އޯޕްރާ، ކަންގަނާ އަދި މިޝެލް: "ގާންދީ ގޯޒް ގްލޯބަލް" ސަމިޓްގައި ބައިވެރި ވާނެ.
01 އެޕްރީލް 2018 - 06:46
ބަތަލާ ކަންގަނާ ރަނާވަތަށް ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒު ވިޔަސް، މަސައްކަތުގެ މައިދާނުގައި އޭނާ ފަހަތަށް ޖައްސައިލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ މި ފަހަރު މި ނުކުންނަކީ ދުނިޔޭގެ މަޝްހޫރު އަންހެން ޝަހުސިއްޔަތުން ކަމަށްވާ އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އާއި އޯޕްރާ ވިންފްރީއާ އެކުގަ އެވެ. އަންނަ އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައި ބާއްވާ "ގާންދީ ގޯޒް ގްލޯބަލް" ސަމިޓްގައި އިންޑިއާ ތަމްސީލުކުރާނީ ކަންގަނާ އެވެ.
މި ފުރުސަތާ އެކު މިޝެލް އާއި އޯޕްރާއެކު އެއް ސްޓޭޖެއް ހިއްސާކުރުމުގެ ފުރުސަތު 31 އަހަރުގެ ބަތަލާ އަށް ލިބިގެން ދާނެ އެވެ.
މިކަމާ ބެހޭ ގޮތުން ކަންގަނާ ބުނީ މިއީ "ވަރަށް އިންސްޕަޔަރިން ފުރުސަތެއް" ކަމަށެވެ.
ކަންގަނާ: ވަރަށް ކާމިޔާބު ބަތަލާއެއް.
"ހެޔޮ ބަދަލުތަކަށް ކުރާ ކޮންމެ މަސައްކަތެއްގައި ބައިވެރިވާން ލިބޭ ކޮންމެ ފުރުސަތަކީ އަހަރެން އަބަދު ވެސް ބޭނުންވާ ކަމެއް،" ދާދި ފަހުން ތާރީހީ ފިލްމް "މަނިކަރްނިކާ" ގެ ޝޫޓިން ނިންމައިލި ބަތަލާ ބުންޏެވެ. "އެހެންވެ ސަމިޓަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވާނަން. އަދި މިޝެލް އާއި އޮޕްރާއާ އެކު އެކު ސަމިޓްގައި އިންޑިއާ ތަމްސީލު ކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް."
"ގާންދީ ގޯޒް ގްލޯބަލް" އަކީ އިންޑިއާ އަށް މިނިވަންކަން ހޯދައި ދިން މަހާތުމާ ގާންދީގެ ސިޔާސަތުތަކާއި އޭނާގެ ގެންގުޅުނު އުސޫލްތައް ދިރުވުމާ ގުޅޭ ގޮތުން ބާއްވާާ ސަމިޓެކެވެ. އެގޮތުން ސަމިޓްގެ ތެރޭގައި ތައުލީމާއި ސަގާފަތާއި އަދި އެ ނޫން ވެސް ދާއިރާތަކުން ގިނަ ޕްރޮގްރާމްތައް ހިންގާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިލީސް
01 April 2018
ދިލް އަށް މާ ބޮޑަށް އެގިފަ ހުއްޓަސް ، ދިލް ދެއްކި ވާހަކަ ބަރާބަރު .
ކޫލް
01 April 2018
އަސްލުވެސް، ކަންގަނާ އަކީ، އިންޑިއާ ގަ ލަޑޯ ފަޑޯ ބަތަލާ އެއް ނޫން، ގިނަ މީހުން ކަންގަނާ ، މޮޅު ކަމުން ޖޭ ވަނީ .
ޝީއިޒްޝީ
01 April 2018
ތިޔާއީ ބޮލީވުޑް ގައި ކުރިއެރުން ނުލިބިގެން އުޅޭ އަންހެން ލޯ ޕްރޮފައިލްޑް އަންހެން ކާސްޓެކޭ އޭނާ ކުޅުނު ފިލްމެއް ވެސް ހިޓް ނުވެއޭ ހުރިހާ ފިލްމްސް ތަކެއް ވީ ފްލޮޕްއޭ ދެން އޭނާ ހީކުރީ ރިތިކް މެންނާއި އަޅައިގަނެގެން އޭނާ އަށް ޕަބްލިސިޓީ ލިބިދާނެ ކަމަށޭ އޭނާ ޖެހުނީ އެކަމުގައި މަހަށް ދާން ދޯ. އިޓްސް ޖަސްޓް އަ ކޮލޭޓްރަލް ޑެމޭޖް އޮފް ބޮލީވުޑް ދެން މިހާރު އޭނާ އެޖައްސަނީ ޕަބްލިސިޓީ ސްޓަންޓް އޭ އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ބޮލީވުޑް އަށް ވަންނާނެ އަންހެން ކާސްޓުން އިންޑިއާ ގައި އެބަތިއްބޭ މިލިއަނުން ކޮން ކަންގަނާ އެއްތޭ ބޮލީވުޑް އަށް އޮންނާނީ. އިޓްސް ޖަސްޓް އެނަދަރ ޕަބްލިސިޓީ ސްޓަންޓް..
ކަންޤަނާ ބިޓު
01 April 2018
ޝީއިޒްޝީ އަށް އެނގޭތަ ކަންޤަނާއަށް ތިން ފަހަރު ނެޝެނަލް އެވޯރޑް ލިބިފައިވާކަން؟ އޭނާއަކީ އިންޑިއާގެ އެކްޓްރެސްއިންގެ ތެރެއިން އެންމެ މޮޅު އެކަކު، މިހާތަަނަށް ގިނަ ހިޓް ފިލްމުތަކެއް އޭނާ ކުޅެފަވޭ ގޫގުލް ސާރޗްއެއް ކޮށްލަބަ އިޑިއޮޓް
މީމަ
01 April 2018
އަސަރު ފަށެއް ކޮއްފިތާދޯ!!!
ދިލް
01 April 2018
ގައުމެއް ރެޕްރެޒެންޓުކުރަން އޭނާ އަށް ލިބޭނީ އެ ގައުމަކުން އެކަމަށް ރެކޮމެންޑްކޮށް އެންޑޯސް ކުރީމަ، ދެން އެޔަށް ޕަބްލިސިޓީ ހޯދުމޭ ކިޔަންޏާ ކިޔަންވީ. ކަންގަނާ އަކީ ހަމަ ގަދަ މީހަކީ. ޝީއިޒްޝީ އަށް އެކަމި މިވަރުވީމާ، މަ ހަމަ އަޖައިބު ވެއްޖެއިން. ހީވަނީ މީނަ ގޭދޮށު ކުއްޖަކާ ހަސަދަލައިގައިންހެން. ދުވަހަކު ހަމަ ލޮލުން ފެންނާނެ ހެންވެސް ހީނުވާ މީހުނާ މި ހަސަދަ ލަނީ. ދެރައީ ކަންގަނާއަށް ނޭންގެ މި ޝީއިޒްޝީ މީ ދުނިޔޭގަ އުޅޭ މީހެއްކަންވެސް!
ޕްރިންސެސް123
01 April 2018
ކަލެއައް މާ ބޮޑައް އެނގެނީ..
ހީއިޒްހީ
01 April 2018
ޝީއިޒްޝީ މިއީ ރަދީފްތަ؟ ވަރަށް ވައްތަރު ރަދީފްގެ ކޮމެންޓަކާ