ރަޝިޔާގެ ކުރީގެ ޖާސޫސް ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ.
06 އެޕްރީލް 2018 - 15:09
މޮސްކޯ (އެޕްރީލް 6) - އިނގިރޭސި ވިލާތުން "ފޭކް ވާހަކައެއް" އުފައްދައިގެން "އަލިފާނާ ކުޅެމުންދާ ކަމަށް" ރަޝިޔާ އިން ބުނެފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރަޝިޔާގެ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ އިނގިރޭސި ވިލާތުގެ މައިގަނޑު ބޭނުމަކީ އަސްލެއް ނެތް ވާހަކަތަކެއް އުފައްދައިގެން މައްސަލަ ގޯސް ކުރުން ކަމަށެވެ.
ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނީ ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ވިހަ ދިން މައްސަލައިގަ އެވެ. ސަލްސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގައި ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ އަށް ވިހަ ދިން މައްސަލައިގެ ތުހުމަތު އިނގިރޭސި ވިލާތުން އަޅުވާފައި ވަނީ ރަޝިޔާގެ ބޮލުގަ އެވެ. އެކަމަކު ރަޝިޔާ އިން އެކަން ދޮގު ކުރެ އެވެ. ޔޫލިއާ، 33، މިހާރު ވާހަކަ ދައްކަން ފަށާފައިވީ ނަމަވެސް އޭނާގެ ބައްޕަ ސްކްރިކަލް، 66، ގެ ހާލު ދެރަ އެވެ.
މި މައްސަލާގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ އިރު އިނގިރޭސި ވިލާތުން ވަނީ ރަޝިޔާގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. އަދި ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ. މީގެ އިތުރުން 20 އަށް ވުރެ ގިނަ ގައުމުން ވަނީ ރަޝިޔާގެ ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
falaku ain
06 April 2018
އިރާގު ހަނގުރާމަ ފެށުމަށް އިންގިރޭސިިން މަކަރުވެރި ލިއުންތަކެއް ހެދިކަމަށް އެގައުމުގެ މަޝްހޫރު ސައިންވެރިޔާ ޑެވިޑުކެލީ ބުނުމުން ވިހަދީގެން އޭނާ މަރާލީވެސް އިނގިރޭސިން. ތިމީހުން ކޮންމެކަމެއްވެސް ކޮށްފާނެ. ދުނިޔެއަށްހުރި މުސީބާތެއް އިނގިރޭސި ސަރުކާރަކީ.
ޜަނި
08 April 2018
ޥަރަށް ބޮޑު ތެދެއްތީ