ޓްރެކް ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވި ބީއެމްއެލްގެ ބައެއް މުވައްޒަފުން.
24 ފެބުރުއަރީ 2018 - 17:10
މާލޭ ފަތާ ޓްރެކް ސަރަހައްދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ސާފުކޮށް، އެ ސަރަހައްދުން 180 ކިލޯގެ ކުނި ނަގައިފި އެވެ.
ގަައުމީ ބޭންކުން އެ ސަރަހައްދު ސާފުކުރީ، ސްވިމިން އެސޯސިއޭޝަނާއި، ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2 ޖަހަންދެން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެންމެ ގިނައިން ނެގީ ޕްލާސްޓިކް ފުޅި އާއި ރަބަރު ކޮތަޅު ފަދަ ތަކެއްޗެވެ.
ޑައިވް ކޮށްގެން ޓްރެކް ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވި ބީއެމްއެލްގެ މުވައްޒަފުންތަކެއް.
"މި އިވެންޓުގެ މަގްސަދަކީ ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި، ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް ރީތިކޮށް މުޖްތަމައުއަށް ބޭނުންތެރި ގޮތަކަށް ބޭއްވުން،" ބީއެމްއެލް އިން ބުންޏެވެ.
- 250 ދަޅު
- 492 ޕްލާސްޓިކް ފުޅި
- 310 ރަބަރު ކޮތަޅު
- އެއް ކިލޯގެ ސިނގިރޭޓު ފޮށި
- ބިއްލޫރި އާއި ލަކުޑި
ޖުމްލަ 180 ކިލޯގެ ކުނި އެ ސަރަހައްދުން ވަނީ ނަގާފައި.
މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގައި ބޭންކްގެ މުވައްޒަފުން ވަނީ ބައިވެރި ވެފަ އެވެ. އަދި ބީއެމްއެލްގެ މުވައްޒަފުން ވަނީ ޑައިވިން އަށް ގޮސްގެން ވެސް އެ ސަރަހައްދުން ކުނި ނަގާފަ އެވެ.
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮޅުވަތް އެޕް
25 February 2018
1. "ފަތާ ޓްރެކް ބީއެމްއެލްއިން ސާފުކޮށްފި" 2. "ބީއެމްއެލްއިން ފަތާ ޓްރެކް ސާފުކޮށްފި" މި ދެގޮތުގެ ތެރެއިން ރަނގަޅީ ކޮންގޮތެއްހެން ލިޔުންތެރިޔާއަށް ހީވަނީ؟ ދެ ޖުމުލަ ވަކިވަކިން އަޑުއަހާލީމަ ވަރަށް ފަސޭހައިން ދެނެގަނެވޭނެ.
މޯޑް
25 February 2018
2
ނަޖްވާ
24 February 2018
މީހުންނަށް ފަސޭހައިން ލޯނު ތިޔަ ބޭންކުން ނުލިބެއްޏާ ދެން ކޮށް ފަޅު ހިއްކާ ސާފު ކުރާ ސަކަރާތެއް ޖަހާކަށް! މޯލްޑިވްސް ބޭންކު އުފެއްދީ ދިވެހި ރައްޔިތުން އިޤްސާދީގޮތުން ކުރާ މަސައްކަތްތަކަށާއި ގެދޮރު ބިނާ ކުރުން ފަދަ ކަންކަމަށް ލޯނު ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭކަށްނޫންތަ!
ޗުއްޕު
24 February 2018
ލޯނު ލިބޭ ފަސޭހައިން އެކަމަކު ލޯނު ދެނީ ހުރިހާ ތަނެއްގައިވެސް ލޯނު އަނބުރާ ދެއްކޭ ވަރުގެ މީހުންނަށް.
ރިޒުވީ
24 February 2018
ވަރަށް ރަގަޅު ކަމެއް. އުއްމީދުކުރަނީ އެހެން ކުންފުނި ތަކުން ވެސް މިކަހަލަ ކަންތަައް ކުރިއައް އޮއްތަނުގާ ކުރާނެކަމަށް.
ޝުކްރިއްޔާ
24 February 2018
ވަރަށް ރަނގަޅު ކަމެއް! އެތަނުގެ ބޮޓޮމަށް ދޮންވެލި އަޅާނެ ނަމަ ހާދަ ރަނގަޅޭ.
ޗިކުސް
24 February 2018
ބީއެމް އެލް އިން ކިއްވެތޯ ނޯރތް ހާބަރ ސަރަހައްދު ސާފްނުކުރެވެނީ؟ ހަމަ އެކަނި ތިތަނައް އިސްކަން ތިދެނީ ، ނަސްލީތަފާތު ކުރުމެއް ތިގެންގުޅެވެނީ. މީ ވަރައް ވާހަކަ.
ހަސަނު2
24 February 2018
ޓިޕިކަލް މޯލްޑިވިއަން - އަބަދުވެސް ބަލާނީ އެންމެ ނެގަޓިވްކޮށް!!! ޝުކުރިއްޔާ ބީއެމްއެލް..
ޕިކްސް
24 February 2018
ނޯތު ހާބަރު އެއީ މީހުން މޫދަށް އެރޭ ތަނެއްތަ!؟ ކޮންނަސްލީ ތަފާތު ކުރުމެއް އޮތީ އެންމެން މޫދަށް އެރޭ ސަރަހައްދު ސާފުކޮއްދިނީމަ؟