ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ): މިރޭ މާޒިޔާގެ ޖާޒީގައި ކުޅޭނެ. -- ފޮޓޯ: އޯލް ސްޕޯޓްސް އިމޭޖަސް އެންޑް ނިއުސް އެޖެންސީ
20 ޖުލައި 2016 - 08:34
ޖޫން ޓްރާންސްފާ ބާޒާރުގައި، ރާއްޖޭގެ ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ކުރިން ބެލެވިފައި އޮތީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ދަގަނޑޭ މާޒިޔާ އަށް ފުރަތަމަ މެޗު ކުޅޭނެ ކަމަށެވެ. އެކަމަކު އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ)، ހަމަނުޖެހުމުން އެ މެޗުގައި ނުކުޅެވުނީ އެވެ.
މާޒިޔާ އިން ބުނީ އޭނާގެ އައިޓީސީ މިހާރު ހަމަޖެހިފައި، ފީފާގައި ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ދަގަނޑޭގެ ބައްޕަ ބަލިވުމާ ގުޅިގެން، ބައްޕަ ގާތަށް އައްޑޫ އަށް ދިއުމަށް ފަހު އެނބުރި އައިސް ދަގަނޑޭ ވަނީ ރޭ މާޒިޔާގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އޭނާ މިރޭ މާޒިޔާގެ ފުރަތަމަ 11 ގައި ކުޅޭނެ އެވެ.
ދަގަނޑޭ އެންމެ ފަހުން ގަލޮޅު ދަނޑުގައި، ކްލަބެއްގެ ޖާޒީގައި ކުޅެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ކުޅުނު ޕީޕަލްސް ކަޕްގެ ފައިނަލުގައި މާޒިޔާއާ ދެކޮޅާށެވެ. އޭނާގެ ކުރީގެ ކްލަބް ޕީޑީއާރްއެމް 5-4 އިން މޮޅުވި އެ މެޗުގައި ދަގަނޑޭ ހެޓްރިކެއް ހެދި އެވެ.
މިރޭގެ މެޗު ވެގެންދާނީ ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން ދަގަނޑޭ ކްލަބެއްގައި ކުޅޭ ފުރަތަމަ މެޗަށެވެ. ސުޒޭނުގެ އިރުޝާދުގެ ދަށުން ދަގަނޑޭ ވަނީ 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ދެކުނު އޭޝިއާ އަށް ދަގަނޑޭ ތައާރަފްވި މުބާރާތް ކަމަށްވާ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކުޅުނުއިރު ސުޒޭނަކީ އެސިސްޓަންޓް ކޯޗެކެވެ.
މާޒިޔާ އަށް ސޮއިކުރުމަށް ފަހު ދަގަނޑޭ (ކ.2) އެ ޓީމުގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ ދެ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅުނު ދަގަނޑޭ، ދިވެހި ފުޓްބޯޅައިގެ ތެރެއަށް އެނބުރި މި އައީ އަނިޔާއާ ގުޅިގެން ޕީޑިއާރްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މޭ މަހު ތެރޭ ބާތިލްކުރުމަށް ފަހު އެވެ.
ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެލޭޝިއާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް މެލޭޝިއާގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ބީޖީ ލީގުގެ އެންމެ ފުލުގައި އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ އަށް މެޗުން ތިން ޕޮއިންޓެވެ. ބީޖީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރާޒް
20 July 2016
މާޒިޔާ އަކީ އެންމެ މޮޅު ޓީމް އެކަމު ބީޖީ އަކީ ދަނޑު މަތީ އެންމެ މަސައްކަތު ރޭޓް ހައި ޓީމް. މިރޭ މާޒިޔާ އަކައް މެޗު ފަސޭހައެއް ނުވާނެ.
ޢަހަރެން
20 July 2016
ކޮން ދަގަޑޭ ބަގަޑޭ އެއް! އަޝްފާގު ނޫނީ އަލީ އަޝފާގު ކިއްޔާ ކީއްތަވާނީ. ދުނިޔޭގެ އެހެން ތަންތަނަށް ނިކަން ބަލާބަލަ. ރޮނާލްޑޯ ނޫނި މެސީ އައް ނުކިޔާ ދަގަނޑަކާ އެކަތައެއް. ގައިމު އެމީހުންގެވެސް ނިކު ނަންތައް އޮއްނާނެ. ނިކައް ޕުރޮފެޝަނަލް ވެބަލަ. މިމީހުން ނިކަން މޮޅުވާނެ މޮޅެތި ނަންތައްކިޔަން. ހަރާން ވާކަމެއް.
އޭނަ
20 July 2016
ބްރެޒިލްގެ ކަކާ އަށް ކީއްވެބާ؟ ރިކާޑޯ އިޒެކްސަން ނުކިޔަނީ. ބްރެޒިލަށް ކުޅޭ ހަލްކްގެ އަސްލު ނަމަކީ ޖިވަނިލްޑޯ ވިއޭރާ. މި ވެސް ހަމަ ޕޮރޮފެޝަނަލް ނޫން ވީމަ ކިޔާ ނަންތަ؟ ރޯނު އެދުރުން ގިނަ ވީމަ ވާގޮތް މިއީ.
އަލީ
20 July 2016
މިހާރު ތިދަނޑަށް ވަންނަހިތެއްނުވޭ ދިވެހިފުޓްބޯޅަދަނީ ފަހަތަށް...
އޭބީ
20 July 2016
ޓީވީއެމުން ނުދައްކާތީ މިހާރު މެޗެއްވެސް ނުފެނޭ. ޔެސް ޗެނަލް މަމެންނަކަށް ނުފެނޭ. ދިވެހި ފުޓްބޯޅައިގެ ކަންތައްތައް މިހާރު ވަރަށް ކަޑަ.
ޕެއްޕޭ
20 July 2016
ހުރިހާ ސަޕޯރޓަރުން ވެސް ދަޑަށް އަންނާތި!!!
އަހްމަދު
20 July 2016
މިރޭ ގަލޮޅު ދަނޑަށް ވަދެވޭނެބާ. ތަންކޮޅެއް އަވަހަށް ދާންވާނި ވަދެވޭތޯ ގާތްގަޑްކަށް 5ޖަހާއިރު ގޮސްގެން ޓކެޓެއްލިބޭވަރުވާނީ.
އާދަމް ޒާހިރު/ލަކީ/
20 July 2016
ދުނިޔޭގެ މޮޅެތި ކުޅުންތެރިން ޓްރާންސްފަރގެ އަގު ބަލަނީ ދުނިޔެއަށް ހާމަ ކުރެވޭތޯ.. ސިއްރުން ތިއުޅެނީ ކާކަށް އެނގިދާނެތީތަ؟ އަގު ބުނަން ނުކެރޭނަމަ ހައްޕު ކިޔައިގެން ތިބެބަލަ،،،،،، މަ ޤަބޫލެއްނުކުރާނަން ރެކޯޑް އަގެއްކަމަކަށް..
މޮޅުމީހާ
20 July 2016
އިރާދަށް ކުރެއްވިއްޔާ މާޒިޔާ މޮޅުވާނެ
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
20 July 2016
އެތައްޒަމާނަކަށް ފަހު ދަގަނޑޭ ރާއްޖޭގައި ކުލަބަށް ކުޅެދޭ ފުރަތަމަ މެޗް ބަލާލަން ކިތަންމެހާ ވެސް ބޭނުން. އެކަކަމު އެކަން ކުރެވޭކަށްނެތް...... !! ސަބަބަކީ އެފްއޭއެމް އަކީ ފްޓްބޯޅަ އެސޯސިއޭޝަން އޮފް މާލެ ކަމަށް ހަދައި ފީފާ އާއި އޭފެސީ އިން ދޭ ލާރި މާލެ ނޫން އެހެން އެއްވެސް ތަނަކަށް ހަރަދުކުރުމަށް ދެކޮޅު ހަދާ މާލެ ނޫން ތަނެއްގައި ފުޓުބޯޅަ އާލާ ކޮށް ދިރުވުމަށް ތިޔަ މާލޭ ފުޓްބޯޅަ އެސޭސިއޭޝަނުން ހުރަސް އަޅާތީ. .. !! މިއާދަ ކާދަ ބަދަލުކޮށް އިންސާފުވެރިކަމާއި އެކު ރާއްޖޭގެ ފުޓްބޯލައަށް ކަންކަން ކުރާން ފެއްޓި ދުވަހަކުން މެނުވީ ދެން މާލޭގައި ކުޅޭ ފުޓްބޯޅަ މެޗެއް ބަލާކަށް ނުވަންނާނަން. އަދި ރައްޓެހިން ކާރީގައި ވެސް ނުވަނުމަށް އެދޭނަން. / މިނިވަންކަން ، އައްޑޫ ސިޓީ
ރަދީފް
20 July 2016
ކޮން މިނިވަންކަމަށް ނިލިބިގެން ތެހިނގަނީ. ވ.ވެދުން
ބްލެއް
20 July 2016
ދިވެހި ފުޓްބޯޅަ ބަލާލަން ދަނޑަށް ވަދެ ތިބޭ މީހުންގެ އަދަދު އެއް އަތުގެ އިނގިލިން މިހާރު ގުނާލެވޭ... ސޯ... މި ޚަބަރަށް ބުނެލާނީ، ހޫ ކެއަރސް!!