިފައިވޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި މިދިޔަ އަހަރު 21.4 މިލިއަން ޑޮލަރު (329.9 މިލިއަން ރުފިޔާ) ލިބިއްޖެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގާ ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަން ނަގާ ފީ އެވެ. އޭޑީއެފްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ.

އޭއެސްސީގެ ގާނޫނާއި އޭޑީއެފްގެ ބިލް އެއްކޮށްލައިގެން ނޮވެމްބަރު 24، 2016ގެ ރޭ ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ ޑިސެމްބަރު 7، 2016 ގަ އެވެ. އަދި ގާނޫނުގައިވާ ގޮތުން އޭއެސްސީ އާއި އޭޑީސީ ނަގަން ފަށަން ޖެހެނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ހަމަވުމުންނެވެ. ހަތަރު މަސް ހަމަވެ މިދިއަ އަހަރު އެ ފީތައް ނަގަން އޮތަސް، އެ ފީ ނަގަން ފެށީ މޭ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭޑީއެފް އަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީއެކެވެ. އެ ފީ އިން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު ވަނީ 329.9 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

އޭޑީއެފްގެ ގޮތުގައި 21.4 މިލިއަން ޑޮލަރު ލިބުނުއިރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިދިޔަ އަހަރު 45.8 މިލިއަން ޑޮލަރު (703.2 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރަށް ވުރެ 4.6 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިރު އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން އެކަން ހުއްޓުވި އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީ ނަގަން އުޅުމުންނެވެ. ނަމަވެސް އެއާޕޯޓް ތަރައްގީކުރުމަށް ފެށި އާ ރަންވޭ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާ އިރު ސައުދީ ބިންލާދިން ގުރޫޕާ ހަވާލުކުރި އާ ޓާމިނަލްގެ އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއުގެ ދަށުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ރަންވޭއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއާޕޯޓުގެ މާސްޓާ ޕްލޭނާ ބެހޭ ގޮތުން އާދިލް ވިދާޅުވީ އާ ޓާމިނަލް އެޅުމަށް ނިންމާފައި ވަނީ އެ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގައި ހަދާ ޓާމިނަލް ނިމުމުން މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރެވޭނީ ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ކަމަށް ވެސް އެއާޕޯޓްސް ކޮމްޕެނީން ބުނެފައިވެ އެވެ.

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 8%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

15 January 2018

350 މިލޮއަނަށް ހެދުނީމަ ބާކީ 50 މޮލިއަން ކޮންތާކަށް ވަނީ؟...ވަގުންގެ ޖީބަށް އުތަ

The name is already taken The name is available. Register?

ފަލާޙް

14 January 2018

ދެން އަތް ޖަހާ ދެން އަތް ޖަހާ!

The name is already taken The name is available. Register?

މިހާރު އޯކޭ

14 January 2018

ދީން ހިމާޔްތްކުރާ ބައެއްގްރޫޕްތަކައް މިހާރު މި އޯކޭ.

The name is already taken The name is available. Register?

capitalism at its best

14 January 2018

capitalism at its best

The name is already taken The name is available. Register?

ސޮކްތެރެޕީ

14 January 2018

ޖއމރ ހުރިނަމަ ދިވެހިންނަ ލިބޭފައިދާ އިންޑިޔާއަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454