ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ފުލުހުންގެ އެލަވެންސް މި ފަހުން ވަނީ ބޮޑުކޮށްފައި.--ފޮޓޯ: ނިޝާން އަލީ/ މިހާރު
22 މާޗް 2018 - 16:34
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުގެ ފުލުހުންނަށް 300 ފްލެޓް ދޭން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އަޒްލީން ވަނީ ހިޔާ މަޝްރޫއުން ފުލުހުންނަށް ފްލެޓް ދޭނެ ނިންމާފައިވާ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޒްލީން ވަނީ ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެތަނުގެ ތަރައްގީއަށާއި ފުލުހުންގެ ވެލްފެއާ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި ކަމަށް ވެބްސައިޓުގައި ވެ އެވެ.
ހޯމް މިނިސްޓަރު އަޒްލީން (މ) ފުލުހުންގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ޕޮލިސް
އެ މަޝްރޫއުގެ ދަށުން ފުލުހުންނަށް 300 ފްލެޓު ދޭން ނިންމިއިރު، މި ފަހުން ހިނގައިދިޔަ ސިޔާސީ ހަލަބޮލިިކަމަށް ފަހު ފުލުހުންގެ އެލެވަންސް ވެސް ބޮޑުކޮށްފައި ވެ އެވެ.
އަޒްލީނާއެކު އެ ބައްދަލުވުމުގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ގިނަ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިސް ކޮންސްޓަބަލް
23 March 2018
ހުރިހާ މޮޅެއް ފުލުހުންގެ އިސް ވެރިންނަށް.. ދަށް ރޭންކްގެ ފުލުހަކަށް ނުލިބޭނެ ތީގެ އެއްވެސް ކަމެއް.. ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އެކުދިން.. ފުލުހުންގެ އިސްވެރިންގެ ކޮންމެ މީހަކަށް ފްލެޓެއް.
ކީޕްއަޕް
23 March 2018
ހިޔާ މަޝްރޫއުން ފުލުހުންނަށް 300 ފްލެޓް ދޭން ނިންމައިފި ނަމަ އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ. އަދި ވެސް ރާއްޖޭގެ ކޮންމެ ފުލުހަކަށް އަދި ސިފައިންގެ ކޮންމެ މީހަކަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްސް ތައް ދޭން ފްލެޓްސް ތައް ޗައިނާ އިން ލާރޖް ކޮށް ލޯން ނަގައިގެން ޖައްސަންވީއޭ އެއިރުން ނޭ ކަންކަން ދާނީ ރަނގަޅު މަގުން ރަނގަޅު ފާލުން އެއީ ޔަގީން ކަމެކޭ އޯއް ކާންޓް ޔޫ ސީ އިޓް ކީޕް ޕްލޭއިންގް އިޓް އެޓް އިޓްސް އަޕަރ ލިމިޓް ކީޕް ޕްލޭއިންގް އިޓް ބޭބީ ބޭބީ ބޭބީ ޕްލީޒް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް...
މަންސޫރު
23 March 2018
ރައްޔިތުންގެ ޓެކްސް ފައިސާއިން މި މީހުންގެ ކޮފީ ބިލްވެސް ދައްކައިދެވިދާނެ. އެކަމަކު ސަރުކާރު ގަދަބާރުން ނުހިންގޭނެ.
ނެޝަނަލިސްޓް
23 March 2018
ރިޝްވަތު!
ކޮއިމާވާޙީދު
23 March 2018
ބްލޫސް ހައުސިނގް ފްލެޓްތައް އަދިވެސް ނުނިމޭ، ދެން ކިހިނެތް ތިޔަ ބުނާ ފްލެޓަކަށް ބަޔަކު ވަންނާނީ ؟
މޫސަބޭ
22 March 2018
ފުލެޓް ލިބުނު ސަބަބު ފޮޓޯއިން ވަރަށް ސާފު.
ހެހެހެ
22 March 2018
ފުލުހުންނަށް ހާދަހާ ހެޔޮފުޅޭދޯ މިހާރު...
ބަލްރޯގް
22 March 2018
ވެރިކަން ބަދަލުވާ ދުވަހަކުން ތިފުލެޓުތަކުން ތި މީހުންތައް ނެރެ ދޫނިދޫއިން އެކަމަޑޭޝަން ހަމަ ޖައްސާނެ!
މެމޭ1
22 March 2018
ވަޒީފާއިން ކެނޑޭދުވަހު ކިހިނެއް ވަނީ ފުލެޓަށް؟ ވަކި ވަޒީފާއެއްގަ އުޅޭތީއޭ ކިޔާފަ ފުލެޓު ދޭން ތިޔައީ މިނިސްޓަރުގެ ހަރު މުދާތަ؟ ކާކުގެ ލާރިޔަކުން އެޅި ފުލެޓެއް؟
ޖަމްބޭ
22 March 2018
ރައްޔިތުންގެ ލާރިން އަޅަނީ. ފުލުހުންނަކީވެސް ސިފައިންނަކީވެސް ރައްޔިތުން. ރައްޔިތުމީހާ ދެއްކި ކޮންމެ ޓެކްސްއަކަށް ފުލުހުންވެސް ސިފައިންވެސް ޓެކްސް ދައްކާ. ކަމެއްވާއިރަށް ރައްޔިތުންގެ ލާރިއޭ ތިކިޔަނީ މާމޮޅުކޮށްލަން ކަމަށްތަ؟
މަންސޫރު
23 March 2018
ބަލަގަ ޖަމްބޭ އެހެން ވިއްޔާ ކީއްވެތަ އަހަރެންނަށް ފުލެޓެއް ނުލިބެނީ؟ އަހަރެން އިންސާނުންނަކަށް ޖަނަވާރުންނަކަށް އަނިޔާއެއްވެސް ނުކުރަން. ގާނޫނާ ހިލާފު ކަމެއްވެސް ނުކުރަން. ޓެކްސް ވެސް ދައްކަން.
ޙަމްސް
22 March 2018
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް އަޅައިދިނީމަ އެވެސް އެ ޖަހައިގަންނަނީ ސިފައިންނާއި ފުލުހުން.