ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ. ފޮޓޯ: އެމްއޭސީއެލް
05 އެޕްރީލް 2018 - 16:09
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫއު ފަށާނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވެސް އެކި ތާރީޚުތައް ދީފައި ވެ އެވެ.
ވެލާނާ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާއިރު އެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
"ޓާމިނަލްގެ ކޮންކްރީޓް ޕައިލް ޖަހަން މިހާރު އެ ދަނީ ތައްޔާރު ވަމުން. އެކަމަށް ބޭނުންވާ ހުރިހާ ޕައިލް އެ ހުރީ ހުޅުލެ އަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 500 އަށް ވުރެ ގިނަ ކޮންކްރީޓް ޕައިލް ވަނީ ގެނެސްފަ އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހަދަން ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފައި ކަމަށާއި އަމަލީ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ ފެށޭނެ ކަމަށް އެ ކުންފުނިން މިދިޔަ މަހު ވެސް ބުނެފައި ވެ އެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މޭ 2016 ގަ އެވެ.
އާ ޓާމިނަލް އަޅަން ނިންމާފައި ވަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގަ އެވެ. މި ޓާމިނަލް އެއްކޮށް ނިންމައި ބޭނުން ކުރަން ކަނޑައަޅާފައި ވަނީ 2019 ގަ އެވެ. ނަމަވެސް މިހާރު މަސައްކަތް ނުފެށި ލަސްވެފައި ވާތީ އަންނަ އަހަރަށް މަސައްކަތް ނިމޭނެ ކަމަށް ނުބެލެވެ އެވެ.
އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
05 April 2018
މިހާރު ފަށަންވީނުން ކިހާދުވަހެމިވަނީ ޓާމިނަލްއަޅަން.
ސޮކްތެރެޕީ
05 April 2018
ތިޓާމިނަލްގެ ވީޑިއޯއެއްގެ ގޮތައްދައްކާލަބަލަ އޭރުން އެގޭނީ ތިކުރެހުމުގެ ހުރިފެންވަރެ.
މިލިޓަރީ
05 April 2018
ޑޮކްޓަރުންގެ ސިޓީ އައްޑޫ ސިޓީކިޔާގެން ކޮމެންޓްކުރާ މީހާޔަކައްނޭގޭތަ އައްޑޫ މުސްސަދިންވަރައްގިނަ ގެދޮރުވެސް އައްޑޫގަ ހުރޭ އެކަމަކުވެސް އެމީހުން މާލޭގަ ބޮޑެތިއިމާރާއްކޮ އެއުޅޭނީ ހުރިހާ ވިޔަފާރިއެއްވެސް ކުރަންބޭނުންވަނީ މާލޭގަ އެމިހުން ކަމެއްކުރާނީވެސް ފައިދާވާތަނެއްގަ ލާމަރުކަޒީ ނިޒާމަކީ މިރާއްޖެ ބައިބައިކުރުން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
05 April 2018
ތިކަންކާމިޔާބުކޮށް އިންވެސްޓްމަންޓް ރިޓާރން އަވަސްކުރުމަށް މިސަރުކާރުން ގޭން އެއަރޕޯޓް ހަނިމާދޫ އެއަރޕޯޓް ބަންދު ކުރުން އެކަށީގެންވޭ. . . . . . މިހާރުގެ ސަރުކާރުގެ މުއްދަތުގައި ރާއްޖޭގެ ތާރީޙްގައިވެސް ދައުލަތުގެ ހަޒާނާއިން ވައްކަން ނުކުރާފަދަ ބޮޑު އަދަަކުން ވައްކަންކޮށްފައިވާއިރު “މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން” ނުވަތަ ރޭސިޒަމް ވެސް އެންމެ ބޮޑަށް ގެންގުޅޭ ސަރުކާރެއް. . . . . . މި ސަރުކާރަކި “ޑިސެންޓްރްލައިޒު ކޮށް ޤައުމު ހިންގާންދެކޮޅުހަދާ ބޯދާ ވިސްނުން ގެންގުޅޭ ސަރުކާރެއް” ކަމުން ޤާނޫނު އަސާސީގައިބުނެ އަމުރުކޮށްފައިވާ “ދައުލަތުގެ އިދާރީދާއިރާތަށް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން” ކަމަށް އަންގާފައިވާ އެންގުމަށް ޔާމިންގެ ސަރުކާރު ވަނީ ފުރަގަސްދީފަ. . . . . ހަނިމާދޫ އެއަރޕޯޓާއި ގޭން އެއަރޕޯޓް މާލޭ ސަރުކާރުގެ ދަށުންނެއްޓި ލާމަރުކަޒީ ޤާނޫނުގެ ބާރުވެރިކަން ހޯދައި ތަރައްޤީކޮށް ވެލްތު ޑިސްޓްރިބިއުޝަން ފަތުރާ ކުލީ އަޅުވެތިކަމުންނެރެ ދިވެހިންނަށް ހިމާޔަތް ހޯދާދޭންޖެހޭ.
ގުއިއްޒު
05 April 2018
ގޫގްލް ސްޕީޑް ގައި ތަރައްްޤީ ކުރިއަށް ދާއިރު އަދިވެސް ތިކަން ފެށުން ހާދަ ލަސްވެއްޖެޔޭ ދޯ.
ސަރީފު
05 April 2018
ޓާމިނަލް ޑިޒައިން ކޮއްފައި އޮތީ ވަރައް އާދައި ގޮތަކަށް ..މިހާބޮޑު އިންވެސްޓެއްކުރާއިރު އިމާރާތުގެ ޑިޒައިން ވެސް ފިއުޒަރ ޕްރޫފް ވާންޖެހޭނެ...އައުޓްޑޭޓެޑް ޑިޒައިނަކަށް ތިތަން ކުރަހާފަ އިނީ...ކައްޕަޅި އިންޑިއާގެ އާ އެއަރޕޯޓް ޓާމިނަލް ތަކައް ވުރެވެސް ފޮރަންފޭސް ހުތުރު..
އިބަ
03 September 2018
މިހާރު އިންޑިއާގަ ތައްޕަޅި އެއާޕޯޓު މަޒީއާއެކުވެ ގޮސްފި.2050 ވަނައަހަރު ދުނިޔެގެ އެންމެ ބޮޑު އިގްތިސާދު އަދި އެންމެ ތަރައްގިވެފަވާ ގައުމަށް ވުމަށް އިންޑިޔާގެ ކަލްކަތާ ގަ ހަދާފަހުރި އެެއާޕޯޓް ބަލާލުން ރަގަލު.އިންޑިއާގެ 1 ވަނަ އުސްމިނަށް ގެންދަން ހިންގާ މެގާ ޕްރޮޖެކްޓްތަޢް ބަލާލުން ރަގަލު ޔޫޓިއުބުން.އެޔޮތީ އަިއެމްއޭގެ ރިޕޯތްގަ އެވަހަކަ.އިންޑިޢާގެ މުންބާއިގަ 2019 އަށް ނިންމަން ހިފާފަވާ ނަވީ މުމްބާއި އިންތަނެސަނަލް އެއާޕޯޓަކީ ލަނަޑަންގެ ޒަހީ ހަޑިޑް އާކިޓެކްޓުން ޑިޒައިން ކޮށް ފައިވާ އެންމެމިޒަމާނުގެ އެއާޕޯޓެއް ހެދުމަށް ހިން ގާ މެގާ މަސްރޫއުއެއް 2050 އިންޑިޢަބަދަލު ކުރުމަށް މެގާސިޓީ އަލުން ބަލުން އެބަ އިމާރާތް ކުރޭ.މުންބާއިގެ އިންފުރާސްޓަކްޗަރު ބަދަލުކޮށް މޮޑަން މެގަސިޓި ކޮންސެޕްތައް ތަރއްގީ ކުރުމަށް އިމާރާތް ތައް ބިނާކުރުމަށް 5 ބިލއަން ޑޮލަރުގެ މަސްރޫއު ހިންގާ
ބޮކި ބޮކި
05 April 2018
އަދި މަޑުކޮއްލާ ! މަބުނާނަން ފަށަންވީމާ.....
ޢިބޫ
05 April 2018
ޢެރައިވަލްގަ ރަނގަޅު ނަމާދު ކުރާތަނެއްވެސް ހަދަންޖެހޭ.
ރަދީފް އަމާ
05 April 2018
ފަށަން ތައްޔާރުވާވާހަކަ އަބަދުވެސް. ތިކަންވެސް ދެން ނިންމަން ވެއްޖެއެއްނު؟
1234
05 April 2018
ވަރަށް ހުތުރު ޑިޒައިންއެއް މިޓާމިނަލްގަ ކުރަހާފަ އޮތީ! ޖީއެމްއާރުގެ ކުރެހުން މާސަޅި..