ރައީސް ޔާމީން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
06 މާޗް 2018 - 13:53
ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމުގެ މުސްތަގުބަލު އޮތީ ގައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށް ވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ގައުމިއްޔަތެއްގެ ވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާއުކުރާނެ ބައެއް ގޮތުގައި ޒުވާނުން ހަދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން، ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު އިތުރަށް އާލާވެ، ގައުމަށް ހިދުމަތް ކުރާނެ، ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެ އެވެ.
"ގައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެކެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި ވެސް ކޮންމެހެން އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ ކަމެއް ވެސް މެ އެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ ފަރާތްތަކަކުން ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު ދިރުވުމަށާއި، ދަރިވަރުންނަކީ ގައުމު ދެކެ ލޯބިވާ، ގައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަގްސަދުގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގަވާދެއްވަން ހުރިހާ ސްކޫލްތަކުގެ ވެރިންނަށް ރައީސް ގޮވާލެއްވި އެވެ.
މާޗު 6 އަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ހަމަޖެއްސީ ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަގްސަދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުކަކުނި
06 March 2018
ގައުމިއްޔަތު ފެންފޮދަކާ ނުލައިވެސް ދިރުވާލާ އާލާކުރަމުން ގެންދާތަން މިއަދު މިޤައުމުން ފެންނަމުން ދާކަމީ މިއަދު ކުރެވެމުންދާ ވަރަށް މުހިންމު ގައުމީ މަސައްކަތެކެވެ.
ރަދީފް
06 March 2018
ގައުމިއްޔަތޭ؟؟ ލަދު ކޮބާ؟؟
އިންސާރފް
06 March 2018
އެއްޗެއް އަނގަޔަށް ލާފަ ހަފާ ކާލާފަ ދެން އެ ދިރުވާނެ ގޮތެއް ނުވިސްނޭ!!!
ގައުމިއްޔަތު
06 March 2018
ކުރީގެ ސީ.ޕީ ހައްޔަރުކުރުމަކީ ގައުމިއްޔަތު އާލާކުރުމައްކުރެވޭނެ އެންމެ މަތިވެރި މަސްއްކަތް، އެހެންވެ މިއަދުގެ މުނާސަބަތުގައި އެކަން ކުރީ،
އަހްމަދު
06 March 2018
ތިޔަ ބޭފުޅާ ގައުމަށް ހެދިގޮތުން މަމިހިރީ ފުރަން ތައްޔާރަށް
ބޮކި
06 March 2018
ގައުމީއަތޭ ވަހުދަތޭ ކިޔާނެ ކަމެއްނެ.......