ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މިނިސްޓަރު ޒިޔާދު (ވ-2) އިފްތިތާހުކޮށް ދެއްވާއިރު އެ ކޯޕަރޭޝަންގެ އޭރުގެ އެމްޑީ ޔާމީނާއި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްވެރިން: ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމުން ޔާމީން ވަކިކުރި ސަބަބެއް އަދިއެއް ނޭނގޭ ފޮޓޯ: ހައްޖު ކޯޕަރޭޝަން
19 ޖެނުއަރީ 2018 - 14:24
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް އެހެން ވިދާޅުވިއިރު، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އަދި އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު އެ ކޯޕަރޭޝަނުން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ ވަނީ ބުނެފަ އެވެ.
އެކަމަކު ޔާމީނާއި ފަރުހާދު ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ. އަދި އޭސީސީން ބަލަމުން އަންނަ ފައިސާގެ މައްސަލައާ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ކަމެއް ވެސް ނޭނގެ އެވެ.
"އަޅުގަނޑުމެން ބަލަމުން އަންނަ ފައިސާގެ މައްސަލާގައި ޒިންމާވާނެ ފަރާތެއް އެނގޭނީ މައްސަލަ ބަލައި ނިމުމުން،" އޭސީސގެ ނައިބު ރައީސް މުއައްވިޒް ވިދާޅުވި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ޔާމީނާއި ފަރުހާދުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަނަށް އަންނަ އާދީއްތަ ދުވަހު ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯނިޔާ
20 January 2018
މިހާތަނަށް ޑެބިޓްކޮށް ހިންގާފައިވަނީ ޤާބިލް ބަޔަކު ނެތީމަ! އަދި ކޮރަޕްޝަން ބޮޑުވީމަ!.
ދެރަސޮރު
20 January 2018
މަށަށްހީވަނީ ތިޔައުޅެނީ ޙައްޖާބެހޭ މައްސަލަ އެއްގައި ދާދި ފަހުން މަޤާމަކުން ވަކިކުރި ބޭފުޅާއަށް ކޯޕަރޭޝަން ހަވާލު ކުރަންވެގެންހެން، އެބޭފުޅާ މިހާރު ގިނަ ވަގުތު އުޅުއްވަނީ ޕިންކް ކެންޕޭން އޮފީސް ދޮށުގަ ކަމަށް ޚާބަރުލިބޭ.... އެހެންވެއްޖެނަމަ، އެތަންއަވަދިވީ
ސާދާސީދާ
19 January 2018
އަސްތަޣުފިރުﷲ! ނިކަމެތީން ޙައްޖަށްދިއުމަށް ރައްކާކުރި ފައިސާކޮޅު ޕޮންޒީ ސްކީމަކަށް ބަދަލުކޮށްލީބާ؟ މިހާރު ފައިސާދޭ ފަރާތްތައްކުގެ ފައިސާއިން ކުރީގެ މީހުން ޙައްޖަށް ގެންދެވުނަސް ލައްކަ ފައިސާ ކެވޭނެތާ!
ޢަބްދުﷲނާފިޒު
19 January 2018
މުޅި ޤައުމުގަ ކޮރަޕްޝަންގެ ފަނި އުތަ، ސަލާމަތުން ނެތޭ އެއްތަނެއްވެސް، އަތުގަ ޖެހުމުން ހަލާލެއް ޙަރާމެއް ނުބަލާ ދަމާ ކައިހުސްކުރުން ނޫންކަމެއް ނެތެއްނު، ވާނީވެސް އެހެންތާ "ގެއަށް ވައްދާ ފައިސާ އަކީ ބޮޑު އަދަދެއްނަމަ އަނބިމީހާވެސް އަހާނުލާނެ އެފައިސާއެއް ހޯދިތަނެއް، ދެން ކިހިނެއް މިކަން ކުރަނީ"
އައްޔޫ
19 January 2018
ޔާމީން އިދުރީސް ނޫނީ އަދި ކިތައްމެ ނަޒާހަތްތެރިކަމަށް ދެކިފައި ހުރެދާނެ މީހެއްނަމަވެސް ހަޤީޤަތަކީ ފައިސާ އާއި ޖެހުމުން ނަޒާހަތްތެރިކަން އޮންނަނީ ބިމާ ހަމަ ވެފައެވެ. މިދިވެހިރާއްޖޭގެ ހަޤީޤަތަކީ ބޭރު ބަޔަކު އިންވެސްޓް ކުރަން ލާރި ކޮޅެއް ދިނަސް، ނޫނީ މީހަކު ފަހަށް ރައްކާ ކުރަން ލާރިކޮޅެއް ދިނަސް ނޫނީ މީހަކާ ހަވާލުކުރަން ލާރި ދިނަސް ނޫނީ ހައްޖަށް ދާން ލާރި ދިނަސް އެ ލާރި އަށް އެކައުންޓަބަލް ބަޔަކު ނޫޅޭ، މިއީ ޕައިރެޓްންގެ ލޭ ހުރި ދިވެހިރާއްޖެ ނޫން ދެން ކޮން ތަނެއްބާ! ޕާރޓީ ތަކުގެ ހާލަތަކީ ވެސް ހަމަ މިއީ.
އައިޖޭ
19 January 2018
ހައްޖު ކޯޕަރޭޝަން ގެ ފައިސާ ގެ ކޮރަޕްޝަން މައްސލަ އެއް އުޅެނީ ނަމަ އެއީ ވަރަށް ބޮޑު މައްސަލަ އެއް.. ނަމަވެސް މިއި ސިޔާސީ މައްސލަ އެއް ބެލުންނަމަ މިއީ އަދި މާބޮޑު މައްސލައެއް.... އޭސީސީ ޥެސް ފިޔަކޮށިފައި hަމަ މަތިން ޖެހިހާ ލަވަޔަކަށް ނަށާ ބައެއް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 January 2018
ރާއްޖޭގެ ހާލަތު ގޯސް ކަމަށް ބުނެ “ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާންޖެހޭ” ކަމަށް ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބާރު ތަކުން އެ ޤައުމުގެ ރައްޔިތުންނަށް އަންގަމުން އެބަދޭ. ވޭތުވެދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް މެންބަރަކު ހިމެނޭގޮތަށް ގޭންގް ތަކާއި އެހެނިހެން ފަރާތް ތަކުން އެތައް ދިވެހިން ކޮށާ މަގުމައްޗަށް އަޅާލައިފި. ވައްކަމާއިހިޔާނާތުގެފަސާދަ ފެތުރިފައިވާމިންވަރުއަންދާޒާކުރުމަށް އަލްޖަޒީރާގެ ސްޓީލިންގ ޕެރެޑައިސް ފުދޭނެ. މިފަދަހާލަތެއްގައި “މިސަރުކާރުން ކޮށާލާފައިވާ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުގެ ދަށުން އުފައްދާފައިވާ އެއްވެސް މުއައްސަސާއަކުން” މިކަންކަން ބަލާ ފިޔަވަޅު އެޅިދާނެ ކަމާއި މެދު ސުވާލު އުފެދޭ. އެހެން ކަމުން 2018 ގަ ރައްޔިތުންގެ ސަރުކާރެއް ޤާއިމް ވުމުން ތިކަންކަން ބަލަން ބަހައްޓާ. “އިންސާފު ކަށަވަރު ނުވާނެ ތަނެއްގައި އިންސާފު ލިބިދާނެ ކަމަށް ހީކޮށް ތަހުޤީގުކޮށް މައްސަލަ ބެލުމަކީ ގިނަފަހަރަށް އިތުރު އަނިޔާ އަށް ހުށަހޮޅުމަށް ލިބޭ ފުރުސަތެއް” އިގޭތޯ.
ބޭއިންސާފު
19 January 2018
އިގިރޭސިންނާއި އެމެރިކާއަކީ އިންސާފުންކަންކަންކުރާ ބަޔެއްކަމަކަށް މަށެއްނުދެކެން. އަދި އެމީހުންނެރޭ ގަރާރުތަކާއި ލަފާތަކަކީ ސަހަލު އެއްޗެއްކަމަކަށްވެސް ނުދެކެން. ރާއްޖޭގެވެރިކަމުގަޔާއި ވެރިކަމުން ބޭރުގައިވާ މީހުންނަކީ ޤައުމަށް ޣައްދާރުވެފައިވާ އަދި ވަމުންދާ ޚިޔާނާތްތެރި ހީލަތްތެރި ބަޔަކަށް ވީކަމުގައިވިޔަސް ހަރުބީ ކާފަރުންގެ ބަޔާންތަކަކަށް ބޯލެނބޭކަށްނެތް. އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީނެރުމުގެ ހަޤީގީ ބޭނުމަކީ ގުދުސްގެ މައްސަލާގައި ދިވެހިރާއްޖެއިން އަމަލުކުރިގޮތުގެ އަދަބެއް ކަމަށް އަހަރެން ދެކެނީ. އަދި އެކަމާއި ކަންބޮޑެއް ނުމެވަން. އަހަރެމެންނަށް ރިޒްޤް ދެއްވަނީ އަހަރެމެންގެ ވެރި މާތްﷲ.
ޙިކުމަތް
19 January 2018
ބަޔެއްގެ އަގު ވައްޓާލުމަށް ތަނުގެ އެތެރެއިން ހަޤީޤަތާ ޚިލާފު ވާހަކަދައްކައިގެން ކުރިއެރުން ލިބިދާނެކަމަށް ތިބާ ބޯޅަޖަހަނީ ހެއްޔެވެ؟ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއްވެޔެވެ. އަދި އެފަދަ ފަރާތްތައް މާތްﷲ ފަޟީހަތްކުރައްވައެވެ.
ހޭކެނޑޭ
19 January 2018
ފައިސާ ފައިސާ ފައިސާ. މިނޫން އަޑެއް މި ދަޢުލަތުގެ މުއައްސަސާ އަކުން އަޑެއް ނީވޭ. ހާދަ ވަރަކަށޭ މި ޤަޢުމުގާ ކޮރަޕްޝަނާއި ވައްކަން އަށަގެންފައި މި ވަނީ. ދެނެއް މި ޤައުމެއް އިސްލާޙު ކުރެވޭނެ ގޮތެއް ހަމަ ހިލާ ނުހޯދޭނެ.
ޙިމް
19 January 2018
މި ސަރުކާރުން މީހެއްގެ ބޮލުގައި ކަމެއް އަޅުވަން ވެއްޖެއްޔާ އަޅުވާނެ. ޔާމީނު އިދުރީސްއަކީ ވަރަށް ނަޒާހަތްތެރި ގާބިލު ބޭފުޅެއް. އެހެން ވީމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެންތާ ޔާމީނު ވަކިކުރަން ޖެހުނު ސަބަބު އޮޅުވާލެވޭނީ.
ކހަހަ
20 January 2018
ލާރި ކައިގެން ނަޒާޙަތްތެރިވާ ކަމެއް މަ ނުދެނަހުރިން. ސަރުކާރުގެ ނޫނީ މަޖިލީގެ ކޮންމެވެސް މީހަކާ ގުޅިގެން ކައި ހުސްކުރަނީކަމަށް ވާނީ. ރައީސް ޔާމީން އެހަދަނީ ރަނގަޅަށް، ވައްކަންކުރާ މީހުން ވަކިކުރޭ.