ރަސްފަންނުގައި ހަދާ ޕެވިލިއަން. ފޮޓޯ: ނިޝާން އަލީ /މިހާރު
12 މާޗް 2018 - 22:51
ރަސްފަންނުގައި ހަދާ ޕެވިލިއަން އަށް ދިވެހި ބަހުގެ އެކަޑެމީ އިން އާ ލަފުޒެއް ދީފި އެވެ.
ދިވެހި ބަހުގެ އެކަޑެމީން މިއަދު ބުނި ގޮތުގައި ޕެވިލިއަން އަށް ކިޔާނެ ނަމެއް ގޮތުގައި އެ ތަނުން ފާސް ކުރީ "ފަވީލާ" އެވެ. ޕެވިލިއަނަށް ފަވީލާގެ ނަން ދިން ސަބަބެއް އެކަޑެމީން އަދި ނުބުނެ އެވެ.
ފަހަކަށް އައިސް، ދިވެހި ބަހުގެ އެކަޑެމީން ދަނީ ގިނަ އަދަދެއްގެ އާ ލަފްޒުތަކެއް ތައާރަފް ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން، ސޯޝަލް މީޑިއާގައި އެންމެ ބޮޑު ބަހުސެއް ކުރި އެއް ބަހަކީ ބްރިޖަށް ދިވެހިން ކިޔާނެ ދެ ނަމެއްގެ ގޮތުގައި "ބުރިޖު" އާއި "ދާލަން"، ކަނޑައަޅައި އެކަން އެކަޑަމީން އިއުލާން ކުރުމުންނެވެ.
ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާ ޕެވިލިއަން އަށް، ބައިނަލްއަގުވާމީ ހަތަރު ފްރެންޗައިސްއެއް ހުންނާނެ އެވެ. އެގޮތުން ގާތްގަނޑަކަށް 900 މީހުންގެ ޖާގައިގެ ޕެވިލިއަން ހުޅުވާއިރު، އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް" ކޮފީއާއެކު އިތުރު ބްރޭންޑެއްގެ ފްރެންޗައިސް ރެސްޓޯރަންޓުތަކެއް ހުންނާނެ އެވެ. އެކަމަކު، ދެން ހުންނަނީ ކޮން ރެސްޓޯރަންޓުތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ޕެވިލިއަންގެ މަސައްކަތް ނިންމައި، މި މަހުގެ ފަހުކޮޅު ހުޅުވަން ދަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާބަސްަ
13 March 2018
އަނެއްކާ އަނެއް ކަންތައް!
އެކެދަމީ
13 March 2018
މޮޅެތި ބަސްތަށް ހެދުމުގެ ބަދަލުގައި އެކެޑަމީ އަށް ދިވެހި ބަހެއް ހަދާފަ އެހެންކަމަކާ އުޅުން ބުއްދިވެރި. އެކެޑަމީ ޓެގް މިއީ ހަމަ ދިވެހި ބަސްތަ؟
ބަސްފޮތ
13 March 2018
ސަޅި އަބުއި ނަމެއް
މާނު
13 March 2018
ފަވީލާ އަކީ ބްރެޒިލްގެ ލޯއިންކަމް ސްލަމް ހިސާބަށްކިޔާނަމެއް
ޔާނު
13 March 2018
ފަވެލާ އެއީ. ނޭނގުނަސް ކޮމެންޓްކުރާތި
ކޮލެޖް ބޯއީ
13 March 2018
ޕެވީލިއަން= ފެވީލިއަން=ފެވީލި=ފަވީލި=ފަވީލާ
ޝިވާ
13 March 2018
ފަޒީލާ، ކިޔާލި ނަމަ. އަވީލާ ވެސް ރަގަނޅު
ފަވީލާ
13 March 2018
އަވީލާ އޭ ކިޔާބަލަ. މާ ތާހިރެއްނު
ހުސޭނު
13 March 2018
ބަސްމުއްސަނދިކުރަނީތަ ؟ ނުނީ ބަހުގެ އަގުވައްޓާލެވެނީތަ ނޭގި ތިބެ ؟
ޓެކް މޭން
13 March 2018
ހެޔޮ އަހަރުން ކިޔާނީ ޕެވިލިއަން.
Ammadae
13 March 2018
މިތާ 900 މީހުން އެކޮމޮޑޭޓް ކުރާނެ ގޮތެއް ހަމަ ވިސްނާ ވިސްނާ ވެސް މި ކޮށި ސިކުނޑި އަކަށް ނޭންގުނު!
Ammadae
13 March 2018
އެކަމަކު އެމްޑީޕީ ހަރުގެ ކުރިމަތީގައި 20000މީހުން އެއްވާކަމަށް މި ކޮށި ސިކުނޑިން ގަބޫލު ކުރަމު