ޚަބަރު / ސިވިލް ސާވިސް ކޮމިޝަން

މިނިސްޓަރުންގެ ލަފަޔާ އެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރަން ފާސްކޮށްފި

ސިވިލް ސާވަންޓުންތަކެއް ވެލާނާގޭ ބިލްޑިން އިން ނުކުމެގެން ދަނީ - ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރުންގެ ލަފައާ އެކު، މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އައްޔަން ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ބަދަލެއް ނުގެނެސް ފާސްކުރަން، މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އިސްލާހާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އިސްލާހަށް އެއްވެސް ބަދަލެއް ނުގެންނަ ގޮތަށެވެ.

މި އިސްލާހު ތަސްދީގުކޮށްފި ނަމަ، މިނިސްޓްރީތަކުގައި މިހާރު ތިއްބެވި ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށް، ވަކިކުރުމުގެ ހުރިހާ އިހްތިޔާރެއް ލިބޭނީ މިނިސްޓަރަށެވެ.

ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކްރެޓަރީ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމެޓީގެ ނައިބު މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ޕީއެސްއިން މިނިސްޓަރުންނާ ގުޅިގެން މަސައްކަތް ނުކުރާ ނަމަ، ރައްޔިތުންނަށް ހިދުމަތްތައް ދޭން ބުރޫއަރާނެ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް

އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކަން ކުރަމުން އަންނަ އުސޫލުން މިނިސްޓަރުންގެ ލަފައާ އެކު ޕީއެސްއިން އައްޔަން ކުރުމުގެ މުހިންމުކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

"ޕާމަނަންޓް ސެކްރެޓަރީ އާއި މިނިސްޓަރުން އެކުގައި މަސައްކަތް ނުކުރާ ނަމަ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބުރޫއަރާ. ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭން ޖެހޭ ހިދުމަތްތައް ނުދެވޭ،" ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ ޕީއެސްއިން އައްޔަން ކުރާނީ މިނިސްޓަރުންގެ ލަފައާ އެކު ކަމަށް އޮތް އޮތުން މަޖުބޫރުކުރުމަކީ ތާއީދުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ބޭކާރު ތަނަކަށް ހެދުމަށެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިސްލާހާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ސީއެސްސީގެ މެމްބަރުންނާއި މިހާރު ތިއްބެވި ޕީއެސް އިން ހާޒިރުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އިދިކޮޅު މެމްބަރުން އިސްލާހަށް ދެކޮޅުކަމަށް ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިސްލާހު ފާސްވެ، ތަސްދީގުކޮށްފި ނަމަ، ޕީއެސްއިން ވަޒީފާތަކުން ވަކިވުމުގެ ބިރު އެބަ އޮތް ކަމަށެވެ. މިއީ ސީއެސްސީއަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށާއި ސިޔާސީ ނުފޫޒުން ހުރިހާ މުއައްސަސާއެއް ކޮންޓްރޯލްކުރުން އިތުރު ކުރުމުގެ ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ސީއެސްސީއަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭތީ އޭނާ ވަނީ އިސްލާހާ ދެކޮޅު ހައްދަވާފައި. - ފޮޓޯ: މަޖިލިސް

އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ އެމްޑީޕީން ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި ވާހަކަ ދައްކާއިރު އެމްޑީޕީ ވެރިކަމުގައި ސިވިލް ސާވަންޓުން މަޖުބޫރުން ވަކިކޮށްފައި ހުރި ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން މުވައްޒަފުންނަށް މުސާރަ ނުދީ ހިފެހެއްޓީ އެމްޑީޕީ ސަރުކާރުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

22 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

10 February 2020

ބާރުގަދަ ބަޔަކު ބަލަން ވާދަމާ ސަރުކާރެއް އޮވެގެން ގައުމު ނުހިންގޭނެ. ކޮންމެ ބަޔަކުވެސް އިމުންބޭރުވެ އަނެއް ބައެއްގެ މައްޗަށް ބާރު ފޯރުވުން ހުއްޓާލަން އެބަޖެހޭ. މިހާރު ގާނޫވެސް މިވަނީ ދެ ދަޅައަށް ބަދަލުވާ އެއްޗަކަށްވެފަ. ގާނޫނުހަދާ މަޖިލީހުގައި ތަންދޮރު ނޭނގޭ މީހުން ތިބީމަ މިހެންވާނެއެވެ.

The name is already taken The name is available. Register?

ބަލާތި

18 July 2016

މިނިސްޓަރުންގެ ލަފަޔާއި އެކު ޕީއެސް އައްޔަން ކުރުން އެއީ ވަރަށް ރަނގަޅަށް ސަރުކާރުން ކުރެއްވި ކަމެކެވެ. މިހާރު ވެސް އަމީނީ މަގުގެ އެސްޓީއޯ ވެހިކަލް ގަރާޖް ކުރިމަތީގަައި ހުންނަ މިނިސްޓްރީ އަކީ އެއީ އިދިކޮޅު މީހުންގެ ކިއްލާ އެކެެވެ. މިސަރުކާރުގެ ހުރިހާ ސިޔާސަތު ތައް ހުންނަނީ އެތަނުގެ ސިވިލް ސާރވިސްގެ ބޮޑޭ އަތުން އިދިކޮޅު ޝެޑޯ ތިމާވެށި މިނިސްޓަރު އަތް މައްޗަށް އަރާފައެވެ. އެމިނިސްޓްރީ އާއި އާންމުންނާއި ދެމެދު ގައި އޮތް ގުޅުން ކަނޑުވާލީ ވެސް ހަމަ ސިވިލް ސާރވިސްގެ ބޮޑޭ މެންނެވެ. އެކަން ކަން އިސްލާހު ކުރެވޭނީ ހަމަ ޕީއެސް މިނިސްޓަރުން އައްޔަން ކޮށްގެންނެވެ. ދެން ނުދެވޭނެ ސިވިލް ސާރވެންޓުންނަށް ސަރުކާރަށް ޖެއްސުން ކުރުމަށް ޓަކައި ޖުމްހޫރީ މައިދާނަށް ކޮތަރަށް ކާންދޭކަށް. ދޭބަލަ ދެން.

The name is already taken The name is available. Register?

ޒަންޖަބީލު

18 July 2016

މޮޅު ވާހަކަ ތަކެއް ދައްކާފަ އަނެއްކާވެސް ޕާޓީގެ (ދުވަހަކުވެސް ޔުނީފޯމެއް ލައިގެން ސްކޫލަކަށް ނުދާ) އެކްޓިވިސްޓުންނަށް ބަހާނެ މުސާރަ ބޮޑު ވަޒީފާ ތަކެއް ޕާޓީގެ ކޮންޓްރޯލްގެ ދަށަށް ތި ގެންދިޔައީ.. ރައްޔިތުން ތިބުނާހާ މޮޔައެއް ނޫނޭ.. މިނިސްޓްރީ ތަކުގެ ޕާމަނެންޓް ސެކްޓްރީންނަށް މިހާރު ތިބީ ކިޔަވައިގެން ތިބި އަދި އެމިނިސްޓްރީ ތަކުގައި އެދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިތިބި ގާބިލު މީހުން.. އަސްލު މިނިސްޓްރީތައް މިހާރު ހިނގާ ވަރަށްވެސް ތި ހިނގަަނީ އެމީހުންނާ ހެދި.. އަދި މިހާތަނަށް އެއްވެސް މިނިސްޓްރީއެއްގެ ޕީއެސް އާއި މިނިސްޓަރާއި ޚިޔާލު ތަފާތުވެގެން މިނިސްޓްރީ ނުހިންގިގެން އުޅޭ ވާހަކައެއްވެސް ނާހަން.. އެކަމަކު އެމަގާމުވެސް ސިޔާސީކޮށް އެމީހުންގެ ދުވަސްވެސް ތި ދުއްވާލީ.. ގައުމެއް ނެތް...!!!

The name is already taken The name is available. Register?

އަބުދުﷲ ހަސީން

18 July 2016

ޙުދުމުޙުތާރު ސަރުކާރުގެ އަމަލްތަކަށް ބަލަން ނުތިބެ 2018 ގައި ޔާމީން ވެރިކަމަށް އަލުން ނުގެނައުމަށް ރައޔިތުން ވިސްނަންވެއްޖެ. ސިވިލް ސާރވިސް ޖުވައްޒަފުން ވެސް މިނިސްޓަރު ނުރެހެންޏަ ވަޒީފާއިން ވަކިކުރެވޭ ދަރަޖައްށް ދިޔުމަކ ބަލައިގަނެވޭނެ ކަމެއްނޫން. ސަރުކާރުގެ ބައެއް މުވައްސަސާތަކުގައި ޑިރެކްތާރުންގެ ގޮތުގައި މިހާރު ތިބި މުވައްޒފުން މނިސްޓަރު ބޭނުންވެގެން ޑީޖީން ނަށް ހެދުމަށްވެސް ބައެއް މިނިސްޓަރުން މަސައްކަތްކޮށް އަދި އެކަންނުވެގެން ތެޅޭ މިނިސްޓްްރީ ތައް ވެސް މަދެއްނޫން.

The name is already taken The name is available. Register?

ލުގުމާން

18 July 2016

ޕީއެސް އައްޔަން ކުރުމާއިބެހޭގޮތުން ބުނަން އޮތީ ކޮންމެ ކަމެއްގައިވެސް އޮވެޔޭ ދެކޮޅު. އެގޮތުން މިނިސްޓަރު އައްޔަން ކުރާގޮތަށް އޮތުމުން ކަށަވަރު ޔަގީނުންވެސް މިނިސްޓަރު ބޭނުންވާގޮތަށް ޕީއެސް ގެ އަމަލު ބަހައްޓަންޖެހެނީ، އަނެއްކޮލަކީ މަޖިލީހުން އައްޔަންކުރާނަމަ މިނިސްޓްރީގެ ހިންގުމަށް ދަތިކުރުމުގެ ފުރުސަތު ވެސް ބޮޑުވާނެ.

The name is already taken The name is available. Register?

މުޙައްމަދު

18 July 2016

ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ނަގަން 6 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ރޭ ސިފައިންގެ ކުރިމަތީގައި މުޒާހަރާ ކުރި އެސް އޯ ފުލުހުން ، މިހާތަނަށް ސަރުކާރުން ގޯސްކޮށް ކުރާ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހެނީވެސް ހަމަ އެމީހުން ، އަދުލު އިންސާފު ބޭރުން އަނިޔާވެރި ގޮތަށް ކުރާ ހުކުމް ތަކުގެ ޒިންމާވެސް ނަގަންޖެހޭނީވެސް ހަމަ އެމީހުން ،

The name is already taken The name is available. Register?

އހ

18 July 2016

ގާނޫން "އެމެންޑް" ކުރަނީ. މާނައަކީ ބަދަލު ގެންނަނީ. އިސްލާހް ކުރަނީ ކީ ނޫން. އިސްލާހް ކުރުމަކީ "ކަރެކްޓް" ނުވަތަ "އިމްޕްރޫވް" ކުރުން. އިސްލާހް ކުރަންޔާ އިހު އޮތްގޮތަށް ވުރެ ރަގަޅުވާން ޖެހޭނެ!

The name is already taken The name is available. Register?

އަލީ

18 July 2016

ޕީއެސް އިން ގެ މަސައްކަތުގެ ފެންވަރު ބަލާނެ އުސޫލުތަކެއް މިހާރުވެސް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ. މިވީތަނަށް ކުރަން ހެޔޮކަމަކަށް ދެކޮޅު ހެދި ޕީއެސް އެއް އަދި ދެކޮޅުވެ އިންކާރުކުރި ކަމެއްގެ ވާހަކަ ބުނެދެވިފައެއްނެތް. މިއީ ހަމަ މުތުލަގު ކޮރަޕްޝަނަށް އިތުރު ދޮރެއް މަޖިލީހުން ހުޅުވާލުން. މިހާރުވެސް ސިޔާސީ މީހުން މިވެނިއެއްޗެއް އެވެނިފިހާރަޔަކުން ގަންނާށޭ ކިޔުމާ އެވެނި މީހަކަށް ވަޒީފާދޭށޭ ކިޔާ މުވައްޒަފުންގެ މަސައްކަތުގެ ތެރެއަށް އަތްބާނަން އެތައް މަސައްކަތެއް ކުރާއިރު މަޖިލީސް މެމްބަރުން ތިވީ ގައުމަށް ޣައްދާރު.

The name is already taken The name is available. Register?

ޕީ އެސް

18 July 2016

ފިކުރީ ގޮތުން، އިޖުތިމާއީގޮތުން، އިގްތިސާދީގޮތުން މީހުން ދެ ބަޔަކަށް ބަހާލައި ރާނަމުންދާ ފާރުގެ މައި ތަނބެއްގެ ފިލާ ގަނޑު މި ޖެހުނީ. މި ފާރުގެ ބޭރުން ފެންނާނެ ބޮޑު ތަސްވީރަކީ އެއް ފިކުރެއްގެ އެއްބައެއް ވަންތަ ދިވެހިންގެ ތަރައްގީގެ ނާރެސް. ފާރުގެ އެތެރެއިން ނިސްބަތުން ގިނަ ބަޔަކު ބިކަވެ ނިކަމެތިކަންމަތީ ގަނަތެޅި ނިމި ދިޔަޔަސް، ކަހާތަން ހިރުވާލާނެ މީހަކުވެސް ދެނެއް ނުވާނެ. މި ފާރު މަތިން ބަލާލި މީހަކުވެސް ފާރުން އެތެރެއަށް ވައްޓާލެވޭނެ. މިއީ ތަރައްގީގެ ގެނެވޭނެ މަގަކީ. މި މަގުން ލީބިޔާ، ސީރިޔާ އިރާގުވެސް ވަރަށް ތަރައްގީވި. އެހެނަސް މިކަން ހުނޅަގުގެ އިސްތިއުމާރީ ބާރުތަކަށް ހަޖަމެއް ނުވާނެ.

The name is already taken The name is available. Register?

ހެހެހެ

18 July 2016

ދެން ރަނގަޅު ވާނީ ޕީޕީއެމްގެ އެކްޓްވިސްޓް އިންތައް ޕީއެސް އަށް އޮޕޮއިންޓް ކުރީމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454