ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ސީރީސްގެ ފޯނު.
16 މާޗް 2018 - 15:00
ސެމްސަންގުން އެންމެ ފަހުން ތައާރަފް ކުރި ގެލެކްސީ އެސް9 އަދި ގެލެކްސީ އެސް9 ޕްލަސް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީ އޯޑަކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ޕްރީ އޯޑަރަށް ފޯނު ގަތުމުން ހަ މަސް ވަންދެން، ކޮންމެ މަހަކު ހިލޭ ފަސް ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ.
އެ ކުންފުނިން ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް، 30 ޕަސެންޓް ޑިސްކައުންޓަކާއި އެކު ސެމްސަންގް ގިއާގެ ސްޕޯޓްސް ގަޑި ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ގަޑި ވިއްކުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ.
ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓް ފޯނަށް ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ޕްރީ އޯޑަރު ކުރެވޭނެ އެވެ.
އެ ކުންފުނިން އިންސްޓޯލްމަންޓަށް ފޯނު ގަންނަ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން އެއް އަހަރުވަންދެން މަހަކު 899ރ. ދައްކައިގެން އަގު އަދާކޮށް ނިންމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައާދަނު
20 March 2018
ވަރަށް ރަނގަޅު އަގެއްތީ