އިސްޓާ ހޮލިޑޭއާ ދިމާކޮށް އައި ޕްރައިވެޓް ޖެޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ޕާކުކޮށްފައި. ފޮޓޯ: އެމްއޭސީއެލް
02 އެޕްރީލް 2018 - 18:49
އީސްޓަ ހޮލިޑޭއާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ 29 ޖެޓް ޕާކްކުރި ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ރެކޯޑް އަދަދެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރު އައި ޖެޓްގެ އަދަދެއް ނުބުނެ އެވެ.
During Easter holidays we experienced a boom in private jets.
— MACL (@MACLmedia) April 2, 2018
a record number of 29 private jets were parked @VelanaAirport on 1st April 2018. pic.twitter.com/b3GXrW4Vlv
އީސްޓަ ހޮލިޑޭއަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގެ މީހުން ޗުއްޓީއަށް އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ.
މިދިޔަ ކްރިސްމަަސް އާއި އާ އަހަރާ ދިމާކޮށް ޑިސެމްބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި 140 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ރާއްޖެ އައި ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައިވެ އެވެ.
ވެލާނާ އެއާޕޯޓުގައި ޖާގަ ނެތިގެން މީގެ ކުރިން ޖެޓުތައް ޕާކުކުރަން ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަށާއި އަވައްޓެރި ގައުމުތަކަށް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު، އަމިއްލަ ޖެޓުތަކަށް ހާއްސަކޮށް އެއާޕޯޓުގެ އުތުރު ކޮޅުގައި ތަރައްގީ ކޮށްފައިވާ އޭޕްރަން ބޭނުންކުރަން ފެށުމުން ޖާގަ ވަނީ ތަނަވަސްވެފަ އެވެ. އެތަނުގައި އެއްފަހަރާ 30 ޖެޓް ޕާކުކުރެވެ އެވެ. އަދި ކުރިން ހުޅުލޭގެ ހުޅަނގު ދެކުނުން ދަތުރުކުރަން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން އޭޕްރަން ބޮޑު ކުރުމުގެ މިހާރު ވެސް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސް ނުވާނެތަ
03 April 2018
އެއާރޕޯޓު އެއީ ދޯނި ޖައްސާތަނެއްތަ؟ ކީއްވެ ރޭގަ ޓީޖެޓީގަ 80 ދޯނި އޮތް ވާހަކަ ޚަބަރަކަށް ނުވީ!
އެންމެ ރެކޯޑެއް؟
03 April 2018
އިތުރު ރެކޯޑެއްވެސް ވެލާނާ އެއާޕޯޓުންވަނީ މުގުރާލާފައެވެ. ދުނިޔޭގެ އެންމެ ކޮރަޕްޓް އެއާޕޯޓްގެ ލަގަބެވެ.
ޝަލަފު
03 April 2018
މިތަން ޓޯކިޔޯއައް ހެދިފަހުން ޖެޓް ޕާކުކުރާލެއް ގިނަވީ ތޯއްވެއް.
ރިފާ
03 April 2018
އިނގޭ.. މަ އިނިން ފްލައިޓް ރާޑާ އިން ބަލައިގެން
ނެރު
02 April 2018
އަދި އިގުމެއް ނުވޭ ތިޔަވަރައް ޕާކްކު ކުރި އަކަސް
ޑޮލަރުބޭ
02 April 2018
ތީގެންވާ ފައިދާ އެއް ނެތް، ޑޮލަރު ރޭޓު ދަށެއް ނުވޭ، ޓެކްސް ތައް ވަނީ އިތުރު....
ބީކޭކޭ
02 April 2018
އެއާޕޯޓް އެއީކީއްކުރާތަނެއްތަ؟ އެއާޕޯޓްއެއީ ޖެޓް ޖައްސާ ޖެޓް ޕާކްކުރާތަނެއްނޫންތަ؟ 29 ޖެޓް އެއްނޫން 60 ޖެޓްވެސް ޕާކްކުރާނެ! ދެންތިބުނަނީ މި29 ޖެޓް ޕާކްކުރީ މިވެރިކަން އޮވެގެނޭތަ. ކޮންތާކު މިވެރިކަން ނެތަސް މި29 ޖެޓް ޕާކްކުރާނެ!
އަބޫ ކެޓް
02 April 2018
މިދިވެހިރާއްޖެއަށް ރިޒްގުތަނަވަސް ކޮށްދެއްވާތީ ހަމްދާއި ސަނާ ހައްގުވަނީ އާލަމްތަކުގެ ވެރި ރަސްކަލާންގެއަށް.