މުނިފޫހިފިލުވުން / ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާ ކުރި ކަމަކުން ފޭނުން ރުޅި އަތުވެއްޖެ

ޕްރިޔަންކާ: ގިނަ ބަޔަކު ރޯލް މޮޑެއްލެ ގޮތުގައި ބަލާ ތަރިއެއް.

ޕްރިޔަންކާ ޗޯޕްޅާއަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. ޓްވިޓާ އާއި އިސްޓަގްރާމުން އޭނާ ފޮލޯކުރާ މީހުން މިލިއަނުން ގުނައިލެވެ އެވެ. އެ ޕްލެޓްފޯމްތައް މެދުވެރިކޮށް، މަޝްހޫރު ބަތަލާ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަރަށް ގިނައިން ހިއްސާ ކުރެ އެވެ.

އެކަމަކު މި ފަހަރު އިސްޓަގްރާމްގައި އޭނާ ހިއްސާ ކުރި ވީޑިއޯކޮޅު ފޭނުންނަށް އެހާ ކަމުދާ އެއްޗަކަށް ނުވި އެވެ.

އެ ވީޑިއޯގައި ފެންނަނީ ވައިން ތަށްޓެއް ބޯލައި "މަސްތުވެފައި ހުރި" ޕްރިޔަންކާ ކުއްލިއަކަށް ބިއްލޫރި ތަށި ބޮލަށް ތަޅައިލާތަނެވެ. އެ ވީޑިއޯއާ އެކު އޭނާ ލިިޔެފައިވެ އެވެ

"މިކަން ގޭގަގައި ވެސް ޓްރައި ނުކުރައްޗޭ. ހަރާބު ދުވަހަކަށް ފަހު ކޮށްލެވުނު ކަމެއް،" އަންނަ އެޕްރީލް 26 ގައި "ކްއަންޓިކޯ 3" ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ ބަތަލާ ބުންޏެވެ.

ޕްރިޔަންކާގެ މި ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ "ތިއީ ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ބަލާ މީހެއް ކަމަށާއި ތި ކަހަލަ ކަންތައް ކުރަން ހެޔޮނުވާނެ" ކަމަށެވެ.

"ތިއީ އަނެއްކާ ނުލާހިކު ރީތި ރޯލް މޮޑެލްއެއް. ތި ކަހަލަ ނުރައްކާތެރި ކަންކަން ފެންނަ މަންޒަރުތައް ޕޯސްޓް ނުކުރޭ،" އެހެން ކޮމެންޓެއްގައިވެ އެވެ.

އެހެން މީހަކު ބުނީ "ޕްރިޔަންކާ ތި ކުރި ކަމަކުން މި ހުރީ ޝޮކް ޖެހިފައި" ކަމަށެވެ.

އަދި ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ޕްރިޔަންކާ މޮޔަވީ ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

"ކްއަންޓިކޯ" ސީޒަން ތިނެއް ދައްކަން ކައިރިވަމުން އަންނަ އިރު، މި އަހަރު ޕްރިޔަންކާގެ އިތުރު ދެ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އަދި ރިލީޒް ކުރާ ތާރީހުތައް އިއުލާންކޮށްފައި ނުވާ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.

10 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 12%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮނުމެދު

02 March 2018

އަނެއްކާ ސުނިޔަންކާ މިކަމާ ބުނަނީ ކީކޭބާ

The name is already taken The name is available. Register?

އީވަގު ނަސީމް

02 March 2018

އަދޭ ފުރަތަމަ ބްރޭކްއަވޭ ގްލާސް އެއީ ކޯއްޗެއްތޯ ސާރޗްކޮށްބަލަ

The name is already taken The name is available. Register?

ޕްރިޔަންކާ ޗޯޕްރާ

01 March 2018

ކަންތަކާ މިޖެހުނީ. ސުނިޔަންކާ މިކަން ކޮޕީ ނުކޮށްފިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ޝިފޫ

01 March 2018

އޯ މައި ސުނީ

The name is already taken The name is available. Register?

ސުނީތާ

01 March 2018

މަ ރުޅިއެއް ނާދޭ.

The name is already taken The name is available. Register?

ޒާލިމު

01 March 2018

އަނެއްކާ އަހަރެމެންގެ ސުނީގެ ޚަބަރަކީ ކޮބާ؟ ސުނީ ތިކަމާއި ދޭތެރޭ ދެކެނީ ކޮން ގޮތެއްބާ؟ އޭނަވެސް ރުޅިއައިތަ؟ ނޫނީ އެޑްމިޓްކުރިތަ؟

The name is already taken The name is available. Register?

ޝާޝާ

01 March 2018

ސާބަސް! އޭގަ އެބަ އިންޖަހާފަ ބްރޭކްއަވޭ ގްލާސް އޭ..އަދި ކޮމެންޓް ކުރި މީހުންގެ ތެރެއިން ކިރިޔާވެސް ބޮލުގަ ތެތް ކަމެއް ހުރި މީހަކު ހުރި އެހެން ކިޔާފަ ކޮމެންޓް ކޮށްފަ. ދެން ތަނަކުން ޚަބަރެއް ފެންނަ އިރަށް ލިޔުނަސް ނުވާނެ ދޯ. ސާރޗް ކޮށްލަބަލަ ބްރޭކްއަވޭ ގްލާސް އަކީ ކޮބާތޯ...

The name is already taken The name is available. Register?

އެޑްމުންޑޯ

01 March 2018

ރާބުއިމުން މިފަދަ އެތެއްކަމެއް ކުރާނެ ، ރަލަކީ މީހާގެ ހަމަހޭވެރިކަން ގެއްލުވަލަ ނުރައްކާތެރި އެއއޗެއް

The name is already taken The name is available. Register?

ފފފފފ

01 March 2018

ސްނިޔަންކާ ކީކޭ ބުނަނީ

The name is already taken The name is available. Register?

ަނަން ނުބުނާނަން

01 March 2018

ސުނިޔަންކާ އަނެއްކާ ފަނަރަ ތަށި ބޮލަށް ނުތަޅައިފިއްޔާ ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454