ދުނިޔެ / ޕާކިސްތާން

ޕާކިސްތާނުގެ މޮޑެލްގެ މަރާ ގުޅިގެން ދީނީ އިލްމުވެރިޔާގެ މައްސަލަ ބަލަނީ

ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާ އެ ގައުމުގެ މަޝްހޫރު މޮޑެލްއަކާ އެކު ނެގި ސެލްފީ: މި ފޮޓޯ މޮޑެލް އިނީ މުފްތީގެ ތާކިހާ ވެސް އަޅައިގެން.

19 ޖުލައި 2016 - 13:48

އިސްލާމްއާބާދު (ޖުލައި 19) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޮޗުގެ މަރާ ގުޅިގެން އޭނާއާ އެކު ސެލްފީއެއް ނެގި ދީނީ އިލްމުވެރިޔާ މުފްތީ އަބްދުލް ގާވީއާ ސުވާލުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ، މުފްތީއަކާ އެކު ސެލްފީ ނެގި މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށް ބުނެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

މުފްތީ ގާވީ ވިދާޅުވީ މޮޑެލް ބަލޮޗުގެ މަރާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ފުލުހުން އަންގައިފި ނަމަ ތަހުގީގަށް ހާޒިރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލޮޗުގެ މަރަށް ފަހު ގާވީ ވަނީ އެއީ ދީނަށް ހުތުރު އަރުވަން އުޅޭ އެހެން މީހުންނަށް ލިބުނު ފިލާވަޅެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ބަލޮޗަށް "މައާފްކޮށްފިން" ކަމަށް ވެސް މުފްތީ ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ މޮޑެލް މަރާލި އޭނާގެ ކޮއްކޮ ވަސީލް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ބަލޮޗް މަރާލި ކަމަށް އޭނާގެ ކޮއްކޮ ވަނީ އެއްބަސްވެފަ އެވެ. އަދި އުމުރުން 25 އަހަރުގެ ވަސީލް ބަލޮޗު މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ބަލޮޗް މަރާލީ އާއިލާ އަށް ހުތުރު އަރުވަމުންދާތީ ކަމަށް ވަސީލް ބުނެފައިވާ ކަމަށް ޑޯން ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. ބަލޮޗުގެ ކަރުގައި ހިފައިގެން މަރާލުމުގެ ކުރިން އޭނާ އަށް ބޭސް ގުޅައެއް ދިން ކަމަށް ވެސް ވަސީމް ވަނީ އެއްބަސްވެފަ އެވެ. ބަލޮޗުގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މުލްތާންގެ ފުލުހުން ބުނީ ބަލޮޗުގެ އެހެން ކޮއްކޮއެއް ކަމަށްވާ އަސްލަމުގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އަދި ބަލޮޗު މަރާލުމަށް އަސްލަމް ވަނީ ވަސީމަށް ހިތްވަރު ދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ބަލޮޗުގެ އަސްލު ނަމަކީ ފައުޒިޔާ އަޒީމް އެވެ. ބަލޮޗް ދާދި ފަހުން ފޭސްބުކުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް މިނިވަން ޚިޔާލުގެ މީހެއް ކަމަށެވެ.

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ ގަންދީލް ބަލޮޗު. --ފޮޓޯ:އޭއެފްޕީ

ކަރާޗީގައި އުޅުމަށް ފަހު ޕަންޖާބަށް ބަލޮޗް ބަދަލުވީ ވެސް އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާ ބޮޑުވުމުން ކަމަށްވެ އެވެ. ޑޯން ނޫހުން ބުނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްދޭން ބަލޮޗް އެދިފައިވީ ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

ބަލޮޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.

0 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 29%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454