ޓެކްނޮލޮޖީ / އެޕަލް

އެޕަލް، މައިކްރޮލެޑް ޓެކްނޮލޮޖީ ބޭނުންވަނީ ކީއްވެ؟

އެޕަލް ސްމާޓް ގަޑިތަކުގައި އެޅުވޭ ވަރުގެ މައިކްރޮލެޑް ޑިސްޕްލޭއެއް އެޕަލުން އުފައްދައިފި ކަމަށް ބުނޭ

ސުވާލުގެ ޖަވާބު ވަރަށް ކުރުކޮށް ބުނާ ނަމަ ހުރިހާ ވެސް އެދުމަކީ ވާދަވެރިކަމެވެ. އެޕަލްގެ ޒާތަކީ އެހެން މީހުންނަށް ކަމުނުކިޔުމެވެ. އެ ކުންފުނީގެ އުފެއްދުންތަކަށް ބޭނުންވާހާ ސާމާނެއް އަމިއްލަ އަށް އުފައްދައި ވިޔަފާރީގެ ނަފާ އިތުރުކުރުމެވެ.

މައިކްރޮލެޑް އަކީ ޑިސްޕްލޭ ދިއްލައިދޭ ޓެކްނޮލޮޖީ އެކެވެ. އެޕަލްގެ އުފެއްދުންތަކުގައި މައިކްރޮލެޑް ޑިސްޕްލޭ ހިމަނަން އެޕަލް ޝައުގުވެރިވަނީ ސެމްސަންގް އަދި އެލްޖީ އަށް ކަމުނުކިޔައި ފަރުޖެއްސުމަށެވެ. އޯލެޑް ޑިސްޕްލޭތައް ގަތުމަށްޓަކައި އެހެން ބަޔަކަށް ހޭދަނުކުރުމަށެވެ. އެޕަލްގެ ބައެއް ޑިވައިސްތަކުގައި މިހާރު ބޭނުންކުރާ އޯލެޑް ޑިސްޕްލޭ އުފައްދައިދެނީ ސެމްސަންގް އަދި އެލްޖީ އެވެ.

އެޕަލް އަކީ ބާރުގަދަ ޓެކްނޮލޮޖީ ކުންފުންޏެކެވެ. ސްމާޓްފޯން މަސްރަހުގައި އައިފޯން މިނިވަންކުރުމަށްޓަކައި އަމިއްލަ ޑިސްޕްލޭ ޓެކްނޮލޮޖީއެއް އެޕަލް ބޭނުންވެ އެވެ. އޯލެޑް ޓެކްނޮލޮޖީ އަށް ސެމްސަންގް އަދިި އެލްޖީ ބާރުގަދަކޮށްފައިވާ ފަދައިން، މައިކްރޮލެޑް އަކީ އެޕަލްގެ ބާރުހިނގާ ޓެކްނޮލޮޖީއަކަށް ހަދަން އެދެނީ މިހެންވެ އެވެ.

މައިކްރޮލެޑް ޑިސްޕްލޭ އުފެއްދުމަށްޓަކައި 2014 ވަނަ އަހަރު އެޕަލް އިން ކުންފުންޏެއް ވެސް ވަނީ ގަނެފަ އެވެ. އެހާ ހިސާބުން ފެށިގެން މައިކްރޮލެޑް އުފެއްދުމަށް އެޕަލުން އަންނަނީ އިންވެސްޓްކުރަމުންނެވެ. ނަމަވެސް، ދާދި މިދާކަށް ދުވަހު ނޫނީ އެޕަލްގެ ޑިވައިސްއެއްގައި މައިކްރޮލެޑް އަޅުވަން އުޅޭ ވާހަކަ ވެސް ދައްކާފައި ނުވެ އެވެ. އެޕަލުން ބުނި ގޮތުގައި އެޕަލް ގަޑިތަކުގައި އެޅުވޭ ވަރުގެ މައިކްރޮލެޑް ޑިސްޕްލޭއެއް އުފައްދައި ލެބޯޓަރީގައި ދަނީ ޓެސްޓްކުރެވެމުންނެވެ.

ސެމްސަންގް މައިކްރޮލެޑް ޓީވީ

މައިކްރޮލެޑް އަކީ އެޕަލްގެ އަމިއްލަ އެއްޗެއް ނޫނެވެ. މި ރޭހުގައި ވެސް ކާމިޔާބުހޯދާނީ އަވަހަށް އަދި ގިނަ ޑިސްޕްލޭތައް އުފައްދައި މާކެޓަށް ނެރުނު ބަޔަކު އެވެ. މައިކްރޮލެޑް ޓެކްނޮލޮޖީ އަކީ ފޮތުގައި ބުނާ ގޮތުން ނަމަ އޯލެޑަށް ވުރެ ވެސް އަލި، ސާފު އަދި މޮޅު ޓެކްނޮލޮޖީ އެކެވެ. އެހެން ނަމަވެސް ދުނިޔޭގެ މާކެޓްގައި އޯލެޑް ވަކިހިއްޕާފައި ވަނިކޮށް، މައިކްރޮލެޑް އަރައި ވަކިތައް ކޮށާލަން އަހަރުތަކެއް ނަގާނެ އެވެ. އަނެއްކޮޅުން މައިކްރޮލެޑް ޓެކޮނޮލޮޖީ އަށް ސެމްސަންގް ބާރުގަދަކުރާތީ ވެސް އެބަ ފެނެ އެވެ. މި އަހަރު އޮތް ކޮންޒިއުމާ އިލެކްޓްރޯނިކް މައުރަޒުގައި ސެމްސަންގުން ވަނީ 146 އިންޗި (12 ފޫޓުގެ ފާރެއް ވަރުގެ) މައިކްރޮލެޑް ޓީވީއެއް ތައާރުފުކޮށް "އެހެންތަ"އޭ ބުނެފަ އެވެ.

މައިކްރޮލެޑް އަކީ އުފެއްދުމުގެ މަރުހަލާތަކުގައި އަދި މުޅިން އާ ޓެކްނޮލޮޖީއެކެވެ. ސްމާޓްފޯނުތަކަށް ބޭނުންވާ ވަރަށް އަދި ގަނޑުކޮށް ބޭނުންކުރެވޭ ވަރަށް އެއްވެސް ކުންފުންޏަކުން މައިކްރޮލެޑް ޑިސްޕްލޭ އަދި ނުއުފައްދަ އެވެ. އުފައްދަން އަދި އެހާ ފަރިތައެއް ވެސް ނޫނެވެ. މިހެން ކަން އޮތްއިރު މައިކްރޮލެޑް ޑިސްޕްލޭ އުފައްދުމުގައި އެޕަލް އަށް ކާމިޔާބުހޯދޭނެ ދުވަހެއް އަންދާޒާކުރަން ވެސް އަދި ނޭނގެ އެވެ. މި ނޫން ހާލަތެއްގައި އެޕަލް އިން މައިކްރޮލެޑް ޑިސްޕްލޭ އުފައްދައި އެ ކުންފުނީގެ ޑިވައިސްތަކުގައި އެޅުވި ނަމަވެސް މިހާރަށް ވުރެ ފުކެއް އަގު ހެޔޮވާނެ ކަމަކަށް ނުބެލެވެ އެވެ. ވިއްޔާ ވާނީ ބޮޑެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހަށްދޭދޭ

29 March 2018

އާފަލޭ މެން ކަނޑާނީ ބާސާ އޭ އެމެންގެ ސްކްރީން ވެސް އެއީ ސެމްސަންގް އިންނޭ އުފައްދަނީ އަދި އެމެންގެ މައިކްރޮޗިޕް ވެސް އުފައްދަނީ ސެމްސަންގް އިންނޭ ދެން އާފަލޭ މެން މަހަށް ދޭބަލަ ބާސާ ނުކަނޑާ މަހަށް މަހަށް މަހަށް ދޭބަލަ. އާފަލޭ މެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454