އިމްރާން، ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު. އޭނާގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް އަދާލަތު ޕާޓީން ބުނޭ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
28 ފެބުރުއަރީ 2018 - 13:52
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަދާލަތު ޕާޓީގެ މީޑީއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ކުރިން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ އިމްރާންގެ ހާލަތު މިހާރު ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. މީގެ ދެ މަސް ކުރިން ހެދި ޓެސްޓަކުން ވެސް އޭނާގެ ލޭގައި ކަންބޮޑުވާ މިންވަރަށް ސޯޑިއަމް [ލޮނު] އިތުރުވަމުންދާ ކަން ފާހަގަވެފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"ލޭގެ ޕްރެޝަރާއި ހަކުރު ވެސް ހުންނަ އިރު، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. މިކަން ޝޭހް އިމްރާން ވެސް އަދި އާއިލާ އިން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި،" އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، މި މަހު 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން އާއިލާ އަށް އިމްރާންއާ ބައްދަލެއް ނުކުރެވެ އެވެ. އެއީ، ވެސް އާއިލާގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން މައްސަލަ ނިންމީ އިމްރާނާ އެއްކޮޅަށެވެ.
އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިދާ ނަޒީރު
01 March 2018
ވަރަށް ވެސް ދެރަ. ހިތަށްއަރަނީ ހަމަ މައިބަދަ ބިނދުނު ސޮރު މަތިން. ނަޒީރު ދައްކާ ވާހަކަ ޤަބޫލެއް ނުކުރެވޭ.
ގިތެޔޮ
01 March 2018
ސިޔާސީ މީހުން ބަލިވީމަ މީޑިއާ އެހަބަރު ގެނެސްދޭން ހާދަ ފޯރި ހުރެއޭ. ހޮސްޕިޓަލްތަކުގައި ހާލުގަ ޖެހިފަ އަޅާލާނެ މީހެއް ނެތް މީހުންގެ ވާހަކަ ޖެނެސްދިނުން މާ ރަނގަޅު. ހަމަ ސީޔާސީ މީހުންނަށް މޮޅުގޮތް. ނިކަމެތީންނަށް ދެރަގޮތް.
އަސްލު
01 March 2018
ޖަލުން މިނިވަންވީ އޯކޭ! މުޒާހަރާކޮށް ފިތުނަށް އުފައްދަންވީ ސިއްހީ ހާލަތު އޯކޭ! ތިޔަށް ކިޔަނީ ސިޔާސީ ޔެލޯ ފީވަރ.
ހައިފުލެއަރ
01 March 2018
އަދާލަތުޕާޓީއަށް ހުރިހާމީހުންވެސް ދާނީ އުމުރުން ދުވަސްވާވަރަކަށް ބަލިވަމުން އެއްވެސްމީހަކު ޒުވާންއިރު ހުންނަގޮތަކަށް ގަދަފަދަކޮށް ނުހުންނާނެ އެއީ އެކަން ލައްވާފައިވާގޮތް 40މީހުން ސޮއެކުރިޔަކަސް އެކަން ބަދަލެއްނުވާނެ ޝުކުރިއްޔާ
ވާލުސޮރު
28 February 2018
ކުށްވެރިޔަކަށް ބޭސްފަރުވާ ކުރުމުގެ ޙައްޤު ލިބެންވާނެ. މިނޫން ދުވަހެއް ދައްކަވާށި.
ޙަފްޞާ / މާލެ
28 February 2018
އަވަހަށް ސްވިޒެލޭންޑަށް ފޮނުވާ ފިލަން!
ޑިމޮކްރަޓިސްޓް
28 February 2018
ގައުމުން ބޭރަށް ދެވެންދެން ތިވާހަކަ ދައްކަންވާނެ ކަލޭމެން#### ހަމަ ގާދޫކޮލުން ބޭރުވީ ގަދަފަދަވީ#### ކަލޭމެން ދައްކާ ފޭކްވާހަކަ ގަބޫލުކުރާނީ އަމިއްލަ ސިކުނޑިއަށް އަމިއްލަ ބާރުނުފޯރުވޭ ރީންދޫ ކުދިންކޮޅު####
ހަސަންއް
28 February 2018
އަނެއްކާ އަނެއް ކަންތައް. މީނަ ވެސް ބޭސް ކުރަން ވިލާތަށް ދާންވީ ދޯ. މި ޤައުމުގެ މި އުޅޭ ސިޔާސީ މީހުންނަކީ ހާދި ސިއްހަތު ދެރަ ގްރޫޕެކޭ. އެހެންވެ ދޯ ކޮންމެ ރެޔަކު ޖަގަހަ ކުރިމަތީ ޒުންބާ ޖައްސަނީ.
ޑިމޮކްރަޓިސްޓް
28 February 2018
މަގުތަކަށް ނުކުމެ ދުވެއަރުވާއިރު ގަދަފަދަ#### ހަމަ ޖަލަށްލީ ހާލުދެރަވެގެން އަބަދު އެވާހަކަ####
ޢަބްދުﷲނާފިޒު
28 February 2018
ލައްކަ އަސަރު ކޮށްފިއުތަ، ތިޔާގަ ނެއް އެއްޗެއް ނުނެރެވޭނެ ކިތަންމެ ފޯރިއެއް ނެގިއަސް.