ރާއްޖެ ވަޑައިގެންނެވި އީޔޫގެ ވަފުދާ، ފޮރިން މިނިސްޓަރު ޑރ. އާސިމް ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ވ-2).-- ފޮޓޯ: ފޮރިން މިނިސްޓްރީީ
15 މާޗް 2018 - 20:22
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންކަން މިނިވަންކަމާ އެކު ބޭއްވުމަށް އެއްބާރުލުން ދޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫ ޕާލިމެންޓުން މިއަދު ފާސްކުރި ގަރާރާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކަންކަން ހަމަހަމަ ކަމާއި މިނިވަންކަމާ އެކު ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެކަމުގައި އީޔޫ އާއި އެހެން ފަރާތްތަކުގެ އެއްބާރުލުން ބޭނުން ވާ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ގާނޫނީ ހަމަތައް ދަމަހައްޓަން، އީޔޫން ވެސް ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރެ އެވެ.
ފްރާންސްގެ ސްޓްރަސްބާގްގައި މިއަދު ބޭއްވި އީޔޫ ޕާލަމެންޓްގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ދިވެހި ރައްޔިތުންގެ ހައްގުތައް އިޔާދަކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ ރާއްޖެއާ އެކު މަސައްކަތް ކުރަން ބޭނުންވާކަން ހާމަ ކުރައްވައިފަ އެވެ.
އީޔޫގެ ގަރާރާ ގުޅިގެން، ވަކި ޚާއްސަ ވާހަކަތަކެއް ސަރުކާރުން މިއަދު ބުނެފައެއް ނުވެ އެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހިމަނާފަައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ސަރުކާރުން އާއްމުކޮށް ދައްކާ ވާހަކަތަކެވެ.
އެގޮތުން އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގައުމުގެ ސަލާމަތާއި ގާނޫނު ދެމެހެއްޓުމަށެވެ. އަދި މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރާ ގުޅުން ނެތް މީހަކާ މެދު މި ހާލަތުގައި އަމަލު ނުކުރާނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމަން ސަރުކާރުން ވެސް ބޭނުން ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
"ސަރުކާރުން ދެކޭގޮތުގައި ޓެރަރިޒަމާއި ބޮޑެތި ކުށްތަކަކީ ގައުމީ ސަލާމަތަށް ހުރި ބިިރެކެވެ. އަދި މިކަންކަމުން ސަލާމަތްވުމަށް، އީޔޫ އާއި އެހެން ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ސަރުކާރުން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ޓެރަރިޒަމުން ރައްކާތެރިވުމަށް މިދިޔަ އަހަރުތަކުގައި ބައެއް ގާނޫނުތައް ހަދާފައިވާކަން ފާހަގަކޮށް، އެ ބަޔާނުގައި ސަރުކާރުން ވަނީ ޓެރަރިޒަމް ނައްތާލުމަށް އީޔޫގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ނުތަނަވަސްކަން ކަނޑުވާލެވޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ. އެކަމަކު އެ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ބީރު ކަންފަތެއް ދެމުންދާ ކަމަށާއި އެހެންވެ މިކަމުގައި ވެސް އީޔޫގެ އެހީތެރިކަން ބޭނުންވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
ހަތް ގައުމެއްގެ ޕާލަމެންޓްރީ ގްރޫޕަކުން ސްޕޮންސާ ކުރި އީޔޫގެ ގަރާރުގައި ފާހަގަކުރި މުހިންމު ކަންކަމުގެ ތެރޭގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށާއި ރައްޔިތުންނަށް ލިބޭ ހައްގުތަކަށް އިހްތިރާމް ކުރުމަށް ގޮވާލައިފަ އެވެ. އަދި ފަހަކަށް އައިސް، ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް ކަމަށް އެ ގަރާރުގައިވެ އެވެ.
- ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ދީ، ގާނޫނު ނެގެހެއްޓުމަށް - ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ދިނުން - ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުން - ސިޔާސީ ގޮތުން މީހުންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުން - ގާނޫނީ ވަކީލުންނަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން - ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ސަރުކާރުން މަޝްވަރާތައް ފެށުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
16 March 2018
ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަނު ކުރީމައި އެގިއްޖެ އިންތިހާބު މިނިވަން ވާނޭ މިންވަރު!
ހަނދުކޭތަ
16 March 2018
ކެމްޕޭން ވަރަށް އިންސާފުވެރިވާނެ އިލެކްޝަން ކަމިޝަނަރ އަކަށް ފަހުން ވެއްދި މީހާގެ މުޅި ތާރީހު ބަލާލީމަ. ކޮން ދޮގެއް ހަދާ ދިވެހިންގެ އަގު ތިވައްޓަނީ އެއްމެ މީހަކަށްޓަކާ
އަލީގ
16 March 2018
ހުރިހާކަމެއް އަމިއްލަ ފައިދާއައް ގާނޫނު އަސާސީއާވެސް ހިލާފައް ބައްޓަންކޮއްފަ ނުވިތާކައް އިލެކްޝަން ކޮމިޝަންގެ ވެރިޔަކައް ޕާޓީ އެކްޓިވިސްޓެއް އައްޔަނުކޮއްފަ މިނިވަނޭކީމަ ކާކު އެވާހަކަ ގަބޫލުކުރާނީ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
16 March 2018
ނޫން ނޫން !! ހަދާން ނައްތާލާ. މިދައުކަތުގެ ޤާނޫނު އަސާސީ ކޮށާކުދިކުދިކޮށް ލާމަރުކަޒީ ޤާނޫނާއި ހިޔާލު ފާޅުކޮށް އިހްތިޖާޖު ކުރުމުގެ ޤާނޫނު ނެތިކޮށްލި އަދި ދައުލަތުގެ ތިޖޫރި އާއި ދޯހަޅިވި ބަޔަކު އިންތިހާބުގެ ކަންކަންކުރުމަށް ބައިތިއްބައިގެން އިންތިހާބަކަށް އަހަރުމެން ދާނެ ކަމަށް ހީކުރަނީތޯ ؟ . . . ޔާމިން އަބުދުލް ޤައްޔޫމް އދ އަށާއި ޔޯރަޕިއަން ޔޫނިއަން އާއި ޖަދަލުކުރާގޮތާއި މެދު ހަމައެކަނި ވިސްނާލިޔަސް އަދި ދައުލަތުގެ “ހާކިމާ”އުއްތަމަ ފަނޑިޔާރު މަނިކުފާނަށާއި ޤާނޫނު ހަދާ މަޖިލިސް މެންބަރުން ގަންހިންގަމުންދާ މަންޒަރު ފެންނަ އިގޭ ކޮންމެ މީހަކު ތިކަމަކަށް އެއްބަހެއް ނުވާނެ. . . . . . . އިތުރަށް ވަގުތު ނަގާލާ “ދެބޯގެރި ދުއްވަން ފުރުސަތު ދޭނެ ކަމަށް ހީކުރަނީތޯ” ނުވާނެ ތިކަމެއް. އިންތިހާބުގެ މާކުރިން އދ ގެ ބެލުމުގެ ދަށުން ނުވަތަ އިންތިޤާލީ ސަރުކާރެއްގެ ބެލުމުގެދަށުން އިންތިހާބީ އިންތިޒާމްތައް އެކުލަވާލާނެ. ޔާމިން އަބުދުލް ޤައްޔޫމް އަށް ވެސް ވާދަކުރުމުގެފުރުސަތު “އިންސާފުވެރިކަމާއި އެކު” ލިބޭނެ.
މަސްވެރިޔާ
15 March 2018
ކެމްޕެއިންކުރަން ތިބީ ކޮންބައެއްތޯ؟ ކިރިޔާވެސް "ރިޔާސީ އިންތިޚާބޭ" ބުނާ މީހާވެސް ގެންގޮސް ޖަލައްލައިފަ، ވެރިމީހާ އެކަނި ނުކުމެ ކެމްޕެއިންކުރާ ވާހަކަތޯ ތި ބުނަނީ. އާދެ! އެހެންކަމުގައި ވާނަމަ ކެމްޕެއިންގެ ކަންތައްތައް މިނިވަންކޮށް ގެންދަން އެހީތެރިވެދޭނެ. ޝައްކެއްވެސް ނެތް.
މިހާރުގެ
15 March 2018
މިހާރު މިނިވަން މާހައުލެއް ގާއިމް ނުކޮށްދޭ ބަޔަކު އަދި އިންތިހާބަށް މިނިވަން މާހައުލެއް ހޯދާދޭނެ ގޮތެއް ހަމަ ނުވިސްނިގެން މިއުޅެނީ! ހަމައެކަނި ބޭރުގައުމުތަކަށް ރީތި ފޮޓޯދަށްކަން އުލޭބައެއް ތިޔައީ!! އީޔޫ ދެކެ ހަމަބިރުގަންނަނީ އުތާ!!!
އުދުހޭ
15 March 2018
ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކުރާ މިނިވަންކަން މިހާރު ނުލިބޭއިރު ކެމްޕޭނު ދުވަސްވަރު ލިބޭނެކަމަށް ގަބޫލުކުރާ މޮޔައިންގެތެރެއިން އަހުރެން ނުވަމުއެވެ.
އަތްފުނާ
15 March 2018
ކެމްޕޭނަށް މިނިވަން މާހައުލެއް އޮންނާނީ އިންތިހާބު މިއަހަރު ބާއްވާނަމައެއްނު.މި ރައީސް މި އުޅެނީ މި ވެރިކަން ތާއަބަދަށް މުށުތެރެއަށްލާން.މިހާތަނަށް ފެންނަފެނުމަށް ބަލާއިރު މިއީ ވެދާނެ ކަމެއް.
falaku ain
15 March 2018
އެގަރާރުގައި އެބޮތްތަ ކެމްޕޭނު ކުރަން ފުރުޞަތު ދިނުމަށް އެދިފައި. ނެތްކަމެއްގެ ވާހަކަ ތިދައްކަނީ އަސްލު މައްސަލަ އީޔޫއަށް އޮޅުވާލަންތަ؟ ނޫނީ ގަމާރީތަ؟
ޑޭންޖުރެސް
15 March 2018
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން ކަމަށް ސަރުކާރުން ޕްރޮޕެގެންޑާ ފަތުރަން ޖެހޭނެ އެމެން ހަމަ ބިމާތިރިވަން ދެން މިފަހަރު ޖެހޭނެއޭ ޔޫރަޕްގެ ދޮނޭ މެންނަށް އަލާ ފިލުވާލަން. މީ މަމެން ޕިންކީންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ ކޮން ޔޫރަޕެއް ތޭ ކޮން އީޔޫއެއްތޭ އީޔޫ އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. އާއު ޔޫ ނޯ ޔޫ ކާންޓް ޑޫ އެނީތިންގް ޓު އަސް އީޔޫ ޔޫއާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ޔޫއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. ގެޓް ދަ ޕޮއިންޓް ގުޑް ލެޓްސް ޑާންސް ޑާންސް ޑާންސް ޑޭންޖުރެސް ޑޭންޖުރެސް ޑޭނޖުރެސްް...