ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

އަޑުއެހުމަކަށް ފަހު އަދީބު ދޫނިދޫ އަށް ގެންދަނީ.--- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

20 ފެބުރުއަރީ 2018 - 14:36

5 comments

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫން، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

އެމަނިކުފާނުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބެއް ކަރެކްޝަންސް އިން ނުބުނާ ކަމަށެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ސިރާޖު ވިދާޅުވީ މާފުށި ޖަލަށް އަދީބު ބަދަލުކުރުމުން ވަކީލުންނާއި އާއިލީ ބައްދަލުވުންތަކެއް ވެސް ނުދޭނެ ކަމަށެވެ.

"މާފުށީ ޖަލަށް ބަދަލުކުރީމަ އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމެއް ދެން ލިބޭނެހެން ހިއެއް ނުވޭ. އެކަމާ ވަރަށް ކަންބޮޑުވަން މިގޮތަށް އިރުކޮޅަކާ ތަނަަކަށް ބަދަލުކުރަމުން ދާތީ. އެހެންނެއް ކަންތައްތަކެއް ނުކުރެވޭނެ،" ސިރާޖު ވިދާޅުވި އެވެ.

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ވެފައިވާ ކަމަށް ވެސް ވަަކީލުން ވަނީ ބުނެފަ އެވެ.

5 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 18%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާންބރ

20 February 2018

33 ޖަލަށް ލައިގެން ވެސް ނުފުދިގެން ދެއިރުކާ ބޭހެއް ހެން ޖަލުބަދަލުކޮށް ހާދަ ބިރުފުޅެކޭ ދޯ ހާކިމާ މި ގަންނަނި އެއްމެންގެ ބުރޯ ދެކެ.

The name is already taken The name is available. Register?

ކަކުނިބޯ

20 February 2018

އޮއްވަޅުގޮޑި

The name is already taken The name is available. Register?

ބުރުގާ

20 February 2018

ދުވާލަކު ޖަލެއްގަ އޭނަ ބައިންދަންވީނު. ވަރައް މަޖާވާނެ އޭރުން.. : )

The name is already taken The name is available. Register?

ތުނިޔަ

20 February 2018

މިރައީސް އަމަލު ކުރައްވާ ގޮތުގެ ފުރިހަމަ މިސާލެއް އަދީބަކީ! ބޭނުން ޖެހުނީމަ ވަރަށް ގާތްކޮށްގެން %500 އިތުބާރު ކުރައްވާފަ، ބޭނުން ކެނޑުނީމަ ނިކަމެތިކޮށް ހޫރާލުން..

The name is already taken The name is available. Register?

ޔާންޓޭ

20 February 2018

ސާބަހޭ ރައިސް ޔާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454