މިސްރުގެ ރިޔާސީ އިންތިޚާބަށް ފަހު ވަގުތު ކުރިމަތިލި މޫސާ މުސްތަފާ މޫސާ ކެންޑިޑެސީ ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
30 ޖެނުއަރީ 2018 - 10:30
ގާހިރާ (ޖެނުއަރީ 30) - މިސްރުގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި ހުރިހާ ކެންޑިޑޭޓުން ބަންދުކުރުމަށް ފަހު ނަން އަނބުރާ ގެންދަން މަޖްބޫރު ކުރުމުން ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރާނެ ކެންޑިޑޭޓެއް ނެތިގެން އުޅެނިކޮށް ސީސީގެ ސަޕޯޓަރަކު ފަހު ވަގުތު އިންތިޚާބަށް ކުރިމަތިލައިފި އެވެ.
ކެންޑިޑެސީ ހުށަހަޅަން ދިން ފަހު ފުރުސަތު އިއްޔެ ހަމަވާން ދިޔައިރު އެއްވެސް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ގިނަ ބަޔަކު ހީކުރީ ރިޔާސީ އިންތިޚާބު ވެގެންދާނީ ސީސީގެ މައްޗަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. ނަމަވެސް ފަހު ވަގުތު އަލް ޣަދު ޕާޓީގެ ލީޑަރު މޫސާ މުސްތަފާ މޫސާ އިންތިޚާބަށް ކުރިމަތިލުމަކީ ސީސީގެ ނަން ފިޔަވައި އިތުރު ނަމެއް ވޯޓު ކަރުދާސް ކޮޅުގައި ޖެހުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.
މިސްރުގެ ގާނޫނު ބުނާ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ މެދުވެގެން 20 މެންބަރުންގެ ތާއީދާ އެކު ނުވަތަ ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ 25،000 މީހުންގެ ސޮޔާ އެކު އެވެ. މީގެ ތެރޭގައި 15 ޕްރޮވިންސްގެ ތެރޭން ކޮންމެ ޕްރޮވިންސަކުން 1،000 ސޮއި ހިމަނަން ޖެހޭނެ އެވެ.
މިސްރުގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ސީސީ ކާމިޔާބު ކުރައްވާފައި ވަނީ 96.9 ޕަސެންޓް ވޯޓުންނެވެ. މިސްރުގެ ވެރިކަމަށް ސީސީ ވަޑައިގެންނެވީ ސިފައިން ގެނައި ބަޣާވާތެއްގައި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު އެވެ.
މިސްރުގެ ސިޔާސީ އިސް ފަސް ފަރާތަކުން އިއްޔެ ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
30 January 2018
ވާދަވެރިކަމާއި ވާދަކުރުމަކީ އިންސާނީ ތާރީހް ލިއަންފެށީއްސުރެން އޮންނަކަމެށް ،،،،، ކުޑައިރު ސުކޫލްތަކުގައި ފަށާނީ އެކަކުއަނެކަށްވުރެން މޮޅުވާނެ ،،، ދެން އެންމެފަހުން މައިންބަފައިންވެސް އޭގައި ބައިވެރިވެ ހަސަދަވެރިކަމަށް ބަދަލުވެ އެންމެފަހުން ފަންޑިތައާޢި ސިހުރު ހަދާހިސާބަށް ރާއްޖޭގައިވެސް ވަރަށް ގިނައިންގޮސްފައިހުރިކަން ސާބިތުވޭ ،،، އަދި ސިޔާސީ ދާއިރާގައިވެސް އޮންނާނީ އެއްބަޔަކު އަނެއްބަޔަކާއި ވާދަވެރިވުން ،،،، އެއީ ނިމުމެށްއޮތްކަމެށްނޫން ،،، އެހެން އުޅެގެން ދުވަހަކަުވެސް ޔުނިޓީ އަކަށް ނުދެވޭނެ ،،، ނޫނީ ވަންނަސްއަކަށް ނުދެވޭނެ ،،،، އެހުރިހާ ކަމެށް ދޫކޮއްލައިގެން އެކަންކުރެވޭނީ ،،، އާޙިރުގައި ކުރަންމިޖެހެނީ އެކަން ،،،، މައައްސަލާމާ
ޕަޕެޓް
30 January 2018
ދުނިޔެއަށް ދައްކާލަން އެލިބުނީ ބޭނުންވާ ޕަޕެޓް ވާދަވެރިޔާ. މި މަގާމު ރާއްޖޭގަ އަދާކުރާނީ އަލްހާނު ނޫނީ ރީކޯ މޫސަތަ؟
ޔުނައިޓެޑް އައްޑޫ
30 January 2018
މިސްރުގެ ނަމޫނާ ޑިމޮކްރަސީ ރާއްޖެއިންވެސް މިދަނީ ކޮޕީ ކުރަމުން.
މަގުމަތީވަކީލު
30 January 2018
ބޮޑުކާށި ދޮންމަނިކު މަތިން ހަނދާންވަނީ
ވާލުސޮރު
30 January 2018
ކުރިން މިނޫހަށް ކުރި ކޮމެންޓް އެއްގަވެސް އޮންނާނެ 2018 ގެ ރިޔާސީ އިންތިޚާބް ގަ ސަރުކާރު ކޯލިޝަންގަ ހިމެނޭ ދެޕާޓީ އަކުން ވާދަކޮށްފާނެހެން ހީވާ ވާހަކަ! މަށަށް ހީވަނީ އެ ޚިޔާލު "ލީކު"ވީހެން.