ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހިލީވާހަކަ ދައްކަވަނީ: މިދިޔަ އަހަރު ފަސިންޖަރުންނަށް 50 މިލިއަން ޑޮލަރު ވިއްކާފައިވޭ. ފޮޓޯ: ބީއެމްއެލް
25 ޖެނުއަރީ 2018 - 12:40
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން މިދިޔަ އަހަރު 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބުނެފި އެވެ.
ހޮޓެލް ޖެންގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހިލީ ވިދާޅުވީ އޭޓީއެމްތަކުގެ އިތުރުން، ބޭރަށް ފުރާ ފަސިންޖަރުންނަށް އެއް އަހަރުގެ ތެރޭގައި 50 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ފަސިންޖަރަކަށް އެ ބޭންކުން 500 ޑޮލަރު ވިއްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެ ބޭންކުން ވަނީ ޑޮލަރު ނެގުމަށް މާލޭގައި ތިން އޭޓީއެމް އަދި އެއާޕޯޓުގައި އެއް އޭޓީއެމް ބަހައްޓައިފަ އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބޭންކުގެ އޭޓީއެމްތަކުން ދިހަ މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވެ އެވެ.
ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހިލީވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް
އެ ތަަފާސްހިސާބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ އޭޓީއެމްތަކުން ހިންގި މުއާމަލާތްތަކުގެ ތެރެއިން 2.5 މިލިއަން މުއާމަލާތަކީ ފައިސާ ޖަމާކުރުން ކަމަށެވެ.
"އޭޓީއެމްތަކުން ޖަމާނުކުރެވޭ ނަމަ ބްރާންޗްތަކަށް ފައިސާ ޖަމާކުރަން ކިޔޫގައި ޖެހެން އަންނާނެ. ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ފައިސާ އާއި ޗެކްތައް ޖަމާކުރަމުން އަންނަނީ އަޅުގަނޑުމެންގެ ޒަމާނީ އޭޓީއެމްތައް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ އެ ބޭންކުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖައްސާފައި ކަމަށެވެ. އެގޮތުން 205 ކޭޝް އެޖެންޓުން 165 ރަށުގައި ގާއިމުކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ކޭޝް އެޖެންޓުން މެދުވެރިކޮށް 250،000 މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
25 October 2018
މީހަކު އަޅެ ހޭބައްޔެއް ނުވާނެތަ. އޭޓީމް ތަކުން ނަގަނީ އެންރޫގެ ފައިސާއެއް ނޫނެވެ. އަދި ބޭންކުގެ ފައިސާއެއްވެސް ނޫނެވެ، އެމީހަކު ކުރި ނުވަތަ ކުރާ މަސައްކަތެއްގެ އުޖޫރަ އަށް އެމީހެއްގެ އަކައުންޓަށް ވަންނަ ފައިސާއެވެ. އެމީހެއްގެ އެކައުންޓުގަ ޑޮލަރެއް ނެތި ތިޔަ އޭޓީއެމް ތަކުން ޑޮލަރެއް ލިބޭނެތަ. ނުލިބޭނެ. މީހަކު ގެދޮރު ހަދަން ލޯނެއް ނެގިއަސް ފިއްކަނޑައިގެން ދާވަރުގެ އިންޓަރެސްޓެއް ނަގާތަނެއް ތިޔަ ބޭންކަކީ. މީހުންގެ ބޯކާން ތިވަރު ބޮޑު.
ބޭކާރު
25 January 2018
އޭޓީއެމުން ނަގާ ޑޮލަރަކީ ބެންކުންދޭ ހަދިޔާއެއްނޫން. އެއީ ޑޮލަރ އެކައުންޓް އޮންނަ މީހުން ޑޮލަރުން ޖަމާކޮއްފަ ހުންނަ އެމީހުންގެ އަމިއްލަ ޑޮލަރ.
ޒަމާނީ
25 January 2018
ޒަމާނީ އޭޓީއެމް އޭބުނީމަ ހަމަ ހިނި އަންނަނީ... ތިޔަ އޭޓީއެމް ތަކުން ލާރި ޖަމާކުރަން އުފުލަން ޖެހޭ ތަކުލީފު އެންޑްރޫ އަށް ހަމަ ނޭގެނީބާ؟؟ އަބަދު ކޮންމެވެސް މައްސަލައެއް ޖެހިފަ ހުންނާނީ... ޖަމާކުރާލާރި އެކައުންޓަށް ވަގުތުން ޖަމާނުވެ ވީނުވީއެއް ނޭގިގެން ބޭންކަށް ގުޅާ އާދޭސް ކުރުވުން އެއީ ޒަމާނީ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތްތޯ..؟
މެންޓަލިސްޓް
25 January 2018
ދެންވާނީ އެހެންތާ ،،،، ދުނިޔޭގެ ކޮމަން ޑިނޯމިނޭޓަރއަކީ ޔޫއެސްޑޮލަރު ،،،، މަދަރު އޮފް އޯލް ބޭންކްސްއަކީ އެމެރިކާގެ "ފެޑަރަލްރިޒާވް " ކިޔައިގެން އުޅޭ ޕްރައިވެޓް ބޭންކް ،،،، ހުރިހާ ގައުމެއް ޖެހެނީ އެމީޙުންގެ ތައްޕާހުގައި އަޅުވެތިކަމުގައި ތިބެން ،،،، ޔޫއެސްޑޮލަރުގައި ޕިރަމިޑްޖަހައިގެން ،،،، އައިއޮފް ހޫރިސް ޖަހައިގެން އެކި ނަންނަން އެއައްކިޔައިގެން އުޅެމުން ދުނިޔޭގެ ރަސްކަންކުރަމުންދަނީ ،،، އެހެންވީމައި ޔޫއެސްޑޮލަރު ދިވެހިންވެސް ޖެހޭނީ ބޭނުންކުރަން ،،، ދިވެހިރުފިޔާއަކީ ހަމައެކަނި އެތެރޭގައި ބޭނުންކުރެވޭ އެއްޗެއް ،،، އެވެސް ބޭނުމެއްނުކުރެވޭ ޖީޓީއެސްޓީ ދައްކާކަށް ،،، އެވެސް ދައްކަންޖެހެނީ ޑޮލަރުންނޯ ކިޔާތީ އިވޭ ،،، އެެހެންވީމައި 300 ނޫނީ 1000 މިލިއަން ބޭންކުން އޭޓީއެމްތަކުން ނެގިޔަސް އޯކޭތާ ،،،، މައައްސަލާމާ
ރާއްޖެ
25 January 2018
ދިވެހިންނަކީ އަސްލު ވަރަށް ފުދުންތެރި މުއްސަދި ބައެއް.
އަހުމަދުބެ
25 January 2018
ތީގެ ބޮޑު ފައިދާ އެއްވަނީ ވިޔަފާރިވެރީންނާއި ސިޔާސީ މީހުނަށެވެ. ދެން ރައްޔިތުންނަށް އެހީވަމޭ ކިޔާފަ ބޮޑު އަނގަ ހުޅުވާލާށެވެ.