ސައުތު ޗައިނާ ކަނޑުގެ ރަށްތަކާ އެމެރިކާގެ މަނަވަރު 12 މޭލަށް ވަނީ ކައިރިކޮށްފައި.
21 ޖެނުއަރީ 2018 - 16:52
ބެއިޖިން (ޖެނުއަރީ 21) - ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ މަނަވަރެއް ގަވާއިދާޚިލާފުވެފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޔޫއެސްއެސް ހޮޕާ މަނަވަރު ވަނީ ސައުތު ޗައިނާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ހުއަންގިޔަން އައިލެންޑާ 12 މޭލަށް ކައިރިކޮށްފައި ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވެސް ވަނީ އެ މަނަވަރު އެ ސަރަހައްދަށް ވަންކަން ޔަގީންކޮށްދީފަ އެވެ. އެމެރިކާގެ އޮފިޝަލުން ބުުނެފައި ވަނީ މަނަވަރު ހަރަކާތްތެރިވެފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ޕެންޓަގަނުން ވެސް ބުނެފައި ވަނީ އެއީ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން މަނަވަރުތައް ކުރާ ދަތުރުތައް ކަމަށެވެ.
"އެމެރިކާގެ ހުރިހާ މަނަވަރެއް ވެސް ހަރަކާތްތެރި ވާނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި،" ޕެންޓަގަންގެ ތަރުޖަމާން ލެފްޓިނެންޓް ކާނަލް ކްރިސްޓޮފާ ލޮގާން ވިދާޅުވި އެވެ.
އެމެރިކާގެ މަނަވަރެއް ސައުތު ޗައިނާ ކަނޑުގެ ރަށްތަކާ ކައިރިކޮށްފައި މި ވަނީ ނޯތު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ޗައިނާގެ އެހީ ހޯދަން ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލޫ ކަން ވިދާޅުވީ އެމެރިކާގެ މަނަވަރުން ވަނީ ޗައިނާގެ މިނިވަން ކަމަށާއި އެ ގައުމުގެ އުޅަނޑުތަކުގެ ރައްކާތެރި ކަމަށް ހުރަސް އަޅާފައި ކަމަށެވެ. އަދި ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެމެރިކާގެ މަނަވަރުތަކުން ތަކުރާރުކޮށް މި ބާވަތުގެ އަމަލުތައް ހިންގަނީ ސަރަހައްދުގެ ސުލްހަ ނަގާލަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
21 January 2018
އަހަރެމެންގެ މިތުރު ޗައިނާއާ ވާންނޫޅެ އަމިއްލަ ޤައުމުގެ ބަޖެޓް ފާސްކުރެވޭތޯ ބަލާބަލަ.
ހަމަރަންގަޅަށްވެސް
21 January 2018
ތިއުޅެނީ އަހަރުމެންގެ ޕާޓުނަރ ޗައިނާ އަތުން ހަމަރަންގަޅަށްވެސް ބޮންޑިއެއް ބޯން،
ޙެޔޮއެދޭމީހާ
22 January 2018
ޗައިނާއަކަށް އެމެރިކާއާއި ކުޅެން ނުކެރޭނެ. ޗައިނާގައި ގިނަވާނީ ބޯ. ޢެމެރިކާއިން ބާރުގަދަކަމަށް ތިޔަ ބުނާ ޗައިނާގެ ސަރަހައްދަށް މީގެ 6 މަސް ކުރިންވެސް ވަން. ކަމެއް ނުކުރެވުނު.
ފިއްތާލާ
22 January 2018
އެއޮތީ އަތޮޅު ތަކުގަ ޖަޒީރާތަކެއް ހިއްކާފަ، ކާކަށްތަ ކުޅެން ނުކެރިގެން އެއުޅެނީ؟