މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން. ދިވެހިންނަށް އިލެކްޓްރޯނިކްކޮށް ޓޫރިސްޓް ވިސާއަށް ހުށަހެޅޭ ގޮތް ހަދަން ދަނީ މަސައްކަތްކުރަމުން. ފޮޓޯ/ ދަ ހިންދޫ
13 ޖުލައި 2016 - 14:19
އިންޑިއާއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ދިވެހިންނަށް އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރަން އެ ގައުމުން ނިންމައިފި އެވެ.
އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ އެ ގައުމުން އިތުރު 36 ގައުމަކަށް އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާ އިން މިހާރު ވެސް 150 ގައުމެއްގެ މީހުންނަށް އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ ދޫކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ހިމަނާ ގައުމުތަކާ އެކު 186 އަށް އިތުރުވާނެ ކަމަށް ވެސް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެން ޖެހޭ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ހުށަހަޅަން. އެ ހުއްދަ ދޫކުރަން ވަކި ވަގުތެއް ކަނޑައެޅިފައެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އޮންލައިންކޮށް ވިސާ ހޯދަން ހުށަހެޅުމުގެ އިތުރުން ފައިސާ ވެސް ދެއްކޭނެ ކަމަށެވެ. އަދި ހުއްދަ ދޭން ނިންމުމަށް ފަހު، ވިސާ ދިންކަން އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާ އިން ދިވެހިންނަށް އޮންލައިންކޮށް ޓޫރިސްޓް ވިސާ ދޭން ނިންމިއިރު، ދިވެހިންނަށް މިހާރު ވެސް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަބީބު
13 July 2016
އިންޑިއާއިން މިހާރުވެސް އޮންއެރައިވް 90 ދުވަހުގެ ޓްއަރިސްޓް ވިސާ ފްރީކޮށް ދިވެހިންނަށް ލިބެއެވެ. އަންލިމިޓެޑްކޮށް ނޭޕާލް ބޫޓާން އަށްލިބެއެވެ. އީމެއިލް ވިސާގެ ވާހަކަ މިއައީ ކިހިނެއް ހެއްޔެވެ.
ވިސާ
13 July 2016
ދިވެހިންނަށް މިހާރު ވެސް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ. 90 ދުވަސް ނުލިބޭތަ؟
ވިސްނާލީމާ
13 July 2016
ސަޅި! ކަމެއްކުރެވޭނީ ހިތްވަރެއްވެސް ހުރެގެން! -އިބްރާހީމް-