މިސްރުގެ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރި ކެންޑޭޓް ސާމީ އަނާން. --ފޮޓޯ: ރޮއިޓާސް
24 ޖެނުއަރީ 2018 - 10:53
ގާހިރާ (ޖެނުއަރީ 24) - މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ސާމީ އަނާން ހައްޔަރުކޮށްފި އެވެ.
އަންނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މިސްރުގެ އަސްކަރީ ކޯޑާ ޚިލާފަށް އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ވަގު ލިޔުންތަކެއް ތައްޔާރު ކުރުމެވެ. އަނާން، 69، އަކީ މިސްރުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކޮށް އިންތިޚާބު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވޭ އެންމެ މަޝްހޫރު ބޭފުޅާ އެވެ.
އަންނަ މާޗު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި އެތައް ބައެއްގެ ނަން މީގެ ކުރިން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އަނާން ވަނީ މިސްރު ސިފައިންގެ ޗީފް އޮފް ސްޓާފުގެ މަގާމު 2005-2012 އަށް ކުރައްވައިފަ އެވެ. ރައީސް ސީސީއާ ވާދަކުރައްވާނެކަން އޭނާ އިއުލާން ކުރެއްވީ މި މަހު ކުރީކޮޅު ސޯޝަލް މީޑިއާ އިންނެވެ. އެކަމަކު މިސްރު ޓީވީން އިއްޔެ ވަނީ ކުރީގެ ޗީފް އޮފް ސްޓާފު އަސްކަރީ ކޯޑާ ޚިލާފުވެފައިވާ ކަމަށް ބުނެ ބަޔާނެއް އާއްމުކޮށްފަ އެވެ.
އަނާން ގެންގޮސްފައި ވަނީ ގާހިރާގައި ހުންނަ މިލިޓަރީ ޕްރޮސެކިއުޓަރުގެ އޮފީހަށެވެ. އަންނާގެ ތަރުޖަމާން ވިދާޅުވީ އަނާން ގާނޫނާ ޚިލާފަށް އެއް ކަމެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ.
އަނާން ހައްޔަރު ކުރުމާ އެކު އިންތިޚާބުގައި ސީސީއާ ދެކޮޅަށް ނުކުންނާނެ ވާދަވެރި ކެންޑިޑޭޓެއް ނުހުންނާނެ އެވެ. ސީރިއަސް ހުރިހާ ކެންޑިޑޭޓުންނެއް މިހާރު ވަނީ އިންތިޚާބުން ބޭރުވެފަ އެވެ.
އަނާންގެ ކެމްޕޭން ތަރުޖަމާނަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރި ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝަފީގު ވަނީ ދުބާއީގައި އުޅުއްވުމަށް ފަހު މިސްރަށް ވަޑައިގެންނެވި ތަނުން ހައްޔަރުކޮށްފަ އެވެ. އޭނާ ފަހުން ވަނީ އިންތިޚާބުގައި ވާދަނުކުރާނެކަން އިއުލާން ކޮށްފަ އެވެ.
ސީސީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމަށް ފަހު އެވެ. އޭރު ސިފައިންގެ ވެރިއަކީ ސީސީ އެވެ. ފަހުން ވަނީ މިސްރުގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ސީސީ ކާމިޔާބު ކުރައްވައިފަ އެވެ. ހަތަރު އަހަރުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ސީސީ އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
25 January 2018
މިސްރަކީ އޭންޝަންޓް އިންސާނީ ތާރީޙްގެ ވަރަށްެވެސް މުހިންމުތަނެއް ،،،، އެޓްލާންޓީސް އޭކިޔާ ބައްރު އަޑިއަށް ދިއަފަހުން މިސްރަކީ ވަރަށްވެސް މުހިންމް ދައުރެއް އިންސާނީ ތާރީޙްގައި އަދާކޮއްފައިވާ ގައުމެއް ،،،، މިސާލަކަށް މިސްރްގެ ގީޒާ ޕިރަމިޑްތަކަކީވެސް އަޖައިބުން ފުރިގެންވާ އެންޖިނިއަރިން އަތި ހިސާބު އިލްމްގެ އަޖާއިބެއް ،،، އޭގެން ބަލާލެވޭ ދުނިޔޭގެ ވަށަމިނާޢި އުސްމިނާއި ،،، އިރާޢި ހަނދާއި ދުނިޔެއާޢި ހުރި ދުރުމިނާއި ގޯސްޑަން ރޭޝިއޯއާޢި މަޝްހޫރް ޕައި އައި ،،، ޓްރެއިންގަލްތަކާޢި ސުކުއެރަތަކާއި ޕެންންޓަގަންނައީ މެގަޓްރޯންއާއި ،،، މިހެންގޮސް އިލްމްގެ ވަރަށް ބޮޑުބައެއްވަނީ ޕިރަމިޑްގައި ،އެކުލެވިފައި ،،، އަދި އަދައްދާންދެންވެސް އެހަލާކުނުވެ އެހުރީ ކޮންމެވެސް ސަބަބަކާއިހުރޭތާ ،،، އަނެއްކޮޅުން އެލައިންކޮއްލާފައިހުރީ ދުނިޔޭގެ ޓްރޫނޯތްއަށް ،،، އަދި އޯރިއަން ބެލްޓަށް ،،،، މީވިސްނާ ފިކުރުކުރާމީހުންނަށް ހުރި އަޖާއިބުވެނިވި ކަންކަން،،، މައައްސަލާމާ
މިސްރުމީހާ
24 January 2018
މިސްރުގައި ހުރީ 125 ސީސީ. ރާއްޖޭގައި ހުރީ 150 ސީސީ
ކޮޕީކެޓް
24 January 2018
ކޮޕީކެޓް
އަލްޖިބްރާ
24 January 2018
މިރާއްޖޭގައިވެސް ހަމައޮތީ ތި ހުކުމް! ވެރިކަމަށް މީހަކު ކުރިމަތީލާނަމޭ ބުންޏަސް ދެން އެމީހަކާފެންނާނީ ޖަލުގެ ކުޑަގޮޅި !
ވަސީމު
24 January 2018
އދ އިން ނިންމާނެ ތީނަ އައް ކުރިމަތި ލެވޭނެ ކަމައް
ޢަހޫ
24 January 2018
މިތާ މިހިރީ އަނެއް ސީސީ
ސަމާސާ
24 January 2018
ޔާމޭންގެ ސިޔާސަތު މިސްރުގައިވެސް.
ޔީޔީ
24 January 2018
މިކަހަލަ ކަންތައް ހިނގާ އެހެން ގައުމެއް އަދި އެނގޭ މަށަށް. ހަނދާން ނެތިގެން މިއުޅެނީ ނަން. އިންޑިޔާ ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް އެއީ. ރާއްޖެއެއްނޫން. ރާއްޖޭގެ ރައީސަކީ އޯގާތެރި ވާދަވެރިންނަށް އިހުތިރާމުކުރާ ވާދަވެރިކަމަށް ބާރުދޭ ހެޔޮ ރައީސެއް.
ވެރިކަނާ މޮޔަ
24 January 2018
ކާނަލް ނާޒިމު ވެސް ޖަލަށް ދާން ޖެހުނީ 2018 ގައި ރައީސް ކަމަށް ކުރިމަތި ލާނަމޭ ވިދާޅުވި ހިސާބުން ނެވެ. އެހެން އޭނާ ވިދާޅު ވުމުން ވެސް އޭނާގެ ކަންތަށް ނިންމާލާނެ ކަން އޭރުވެސް މަށަށް ހީކުރެވުނެވެ.
މުރަިދހޮޮ
24 January 2018
ހައިރާނެއްނުވާނެ، މިތާގަވެސް ވާނީ މިހެން، މިތާގަ އަދި އިތުރަށް ރިޔާސީ ކެންޑިޑޭޓުން ސުމޯޓޯއާައިވެސް ކުރިމަތިލާންޖެހޭނެ