އެސްޓީއޯ ސުޕަމާޓުން ވިއްކާ އަލް ނޫރު ހިކި ކިރު ޕެކެޓް.-- ފޮޓޯ: މިހާރު
29 މާޗް 2018 - 12:53
ޚާއްސަ އަގުތަކެއްގައި އަލް ނޫރު ހިކިކިރު އެސްޓީއޯ ސުޕަމާޓުން ވިއްކަން ފަށައިފި އެވެ.
"އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެއް ކަމަށްވާ އަލް ނޫރު ހިކިކިރު މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް ވިއްކާނީ 800 ގްރާމް ޕެކެޓެއް 92ރ. އަށް އަދި 1،800 ގްރާމްގެ ޕެކެޓެއް 205ރ. އަށް، 2،250 ގްރާމްގެ ޕެކެޓެއް 240ރ. އަށެވެ.
އަލް ނޫރު ހިކި ކިރު ކޭސް ގަންނަ މީހުންނަށް ވެސް ޚާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން ކޭސް ގަންނަ މީހުންނަށް 800 ގްރާމްގެ 12 ޕެކެޓުގެ ކޭހެއް 1005ރ. އަށް، 1،800 ގުރާމްގެ ހަ ޕެކެޓުގެ ކޭހެއް 1140ރ. އަށް އަދި 2،250 ގުރާމްގެ ހަ ޕެކެޓުގެ ކޭހެއް 1،360ރ. އަށް އެސްޓީއޯ ސުޕަމާޓް އަދި ސުޕަމާޓް ހޯލްސޭލް ސެންޓަރުން ވިއްކާނެ އެވެ.
ހާއްސަ އަގުތަކާއި އެކު 800 ގުރާމްގެ ކޭހަކުން 99ރ. އަދި 1،800 ގުރާމްގެ ކޭހަކުން 90ރ.ގެ އިތުރުން 2،250 ގުރާމްގެ ކޭހަކުން 80ރ.ގެ ޑިސްކައުންޓެއް ލިބިގެން ދާނެ އެވެ. ހޯލްސޭލްކޮށް ގިނައިން ގަންނަ ނަމަ އިތުރަށް ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
"އޮމާން ފުޑްސްޓަފް" އަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ލިބިފައިވާ ކޯސްޓް ކިރާއި އަލް މުދިޝް ކިރުގެ ބާވަތްތައް އުފައްދާ ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރީ
30 March 2018
ބަލަ ހަމަ ތި އަގުތަކުއި އިހުސާނު ފިހާރަ އިން ވެސް ތިޔަ ކިރު ގަންނަން ލިބެން އެބަހުރި. ޥަކި އެސްޓީއޯ ވެގެން އަގަށް އައި ހެޔޮބަދަލެއް ނެތެއްނު!
އަލީ ނަސީމް
30 March 2018
އޯ ގަދަ! އަރަބި ބަހުން މިއޮތީ! މިހާރުން ފެށިގެން، އެންމެން ދުވާލަކު 3 ފަހަރު މި ބޯތި. ސުވަރުގޭގެ ނިއުމަތް ލިބޭނީ އޭރުން!
ބީކޭކޭ
29 March 2018
ކުރިން ގެނައީ އަލްމުދިސްކިރު! މިހާރު އަލްމުދިސްކިރުވީ ނުފޫޒުގަދަ ވިޔަފާރި ވެރިއެއްގެއަތުގަ! މިފަހަރުވާނީ ކިހިނެއްބާ؟ މިހާރުމިއޮތީ ބޮއްސުންލާފަ ވާނުވާއެއްނޭންގެ!