13 ފެބުރުއަރީ 2018 - 12:39
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި ޗެރިޓީ ޝީލްޑް މެޗު ނުކުޅޭ ގޮތަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް އެ މެޗުގައި އެއްކޮޅުން ވާދަކުރާ ނިއު ރޭޑިއަންޓުން ބުނެފި އެވެ.
އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ މެޗު ކެންސަލްވެފައިވާ ކަމަށް އާދީއްތަ ދުވަހު އެފްއޭއެމުން ސިޓީއަކުން އަންގާފައިވާ ކަމަށާއި ކެންސަލްކުރި ސަބަބެއް ސިޓީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
މި މައްސަލައިގައި އެފްއޭއެމްގެ ބަހެއް އަދި ނުލިބެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ނިއު އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅެން އޮތް މެޗު އެފްއޭއެމުން މުއްދަތެއް ނެތް ގޮތަށް ފަސްކުރީ، އޭގެ ކުރީ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ އެކު އެވެ. ފަހުން އެފްއޭއެމުން ބުނީ މެޗު ކުޅޭނެ ދުވަހެއް މިދިޔަ އާދީއްތަ ދުވަހު ނިންމާނެ ކަމަށެވެ.
ޓެޑް ވިދާޅުވީ މެޗު ކެންސަލްވުމަކީ ނިއު އަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށާއި އެ ކްލަބުން ތައިލެންޑަށް ދިއުމަށް ހަމަޖައްސާފައިވާ ކޭމްޕް ވެސް ލަސްވީ މި މެޗާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑަށް ދާގޮތަށް އޮތީ. އެހެން އޮއްވާ މި މެޗު މި މަހުގެ ހަ ވަނަ ދުވަހު ކުޅޭ ގޮތާށް ހަމަޖެއްސުމާ އެކު ކޭމްޕަށް ފުރުން ފަސްކުރީ 10 ވަނަ ދުވަހަށް. އެގޮތަށް ހަމަޖައްސާފައި އޮއްވާ މެޗު ފަސްވުމާ އެކު އަނެއްކާ ވެސް ކޭމްޕަށް ބުރޫއެރީ. މިހާރު މިވީ ގޮތުން މެޗު ވެސް ނުލިބޭ ގޮތް މިވީ،" ޓެޑް ވިދާޅުވި އެވެ. "މިއީ މާލީ ގޮތުން ވެސް ލިބުނު ބޮޑު ގެއްލުމެއް."
އޭނާ ވިދާޅުވީ މެޗު ފަސްކޮށްފައި އޮތުމަށް ފަހު މެޗާ މެދު ވަކި ގޮތެއް މި ނިންމީ ވެސް ދުވަސްތަކެއް ދިޔަ ފަހުން ކަމަށާއި އެއީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ މެޗު ފަސްކޮށްފައި އޮތް ނަމަވެސް އޭއެފްސީ ކަޕުގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ޓީސީ ކުޅޭ މެޗު ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިދިޔަ ހުކުރު ދުވަހު އެފްއޭއެމުން ވަނީ ބުނެފަ އެވެ.
މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ބަޔެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތަކަށް ހަދިޔާކުރަން ޖެހެ އެވެ.
ބެލެވޭ ގޮތުގައި އެފްއޭއެމުން މި މެޗު ކެންސަލްކުރީ މެޗު ކުޅެން ދެން އެކަށީގެންވާ ވަގުތެއް ނެތުމުންނެވެ. މި މެޗުގައި ވާދަކުރާ ޓީސީން އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ފުރަތަމަ ލެގުގައި މިރޭ ކުޅުމަށް ފަހު ދެ ވަނަ ލެގުގައި މި މަހު 20 ވަނަ ދުވަހު އިންޑިއާގައި ކުޅޭނެ އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން، މި މަހު 25 ގައި މާލޭ ލީގު ފެށުމަށް ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު
13 February 2018
އަޅެ ކޮންކަމެއްތަ ތި އެފްއޭއެމް އަށް ކުރެވެނީ! ނިމިގެން ދިޔައަހަރުގެ އުރީދޫ ޕްރެމިއަރ ލީގުގެ ޗެމްޕިއަންޓީމަށް ދޭންޖެހޭ 500000 (ފަސްލައްކަ ރުފިޔާ ) އަދިވެސްނުދޭ އުރީދޫން އިން ވަނީ އެކަމް އެފްއޭއެމް އަށް ލާރި ދީފަ މިދެން ފުކެއް ބޮޑުވަރު ނުވިތާކަށް ކުލަބުތަކުން ބޮޑު ހަރަދު ކޮއްފަ ކަންކަން ކުރަން އުޅުނީމަވެސް މި ދެނީ ކުލަބުތަކަށް ގުނާ އަދަދު ނުކުރެވޭ ވަރުގެ ގެއްލުން މީދެން ބޮޑުވަރު.
އެވްރިވަން
13 February 2018
އެކަމަކު އޭއެފްސީ މެޗް ކުޅެވޭ.
ހަނު
13 February 2018
ސުވާލަކީ ޗެރިޓީ ޝީލްޑުން ލިބޭ ފައިސާގެ އިނާމަށް ވާނީ ކިހިނެއްބާވައޭ؟ ބަނޑަށް އަޅާނީތޯ ނޫނީ އެފްއޭއެމް އިން އެފައިސާ ޖަމިއްޔާ އަކަށް ހަދިޔާ ކުރާނީތޯ؟
ނާސިރު
13 February 2018
ނާގާބިލް ވެރިން ލައިގެން އެއްވެސް ތަނެއް ނުހިންގޭނެ. ޓީވީތަކަށް އަރާ މިދައްކަނީ ހުސް ފޮނިބައިސާކަން މިއަދު މި ހާމަ ވަނީ.
ކަމާލް
13 February 2018
މާބޮޑަށް ސިޔާސީ ވީމަ ވާނެ އެތި ވެފަ ތި އޮތީ. އަދި ސީޒަށް ފެށުނީމަ ކިހާވަރަކުން ދާނެބާ.
ޖެރާޑް
13 February 2018
އެފްއޭއެމްގަ އުޅެނީ ހުސް ރޯނު އެދުރުން. އެއްވެސް ކަމެއް ވާ ބައެއް ނޫން. ހުސް ފޮނި އަގަތަޅާނި ޓީވީ ތަކަށް އަރާފަ ވެސް.
މައުރީންނު
13 February 2018
އެފްއޭމުން ބުނާނެ އޭއެފްސީ ކަފް ކުޅޭ ޓީމްތަކަށް ވަރަށް ބޮޑަށް އަހުމިންޔަތު ކަމެއް ދޭނަމޭ. ދީފައެއްނު މިއޮތީ ކިހާ ބޮޑު ގެލުމެއްމި ލިބުނީ ބަންސާމް ކަލޭ އިސްތިއުފާދީ ބަލަ ކަންކަން ނުވަންޏާ
ހަންނު
13 February 2018
އެފްއޭމް ގޮވާގެން ކޯޓަށްދޭ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން. އެފްއޭމުން ބޭނުމެއް ނުވާނެ ނިއު ތައިލެންޑްގަ ކޭމްފްކުރާކަށް. ބަންސާމް އިސްތިއުފާދީ..
ޓޮޓީ
13 February 2018
ފުރަތަމަވެސް އެފްއޭއެމުން ތި އެޅީ ފަހަތަށް ފިޔަވަޅެއް. އެހެންވެގެންނޭ މި ބުނަނި އެފްއޭއެމް އޮތީ ފެއިލްވެފައޭ. އަދި މި އުޅެނި ސީޒަން ނުފެށި. ފެށުނީމަ ކިހާވަރަކުން ދާނެބާ. ވޯލްޑް ކަފް ތަށި ގެނެސް ގެން ވެސް ހާދަ ފޮންޏެއް ކެޑިއޭ..
ފުންއަސަރު
13 February 2018
ތިޔަވީގޮތް ވަރަށް ސާފު. ފައިސާއެއް ދޭންޖެހެއެއްނު. އަނެއްކާ ފައިސާދޭންޖެހޭ ޓީމެއްވެސް މިއަހަރު މިކަމުގާ ނުހިމެނޭ. އޯކޭ، ތިބޭފުޅުން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު.