ފިލްމީ ތަރިންތަކެއް: ފަންނުވެރިންގެ މަސައްކަތްތައް ހިލޭ އިޝްތިހާރުކޮށް ދޭން އެންސީއޭ އިން ބޭނުންވޭ.
26 ފެބުރުއަރީ 2018 - 20:26
ރާއްޖޭގެ ފަންނުވެރިންނާއި އެ މީހުންގެ މަސައްކަތްތައް ހިލޭ ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.
އެތަނުން ނެރުނު ދެންނެވުމެއްގައި ބުނީ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ހުރިހާ ފަންނުވެރިންނަށް އެހީތެރިވެ ދިނުމުގެ ގޮތުން އެއްވެސް އަގެއް ނެގުމަކާ ނުލައި ހުރިހާ ފަންނުވެރިނަށް ހަމަހަމަ ގޮތެއްގައި އެންސީއޭގެ ވެބްސައިޓުންނާއި އެތަނުގެ ސޯޝަލް މިޑިއާ ޕޭޖްތަކުން އިސްތިހާރުކޮށްދޭން ވިސްނަމުން އަންނަ ކަމަށެވެ.
އަދި ފަންނުވެރިން މިކަމަށް ދޭ ތަރުހީބަށް ބަލައި، ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ރިސޯޓްތަކާއި އެއާޕޯޓްތައް ފަދަ ތަންތަނުގައި ވެސް ޕްރޮމޯޝަނަލް ކަންތައްކޮށް ދޭނެ ކަމަށް ބުންޏެވެ.
އެންސީއޭ އިން ބުނީ އާޓާއި މިއުޒިކާއި ފިލްމީ ދާއިރާގެ ފަންނުވެރިންނަށް މި ފުރުސަތު އޮންނާނެ ކަމަށެވެ.
ފަންނުވެރީން ތައްޔާރު ކުރާ ތަކެތި، ވިއްކުމަށްޓަކައި އެންސީއޭ ގެ ވެބްސައިޓް، ސޯޝަލް މީޑިއާ އަދި ހަމަޖެހޭ އެހެނިހެން ތަންތަނުގައި އިސްތިހާރުކޮށް ދިނުން.
އޮލިމްޕަސް ސިނަމާ އާއި އަތޮޅުތަކާއި ރާއްޖޭން ބޭރުގައި ފިލްމްތައް ސްކްރީން ކުރަން ފުރުސަތުތައް ހޯދައި ދިނުން.
ދިވެހި ފަންނާނުންގެ މިއުޒިކް ބޭންޑްތަކާއި މިއުޒިކް ޝޯތައް އިސްތިހާރުކޮށް ދިނުން (ރާއްޖެ އާއި ރާއްޖޭން ބޭރުގައި) ދިވެހި ފަންނުވެރިންގެ ފިލްމް، މިއުޒިކް، ކުރެހުން ފަދަ ފަންނުވެރިންގެ ތަކެތި ގަންނަން ލިބެން ހުރި ތަންތަން އާއްމުކޮށް އިސްތިހާރުކޮށް ދިނުން. ބޮޑުބެރު، ތާރަ، ދަނޑި، މިއުޒިކް، ލަނގިރި ފަދަ ގުރޫޕްތަކުން ޝޯތައް ދޭން ފުރުސަތު ހޯދައި ދިނުމާއި އިޝްތިހާރުކޮށް ދިނުން.
ހަބޭސް ބޮޑުބެރު ބޭންޑް ޝޯއެއްގައި ޕަފޯމް ކުރަނީ.
މީގެ އިތުރުން ޖާދޫގެ ފަންނު އިސްތިހާރުކޮށް ދޭނެ ކަމަށް އެންސީއޭ އިން ބުންޏެވެ
އެހެންވެ އެހީތެރިކަން ހޯދަން ބޭނުންވާ ފަންނާނުންނާއި އެ ފުރުސަތު ހުޅުވާލައި، އެންސީއޭ އަށް ފޯނުން ނުވަތަ އީމެއިލުން އަންގައި ދޭން އެދޭ ކަމަށް އެތަނުން ބުންޏެވެ.
އެންސީއޭއަކީ ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ހަވާލުކޮށްފައިވާ މުއައްސަސާ އެވެ. އެގޮތުން އެތަނުން ފިލްމީ ދާއިރާ އަށްކޮށް ދޭ އެންމެ ބޮޑު އެއް ކަމަކީ ކޮންމެ އަހަރު ގައުމީ ފިލްމް އެވޯޑްސް ބާއްވައި ދިނުންކަން ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހވޗފ
27 February 2018
އެންސީއޭގެ ވެބުސައިޓެއް އިނދޭތަ؟ ތިތަނުން އިސްތިހާރުކުރުމަށްވުރެ ސީޒަންމެންގެ ފޭސް ބުކްގަ ނޫނީ ސުނީތާގެ ފޭސްބުކް ޕޭޖުގަ ޖަހާލިޔަސް ފިލްމީ ކަންކަން މާބޮޑަށް އިސްތިހާރުވޭ!!!
ވާލުސޮރު
26 February 2018
އެން ސީ އޭ އަށްވުރެ ދިވެހި ފަންނުވެރިން މާ ގާބިލް. އެން ސީ އޭ ޕްރޮމޯޓް ކޮށްދޭން ދިވެހި ފަންނުވެރިންނާ ހަވާލުކުރުން މާ ބުއްދިވެރި. "ބަސަރާ އަށް ކަދުރު ވިއްކަން" ދާން ތިޔަ އުޅެވެނީ.