ރެއިންބޯ އިން މީގެ ކުރިން ބޭއްވި ޕްރޮމޯޝަނެއްގެ ގުރުއަތު ނެގުމުގެ ތެރެއިން.
07 މާޗް 2018 - 13:47
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ރެއިންބޯ އިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ރެއިންބޯ އިން ބުނީ، މާދަމާ ފަށާ މި ކެމްޕޭނުގައި ބައިިވެރިވެވޭނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޕޭޖަށް ލައިކް ކުރުމަށް ފަހު، މި ކެމްޕޭނުގެ ޕޯސްޓް ޝެއާކޮށް އަދި ފަސް މީހަކު ޓެގް ކުރުމަށް ފަހު، އެ މީހުން އެ ޕޭޖަށް ލައިކް ކުރުމުން ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ.
މި ކެމްޕޭނުގެ ދަށުން އިނާމު ލިބޭނީ ގުރުއަތުން ނެގޭ ހަތަރު ނަސީބުވެރި އަކަށެވެ. އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ކުލަ ދަޅަކާއި ގޭސް އުދުނެއްގެ އިތުރުން ބާލީހަކާއި އޮފީސް ގޮޑި އެކެވެ. ކެމްޕޭނުގައި ބައިވެރިވެ، ގުރުއަތުން ހޮވޭ ފަރާތްތަކުން އިނާމާއި އެކު އެ މީހެއްގެ މޫނު އަރާ ގޮތަށް ފޮޓޯއެއް ނެގުމަށްފަހު ޝެއާ ކުރަން ޖެހެ އެވެ.
އެ ކުންފުނިން ބުނީ އަންހެނުންގެ އިތުރުން ފިިރިހެނުންނަށް ވެސް މި ކެމްޕޭނުގައި ބައިވެރި ވެވޭނެ ކަމަށެވެ.
"ފިރިހެނުންނަށް ވެސް ބައިވެރިވެވޭނެ. އެމީހުންގެ މަންމަ، ދައްތަ ނުވަތަ އަންހެން ދަރިންނަށް ހަދިޔާއަކަށް ވެސް ދެވިދާނެ،" ރެއިންބޯގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވެއެވެ.
ރެއިންބޯ އިން ބުނީ މި ކެމްޕެއިން ކުރިއަށްގެންދާނީ އަންނަ އާދިއްތަ ދުވަހުގެ 3:00ގެ ނިޔަލަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy