11 ފެބުރުއަރީ 2018 - 19:22
ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. މިގޮތަށް ފާސްވެއްޖެނަމަ، ކޮންމެ ހިއްސާ އަކަށް 11.81ރ. ލިބޭނެ އެވެ.
މުވާސަލާތީ އެންމެ ބޮޑު ކުންފުނިން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައި ވަނީ، އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 453 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.96ރ.) އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.85ރ.) ކަމަށެވެ.
މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކުރާ ބައި ބަހާނީ، އެ ޖަލްސާގައި އިއުލާނު ކުރާ "ބުކް ކްލޯޝާ ޑޭޓް"ގައި ހިއްސާ ގަނެ، އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށް ކަމަށެވެ.
ދިރާގުން ވަނީ މިދިޔަ ހަ އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އާއެކު ޖުމްލަ 4.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެ އެވެ.
މި މުއްދަތުގެ ތެރޭގައި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރު ކޮށްދިނުމަށް ވެސް ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ ގިނަ ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިދު
12 February 2018
ކޮބާތަ އެމްޓީޑީސީ އަހަރުމެންގެ ހިއްސާކޮޅު؟ ހެޔޮނުވާނެ!
ދިޜާގު
12 February 2018
ކޮބާތަ މަށަށް އަބަދު ބަވާ މީހުން؟
ޛގުޖ
12 February 2018
ކަލޭގެ ކޮށްކޮ ބަހާވަރެއް އެނގުނީމަތާ ބަވަން އިނގޭނީ.
ހާދަރުބެއްޔާ
12 February 2018
މާ ގިނަ ވާހަކަ ނުދައްކާ ނެޓުގެ އިސްޕީޑު ދީބަލަ. މަށަށް މި އުޅެނީ ޕެންޝަން ވެބްސައިޓަށްވެސް ނުވަދެވިގެން