އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރުތަކެއް: ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގުތައް ވަނީ ކޮންޓްރޯލްކޮށްފައި.
04 އެޕްރީލް 2018 - 19:36
މާލޭގެ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުތަކުން މުދާ ހުސްކުރުމަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި، އެ މަސައްކަތުގެ އަގު ސަރުކާރުން މިއަދު ކޮންޓްރޯލް ކޮށްފި އެވެ.
މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ސަރުކާރުން ކަނޑައެޅުމުން، މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްތައް ކުރަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ކޮންޓެއިނަރުތަކުން މުދާ ހުސްކުރަން ނެގޭނެ އެންމެ މަތީ އަގުތައް ކަނޑައަޅައިފަ އެވެ.
އެގޮތުން ހެނދުނު ހައަކުން ފެށިގެން ރޭގަނޑު 12 ޖެހުމާ ހަމައަށް 20 ފޫޓުގެ ކޮންޓެއިނަރުތަކުން ބިއްލޫރި ޝީޓް ފިޔަވައި އެހެނިހެން މުދާ ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 2،500ރ. އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނަރެއް ނަމަ ނެގޭނެ އެންމެ ބޮޑު އަގަކީ 5،000ރ. އެވެ.
އެ ގަޑީގައި ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ، 20 ފޫޓުގެ ކޮންޓެއިނަރަކަށް ގިނަވެގެން 4،000ރ. ނެގިދާނެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ނަމަ، ބިއްލޫރި ޝީޓް ހުސްކުރަން ނެގޭނެ އެންމެ ބޮޑު އަގަކީ 7،000ރ. އެވެ.
މީގެ އިތުރުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު ހަޔަކާ ދެމެދު 20 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ގިނަވެގެން ނެގޭނީ 3،000ރ. ކަމަށް ވާއިރު 40 ފޫޓްގެ ކޮންޓެއިނަރެއް ހުސްކުރަން ނެގޭނީ ގިނަވެގެން 5،500ރ. އެވެ. އެ ގަޑީގައި ކޮންޓެއިނަރުން ހުސްކުރާ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 20 ފޫޓްގެ ކޮންޓެއިނަރަކަށް 4،500ރ. އަދި 40 ފޫޓްގެެ ކޮންޓެއިނަރަކަށް 7،500ރ. ނެގިދާނެ އެވެ.
އެކި ފަރާތްތަކުގެ މުދާ ހިމަނައިގެން އެތެރެކުރާ ކޮންޓެއިނަރުތައް ވެސް ހުސްކުރަން ނެގޭނެ މަތީ އަގު އެ އިއުލާންގައިވަނީ ކަނޑައަޅައިފަ އެވެ.
އެފަދަ ކޮންޓެއިނަރުތަކުގައި ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތުގެ މުދާ ހުސްކުރަން 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 230ރ. ގެ ރޭޓުންނެވެ. އަދި 6 ސީބީއެމްއިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނީ ސީބީއެމް އަކަށް 175ރ. ގެ ރޭޓުންނެވެ. އެގޮތަށް އެތެރެކުރާ މުދަލުގެ މިންވަރު 11 ސީބީއެމް އަށް ވުރެ މަތި ނަމަ، ކޮންޓެއިނަރެއް ހުސްކުރަން ނަގާ ރޭޓުން އަގު ނެގިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެކި ފަރާތްތަކުގެ މުދާ ހިމެނޭ ކޮންޓެއިނަރުތަކުގައި ގެންނަ މުދަލަކީ ބިއްލޫރި ޝީޓް ނަމަ 1 ސީބީއެމް އިން ފެށިގެން 5 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 250ރ. އެވެ. އަދި 6 ސީބީއެމް އިން ފެށިގެން 10 ސީބީއެމް އާ ހަމައަށް ނެގޭނެ އެންމެ ބޮޑު އަގަކީ ސީބީއެމް އަކަށް 200ރ. އެވެ. އަދި 11 ސީބީއެމް އިން ފެށިގެން މަތިވާ ނަމަ ކޮންޓެއިނަރެއްގެ ރޭޓުން އަގު ނެގިދާނެ އެވެ. މީގެ އިތުރުން ކޮންޓެއިނަރަށް ނުލާ އެތެރެކުރާ މުދަލަށް ނެގޭނެ އެންމެ ބޮޑު އަގަކީ ދާގީނާއަކަށް 6.ރ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން، މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މުދާ ހުސްކުރާ މަޖޫރީން ވަނީ މަސައްކަތް ހުއްޓާލައި، ހަޅުތާލުކޮށްފަ އެވެ. އެ މީހުން އަލުން އިއްޔެ މަސައްކަތް ފެށީ މުދާ ހުސްކުރުމުގެ އަގު ބޮޑު ކުރުމަށް ފަހު އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިންބެ މުހައްމަދު
05 April 2018
ލޮރީތަށްވެސް ނަގަނީ ހިތުހުރި އަގެއް. ލޮރީތަކުގެ އަގުވެސް ކޮންޓްރޯލް ކޮއްލަދެއްވާ. އޭރުން ޟިތި ފުރިހަމަވާނީ. ބިއްލޫތި ޕެލެޓްއެއް އަރުވްންޏާ އެމީހުން ނަށްފެންނަވަރެއް ކިޔަނީ.
އަލިވާސް
05 April 2018
ގޭގެ ކުލި ކޮންޓްރޯލް ކުރަން ގަޓުހުރެގެން ނުކުންނަންވީ ވަގުތަކީ މިއީ، އަހަރެން ހަމަ ހައިރާންވޭ މަޖުލިސްތެރެއިން މިކަން ނުނިންމިގެން އުޅޭތީ، އެހެނީ މަޖިލީހުގެ 90 ޕަސެންޓް މެމްބަރުންނަި ރާއްޖެތެރޭ މީހުން ކަމަށް ވާތީ، ރާއްޖެތެރެއިން މަޖިލީހަށް އަންނަ މެމްބަރުން ޒިންމާ އަކީ އެދާރާތަކުގެ އަޑު މަޖިލީހުގައި އިއްވައި ކަންތައް ތަކަށް މަގުފަހު ކޮށް ރަނގަޅު ގޮތް ހަދައިދޭން މަސައްކަތް ކުރުން، އެއީ މާލޭގަ ތިއްބަސް ރަށުގަ ތިއްބަސް ދާއިރާގެ މީހުނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަދޭން ޖެހޭ، އެމެމްބަރަކަށް ވޯޓުދެނީވެސް ރަށުގަ އަދީ މާލޭގަވެސް ތިބި އެދާއިރާގެ މެމްބަރުން، ދެން އޮތް ތަންކޮޅަކީ ހަމަ އެ މެމްބަރުންގެ އާއިލާތައްވެސް ގާތް ތިމާގެ މީހުންވެސް އެބަ ތެޅިފޮޅޭ މާލޭގަ މި ކުލީގެ ބޮޑު ރާޅުގަ ޖެހިގެން، ނިކަން ވިސްނާ އަވަސް ފިޔަވަޅު އަޅުއްވާ، ކުލި ކޮންޓު ރޯލް ކުރަން ކުރަންޖެހޭ މަސައްކަތްވެސް އެހާގިނަ، ހަމަ ބުނެލާ ބަހަކުން ނަމަކަށް ކަމެއް ކުރާ އުސޫލަކުންވެސް މިކަމެއް ނުވާނެ،
މެމްބަރ
05 April 2018
މެމްބަރުން ނުސީދާގޮތުގައި އެތައްމިލިއަނެއް ހޯދާ. އެހެންކަމުން އެމީހުނަށް ހެޔޮ ގެ ކުލި އުޑުގަ ޖެހޭވަރަށް ބޮޑުކުރިޔަސް. އމީހުން އެ ކަމުގައި ހަމަހިމޭން...!!!!!!
މާނު
05 April 2018
ޢެކޮއި ގޭގެ ކުލި ކުޑަކުރެވޭނީ ގެހެދުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ކުޑަކޮށް ، ހައުސިން ލޯން ސްކީމް ހަރުދަނާ ކުރެވިގެން، އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އަގުތަކަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުގެން
މަންދު އެދުރު
05 April 2018
މި ރާއްޖޭގައި އޮންނަނީ "މާރކެޓް އިކޮނޮމީ"އެކޭ ބުނެވެއެވެ.އަދި މި ރާއްޖޭގެ އިގްތިޞާދަށް ކިޔާނީ "މިކްސްޑް އިކޮނޮމީ"ގެ ސިފަތައް އެކުލެވިގެންވެސް ވާކަމަށް ބުނެވެއެވެ.މާކެޓް އިކޮނޮމީއެއްގެ އެންމެ އަސާސީ ސިފައަކީ މާރކެޓް ފޯސަސްއިން އަގުތައް ކަނޑައެޅުމެވެ.އެއީ ސަޕްލައި އެންޑިމާންޑެވެ.އެހެންކަމުން މާލޭގެ ކުލީގެ ކަންތަކަށް ދައުލަތުން ބާރު ފޯރުވުމަކީ އެންމެ ރަގަޅުގޮތް ތޯ ބަލަންޖެހެއެވެ.މިއޮތީ އެކަހަލަ ކަމެއް ކޮށްފައެވެ.މަޖޫރީން މުދާބާލާ އަގުތައް ކަނޑައެޅީ އެމީހުން ޑިސިޕްލިން ކުރުވާނެ ގޮތެއްނެތިގެންނެވެ.އެހެނަސް އެމީހުންވެސް އެކުރަނީ ލޮޖިސްޓިކްސް ވިޔަފާރީގެ ތެރެއިން ވަރަށް މުހިންމު ސަޕްލައި ޗެއިން މަސައްކަތެކެވެ.އަދި މަޖޫރީންގެ ޢާއިލާތައްވެސް ކައިގެން ބޮއެގެން އުޅޭނީ އެމީހުން ހޯދާ ލާރިންނެވެ.މިއީ ކުދި ވިޔަފާރިއަށް ވިސްނާއިރު އެންމެ ރަގަޅުގޮތްކަމަށް ނުވެދާނެއެވެ.މަޖޫރީންވެސް ގޮތްދޫކޮށް އީޖާދީ ވިސްކުންތަކަށް ދާންވާނެއެވެ.
ކޮރޮފިހުސެން
05 April 2018
ރަގަޅައައް ރާކަނި މަސްކެވި ފާމިހާރު ތިބޭނީ
ދޮންބީފާނު
05 April 2018
އިދިކޮޅޭމެންގެ ރޭވުން މިފަހަރުވެސް ހަމަ ފެނަށް އެހެންނު. ކަލޯ އަޅެ ކަލޭމެން ދެރައެއް ނުވޭތަ؟
ފާތުން
05 April 2018
މީހުންލައްވާ މުޅި ރޭ މަސައްކަތްކުރަންޖައްސާފަ ތިގޮތަށް އަގު ކޮންޓްރޯލްކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން. ނިދިކޮޅު ނަގާލާފަ ތިއަގަށްމަސައްކަތްކުރަން ނުކުންނާނެ މީހުންނެއް ނުވާނެ. ދެން ދުވަސްކޮޅަކުން ތިކަންވެސް ބޭރުމީހުނާ ހަވާލުކުރޭ. ސައީދު އިކޮނޮމިކްމިނިސްޓަރަކަށް ހުރުން މީ މުޅި ގައުމުގެ ހަލާކު. އިސްތުއުފާ ދީފަ ސްކޫލަށް އަލުން ކިޔަވަންދޭ.
އާއާއާއާ
05 April 2018
ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި މިހާރު ހުންނާނެ މަޖޫރީ މެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ މަމެން ނާއި ޗެލެންޖް ނުކުރެވޭނެއޭ އެކަން ކުރަން އުޅޭ މީހަކު ޖެހޭނީ 40،000 ބިލިއަން ކަށި ހަރާފައިވާ ކަށިކުނބުރު ޖަންގައްޔަކަށް ވަދެ އެއިން ކައްޓަކަށް ނެހެރި ޖަންގަލީ ތެރޭގައި ހުސް ފަޔާ ހިނގޭތޯ ބަލަން އެކަމެއް ނުވާނެއޭ އެވާނީ އިމްޕޮސިބުލް ކަމަކަށް. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭންޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާްއާއާ އާއާއާއާ އާއާއާއާ...
ރާއްޖެތެރެ މީހާ
05 April 2018
ތިގޮތަށް މާލޭގެ ކުލިވެސް ކޮންޓްރޯލް ކުރާނަމަ ދޯ؟؟
އިޙްސަ
05 April 2018
ރޭއަޅުކަން ހަމަޖެހިލައިގެން ތިޔަމީހުނަށް ކުރުމުގެ ފުރުސަތު އެބައޮތްބާ މިނިސްޓަރު.؟؟
ހާސަރު
05 April 2018
ބަލަ މިހެން ކޮންޓްރޯލް ކުރާއިރު މިހާރު ފްރެއިޓް ފޯވާޑިންގެ މަސައްކަތް ލަންކާ މީހުންއައިސް އެއްކޮށް ހިސޯރުކޮށްގެން ސީބީއެމަކަށް 200 300 ޑޮލަރ ނަގާއިރު އެކަން ކޮންޓްރޯލް ނުކުރެވިގެން އުޅެނީ އެހުރިހާ ލަންކާ މީހުންގެ ދިވެހި ޕާރޓްނަރުން އެއީ ސަރުކާރު މީހުންވީމަތަ!؟ މުދަލެއްގެ ޑީއޯ ލިބެނީ ދެއްކި ފްރޭޓަށް ވުރެ ބޮޑުއެއްޗެއް އަތުލާފަ! ނިކަމެތި މަޖޫރީން ނަށް އަގު ކޮންޓްރޯލް ކުރާއިރު ގަޓްހުރިއްޔަ މިކަންވެސް ނިކަން ކޮށްބަލަ ! ޔަގީނޭ ނުކުރެވޭނެ!