ލައިފްސްޓައިލް

ކިރާއި ގެރިމަހުން އާތުރައިޓިސްގެ ނުރައްކާ ބޮޑުވޭ

ގެރީގެ ހަށިގަނޑުން ފެންނަ ބެކްޓީރިއާ އަކުން އާތުރައިޓިސް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ސައިންސްވެރިން ބުނޭ

އާތުރައިޓިސް ޖެހުމަށް މެދުވެރިވާ ޖީން އާއިލީ ގޮތުން ވާރުތަވެފައި މީހުންނަކީ އެ ބަލި ޖެހުމުގެ ނުރައްކާ އޮންނަ ބައެކެވެ. މިފަދަ މީހުން ކިރާއި ގެރިމަސް ކެއުމުން އާތުރައިޓިސް ޖެހުމަށް މެދުވެރިވާ ކަމަށް ސައިންސްވެރިންގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ. ކިރާއި ގެރިމަސް ބޭނުންކުރުމުން އާތުރައިޓިސް ޖެެހެން މެދުވެރިވަނީ އޭގައި އާއްމުކޮށް ހުންނަ ބެކްޓީރިއާ ސްޓްރެއިން އަކުންނެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާ (ޔޫސީއެފް)ގެ ސައިންސްވެރިން ވަނީ ރިއުމެޓޮއިޑް އާތުރައިޓިސް އާއި މައިކޯބެކްޓީރިއަމް އާވިއަމް ސަބްސްޕީސީޒް ޕަރަޓިއުބަކުލޯސިސް (އެމްއޭޕީ) އާ ގުޅުންތަކެއް ހުރިކަން ހޯދާފަ އެވެ. މިއީ އެމެރިކާގެ ގެރިތަކުގެ ތެރެއިން 50 ޕަސެންޓް ގެރީގައި ހުންނަ ޖަރާސީމެކެވެ.

މި ޖަރާސީމު އިންސާނުންގެ ހަށިގަނޑަށް ފެތުރެނީ މި ޖަރާސީމު ހުންނަ ކިރު، ގެރިމަސް އަދި މިފަދަ ގެރިން އުފައްދާ އެކި ކަހަލަ ކާނާ ބޭނުންކުރެވިގެންނެވެ.

އެމްއޭޕީ އާއި ރިއުމެޓޮއިޑް އާތުރައިޓިސްގެ ގުޅުންތަކެއް ވާކަން ފުރަތަމަ ފަހަރަށް ހޯދާފައިވަނީ ވެސް މި ސައިންސްވެރިންނެވެ.

ޖާނަލް ފްރަންޓިއާޒް އިން ސެލިއުލާ އެންޑް އިންފެކްޝަން މައިކްރޮބައޮލޮޖީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓު ބުނާ ގޮތުން މި ސައިންސްވެރިން މީގެ ކުރިން ވަނީ މެޕް އާއި ކްރޯންސް ޑިޒީޒްއާ ގުޅުމެއް ވާކަން ހޯދައިފަ އެވެ.

ކްރޯންސް އާއި ރިއުމެޓޮއިޑް އާތުރައިޓިސް (އާރްއޭ) އަދި ޖެނެޓިކް ގޮތުން ދާދި އެއްކަހަލަ ކަންތައްތަކެއް ހިއްސާކުރާ ބަލިތަކަށް ވާތީ މި ދެ ބައްޔަށް ވެސް އާއްމުކޮށް ދެނީ އިމިއުނޯސަޕްރެސިވް ބޭހެވެ.

"މި ދެ ބައްޔަކީ ވެސް އިންފްލެމޭޓަރީ ބަލިތައް. މީގެ ތެރެއިން އެއް ބަލީގެ އަސަރުކުރަނީ ގޮހޮރަށް. އަނެއް ބަލީގެ އަސަރުތައް ފޯރަނީ ހުޅުހުޅަށް. މި ދެ ބައްޔަކީ ވެސް އެ ވައްތަރެއްގެ ޖެނެޓިކް ޑިފެކްޓްސް ތަކަކުން ޖެހޭ ބަލިތަކެއް. އެހެންވެ ފަރުވާ ދެނީ ވެސް އެއް ވައްތަރެއްގެ ބޭހުން،" ޔޫސީއެފްގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް ސާލިހު ނާސިރު ވިދާޅުވި އެވެ.

ޔޫސީއެފްގެ ރިއުމެޓޮލޮޖިސްޓް ޝާޒިއާ ބޭގް ވަނީ ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ 100 މީހަކު ބައިވެރިކޮށްގެން ދިރާސާއެއް ހަދާފަ އެވެ. މި އެންމެން އަމިއްލައަށް އެދިގެން ޓެސްޓްކުރުމަށްޓަކައި ސާމްޕަލްތައް ދީފައި ވެއެވެ.

އާތުރައިޓިސް ޖެހުމުން ހުޅުތަކުގައި ވަރަށް ގަދަޔަށް ރިއްސާ ހަރަކާތްކުރަން އުނދަގޫވޭ

ނަތީޖާ ދެއްކި ގޮތުގައި ރިއުމެޓޮއިޑް އާތުރައިޓިސް ހުރި މީހުންގެ 78 ޕަސެންޓް މީހުންގެ ޕީޓީޕީއެން2/22 ޖީން އަށް ބަދަލު އައިސްފައިވެ އެވެ. މިއީ ކްރޯންސް ޑިޒީޒް ހުންނަ މީހުންގެ ޖީން އަށް ވެސް އައިސްފައިވާ ބަދަލެއްކަން ފާހަގަ ކުރެވުނެވެ. އަދި މި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުން އެމްއޭޕީ އަށް ޕޮޒިޓިވްވި އެވެ.

"އަހަރެމެން ގަބޫލުކުރަނީ ޖީން މިއުޓޭޝަން ހުރި މީހުންނަށް ބެކްޓީރިއާ އިން ތަޣައްޔަރުވެފައިވާ ކިރު ނުވަތަ ގެރިމަސް ކެވުމުން ރިއުމެޓޮއިޑް އާތުރައިޓީސް ޖެހެމުގެ ނުރައްކާ ވަރަށް މައްޗަށް އެބައޮތް ކަން،" ޑރ. ނާސިރު ވިދާޅުވި އެވެ.

ރިއުމެޓޮއިޑް އާތުރައިޓިސް އަކީ އޮޓޯއިމިއުން އަދި އިންފްލެމޭޓަރީ ބައްޔެކެވެ. މި ބަލި ޖެހުމުން އެމީހާގެ ދިފާއީ ނިޒާމުން ހުޅުތަކާއި މަސްތައް އަދި ކަށިތަކާއި ގުނަވަންތަކަށް ހަމަލާދެ އެވެ. އާތުރައިޓިސް ޖެހޭ ބައެއް މީހުންގެ އަތާއި ފައި އައިބުވާގޮތް ވެސް ދިމާވެ އެވެ. މި ބަލި ޖެހޭކަށް ވަކި އުމުރެއް ނެތެވެ. ނަމަވެސް އާންމު ގޮތެއްގައި ބަލި ޖެހެނީ 40 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ. އަދި ފިރިހެނުންނަށް ވުރެ އަންހެނުންނަށް މި ބަލި ޖެހޭލެއް ތިން ގުނަ އިތުރެވެ.

ޑރ. ބޭގް ވިދާޅުވީ ރިއުމެޓޮއިޑް އާތުރައިޓިސް ޖެހެން މެދުވެރިވާ ސަބަބު މިހާތަނަށް އޮތީ ނޭނގި ކަމުން މި ބައްޔާއި ގެރީގެ ގައިން ފެންނަ ޖަރާސީމަކާ ހުރި ގުޅުން ހޯދުމުން ވަރަށް ހިތްހަމަޖެހުނު ކަމަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

03 February 2018

އާދެ މިއަދުދުނިޔޭގެ ބާޒާރުގައި ގެންގުޅޭ ފްރެޝްމިލްކް ކަމަށް ބުނާ މިލްކްތަކާއި ،،، ޕައުޑަރމިލްތަކާއި އަދި ކޮންޑެންސްޑް މިލްކްތަކަކީ އަސްލުގައި ބޯން އެހާ ރަގަޅު އެއްޗެއްނޫންކަމަށް ދުނިޔޭގެ ވަރަށް މަޝްހޫރު ޕްރޮފެސަރއެއް ސައިންސްއާޢި ލެބޯރޓަރީ ޓެސްޓްތަކުގެ އަލީގައި ލިއެފައިއޮތް ފޮތެއްގައި އޮންނާނީ ،،،، އެފޮތަށް ކިޔާނީ " ޑޯންޑް ޑްރިންކް ޔުއަރމިލްކް " ލިއުނީ ފްރޭންކް އޮސްކީ ،،، އަދި އޮންނާނޭ " މިލްކް ދަ ޑެޑްލީ ޕޮއިޒަން " ލިއުނީ ރޮބަޓް ކޯހެން ،،،، މިދެފޮތް ރަގަޅަށް ކިޔާލީމައި އެނގޭނީ މިހާރު ބާޒާރުގައި ހުރި މިލްކްތަށް ބޮއެގެން ވަރަށް ނުބައި އަސަރުތަށް ކުރާނެކަން ،،،، ޕޭސްޗަރައިޒޭޝަން ޕްރޮސެސްގައި ފްރެޝްމިލްކަށް ބޮޑެތިބަދަލުތަކެށް އަންނަކަމުގެ ހެކި ހުންނާނެ ދައްކާފައި ،،،، ވީމާ އަޅުގަނޑު އެދެން ރާއްޖޭގެ ގިނަފަރާތްތަކަކުން މިފޮތްތަށް ކިޔާލައި ،،، އަމިއްލަ ޖަޖްމަންޓްއެޢް ޕާސްކޮއްލަން ،،،، އެމީހަކަށް ފެންނަގޮތެއް ހަދާނީ ،،، އޭރުން އޯކޭނުން ،، މައައްސަލާމާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454