ވިޔަފާރި / ބީއެމްއެލް

ބީއެމްއެލްއަށް މިފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

ބީއެމްއެލް އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުން ބައިވެރިވަނީ: މިދިޔަ އަހަރު ވެސް ބޮޑު ފައިދާ އެއް އެ ބޭންކަށް ލިބުނު.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި ފަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހާ އެކު ފައިދާގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓް އިތުރު މިންވަރެކެވެ. އަދި ޓެކްސްގެ ފައިސާ ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.03 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ބޭންކަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.02 ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.

މައިގަނޑު ހުރިހާ ވިޔަފާރިއަކުން ވެސް ލިބުނު ފައިދާ އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 118.4 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވެ އެވެ. އެގޮތުން ހިއްސާއަކަށް ބަހަން ކަނޑައަޅާފައި ވަނީ 22ރ. އެވެ.

މާލީ ހިސާބުތައް އާއްމުކުރުމަށް ފަހު އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. އަދި އެ ނަތީޖާތަކުން ދައްކައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން، ބޭންކުންކުރާ އިންވެސްޓްމަންޓް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ބޭންކުގެ ހިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ހިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ސީއީއޯ ވިދާޅުވެފައިވެ އެވެ.

އެ ބޭންކުން ހޯދި މާލީ ނަތީޖާއަށް އިޝާރާތްކުރައްވައި އެންޑްރޫ ވަނީ ޑިޕޮސިޓް އިތުރުވެ ދޫކުރެވުނު ލޯނުގެ ނިސްބަތް ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

"ޑިޕޮސިޓްތައް 15 ޕަސެންޓް އިތުރުވެފައިވާކަން އުފަލާއެކު ފާހަގަކޮށްލަން ޖެހޭ. މިއީ މާކެޓަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. އަލަށް ދޫކުރެވުނު 4.4 ބިލިއަން ރުފިޔާގެ ލޯނުތަކުން އެތަކެއް ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ހަތް ޕަސެންޓުން 4.1 ޕަސެންޓަށް މިހާރު ދަށްކުރެވިފައިވާ ކަމަށެވެ. މީގެ ތިން އަހަރު ކުރިން އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ހުރީ 20 ޕަސެންޓަށް ވުރެ މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ބޭންކުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ބޭނުންތައް އަންނަނީ ބަދަލުވަމުން ކަމަށެވެ. އަދި ބްރާންޗްތަކަށް ބަރޯސާވުމުގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުން އިތުރުވަމުން އަންނަ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"ބީއެމްއެލް އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެނީ ސެލްފް ސާވިސް ވަސީލަތަތްތައް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން. ހަމަ މިއާއެކު މުވައްޒަފުންނާ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކުރެވިފައިވާ ތަންތަނަށް ބޭންކުގެ ބްރާންޗްތައް މިހާރު މިދަނީ ބަދަލު ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމަރުން ކުރި މުއާމަލާތްތަކުގެ 90 ޕަސެންޓަށް ވުރެ ގިނަ މުއާމަލާތް ހިންގާފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ދިހަ މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ބްރާންޗްގައި ޖާގަ ތަނަވަސްވެ، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އިތުރު ފަސޭހަކަމެއް މިވަނީ ގެނެވިފައި. ދާދި ފަހުން މިނިވަން ފަރާތަކުން ބޭންކުގެ ކަސްޓަމަރުން ބޭނުންކޮށްގެން ހިންގި ދިރާސާތައް ދައްކާ ގޮތުން ބީއެމްއެލްގެ 'ކަސްޓަމަ ސެޓިސްފެކްޝަން' ލެވެލް ވަނީ މި ރީޖަން އާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި،" އެންޑްރޫ ވިދާޅުވި އެވެ.

އެ ބޭންކުން ދެމުން އަންނަ އިސްލާމިކް ބޭންކިން އާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އިސްލާމިކް ބޭންކިން އަށް އެ ބޭންކް އާ ނަމަވެސް މިދިޔަ އަހަރު "ބީއެމްއެލް އިސްލާމިކް" ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އަދި ޑިޕޮސިޓްގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން، ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ފައިނޭންސިން ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް މަގުފަހިވި ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"މި ޕްރޮޑަކްޓްތަކަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ދަނީ ލިބެމުން. ރާއްޖޭގައި ޝަރީއާ ހުއްދަކުރާ ބޭންކިން ބޭނުންވާ ކަސްޓަމަރުންގެ ނިސްބަތަށް ބަލައި ބޭންކުން މިދަނީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ބޭންކުގެ ހުރިހާ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއްގޮތް އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މާލީ ގޮތުން އެ ބޭންކުން ހޯދި ނަތީޖާ އާ ބެހޭ ގޮތުން ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވީ އެ ބޭންކުގެ ވިޔަފާރީގައި ލިބުނު ބޮޑު ކުރިއެރުމާއެކު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރިކޯޑު އަދަދެއް ހުށަހެޅުމަށް މަގު ފަހިވުމަކީ ބޯޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިދިޔަ އަހަރު ބޭންކުގެ ތާރީހުގައި މާލީ ގޮތުން އެންމެ ކާމިޔާބު ނަތީޖާ ހާސިލްކޮށް އަދި މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ރިކޯޑް އަދަދަށް ހޭދަކޮށްފައިވާ ކަމަށް ވެސް ސައީދާ ވިދާޅުވި އެވެ.

އެ ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭނާ ބެހޭ ގޮތުން ސައީދާ ވިދާޅުވީ މި ވަގުތަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުތުމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ނަމަވެސް އެ ބޭންކުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖެއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ބޭންކިން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތާއި ހިންގަމުންގެންދާ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމުން މިކަން ހާމަކޮށްދޭ. ރާއްޖޭން ބޭރަށް ހިދުމަތް ތައާރަފުކުރުމުން ބޭންކު އިތުރަށް ފުޅާވެ، ލިބޭ އިތުރު އާމްދަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް މަގުފަހިވެގެންދާނެ. އަޅުގަނޑުމެން މިވަގުތު ތައްޔާރުވަމުން މިދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް އަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން،" ސައީދާ ވިދާޅުވި އެވެ.

52 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 5%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފްރޭސް/މާލެ

17 April 2018

ދިވެހި ބޭންކުން މިފަހަކަށް އައިސް ދެމުންދާ ހިދުމަތްތަކާއި އެތަނުގައި އުޅޭ މުވައްޒަފުން ރައްޔިތުންނާއި ދޭތެރޭ ބަހައްޓާ އޯގާތެރިކަމަކީ ދިވެހި އެހެނިހެން ބޮޑެތި ކުންފުނިތަކުން ނަމޫނާ ބަލަންޖެހޭ ކަމެއްކަމުގައި ދެކެމެވެ. ހިނިތުންވުމާއި އެކު ހިދުމަތްދިނުމަކީ އެންމެ ރީތި އެއްސިފައެވެ. އަގުދައްކަން ނުޖެހޭ ހިންހަމަޖެހުން ލިބިދޭނެކަމެކެވެ. ބޭންކުން ތިޔަދެމުން ގެންދާ ޒަމާނީ ހިދުމަތްތަކަށާއި ރައްޔިތުންނާއި ދޭތެރޭ ތިޔަ ބަހައްޓަވާ ގާތްކަމަށް ހިފެހެއްޓުމެއްނެތި ހައްޤު ޝުކުރުއަދާކުރަމެވެ. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ތިޔަ ބޭންކުން ރާއްޖޭން ބޭރުގައި( ކުރިއަރާފައިވާ ޤައުމުތަކުގައި ) ހިދުމަތް ދެވޭނެ ފެންވަރު ހަމަޔަޤީނުންވެސް އެބަހުއްޓެވެ. ސާބަސް "އަހަރެންގެ ބޭންކް"

The name is already taken The name is available. Register?

އަލްމުޙްލިސް/އޮސްޓްރޭލިއާ

17 April 2018

އަޅުގަނޑުގެވެސް ބީއެމްއެލް އިން ހިދުމަތް ހޯދިހޯދުމުގައި ރާއްޖޭގެ އެއްވެސް އޮފީހަކުން ނުލިބޭހާ މެހެމާންދާރީ އާއި އެހީތެރިވެދިންކަން ވަރަށް އުފަލާއެކު ބުނަމެވެ. އެއްވަނަ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ހިދުމަތްދޭ ފެންވަރަށް ބޭންކުން ހިދުމަތްލިބުމުން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުފާވިއެވެ. އަދި އެފެންވަރުގެ އަޅާލުމާއި މެހެމާންދާރީއަކީ ގަބޫލްވެސް ނުކޮށްހުރި ކަމެއް، ވީތީ ކުޑަކޮށް ހުންޓުންވެސް އަރާގޮތްވިއެވެ. އަދި އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކޭ ބުނުމަކީ ހަގީގަތުގައިވެސް އެކަމުގެ އުފާވެރިކަން ހަމަ ކޮންމެ ރައްޔިތަކަންމެ ލިއްބައިދޭނެކަމެކެވެ.

The name is already taken The name is available. Register?

ބޭންކް އޮފް ސިލޯން

15 April 2018

މި ބޭންކް އަކީ ދިވެހިންގެ ލާބަޔާ މަންފާއަށް މާބޮޑަކަ މަސަކަތް ކުރާ ބައެއް ނޫން، މިއީ ހަމަ އެކަނި ވިޔާފާރި ކުންފުންޔެ ދިވެހިންގެ ނަމުގައި ަޮންނަ، މިބޭންކުން ކިތައް ދިވެހި ދަރީން އުފެއްދެވިތޯ؟ ބޭންކަށް މިހާ ދުވަސްވީ އިރު ކިތަ ދިވެހިންނަށް މަތީ ތަޢުލީމުގެ ހަރުފަތައް ގިރާކޮށް ދެއްވިތޯ(ބޭންކްގެ ހަރަދުގައި)؟އިނގިލި ލަންބާ ގުނާލެވޭނެ، މިބޭންކުތަކުން މީހުން އުފެއްދިނަމަ މިގައުމުގެ ބޭންކިން ސެކްޓާވެސް މިހާ ފަހަތަކު ނޮއޮންނާނެ. ފައދާވޭ ވާކެމެއް ނެތް އިންވެސްމެންޓް ބޭންކިން ޕްލެޓޗފޯމެއް ނެތް، އަދި މިނޫމްވެސް އެތައް ކަންތަތް މަދުވާނެ. ވަރަށް ވެދުން ބީ އެމް އެލް

The name is already taken The name is available. Register?

އެދުރު

12 April 2018

އެކަކުވެސް މިކަންތައް ފާހަގަކުރިންތަ ރައީސްނަށީދު ތަޢާރަފް ކުރި ޓެކްސްގެ ނިޒާމުން ދައުލަތައް 40 މިލިޔަން ރުފިޔާ ލިބުނު ވާހަކަ މީގެ އެބައޮތޭ ކިހާ ސަޅި ދޯ މައްސަލަ ޔަކީ އެފައިސާކޮޅައް ވީ ކިހިނެއްކަން ނޭގޭތި އައްޖަހާލަމާ

The name is already taken The name is available. Register?

ފުރެންޑު

12 April 2018

ޓެކްސް ނިޒާމު އުފައްދާ ތައްޔާރު ކޮށް ހިންގަން ނިންމީ ރައީސް މައުމޫނުގެ ސަރުކާރު. ނަޝީދު ސަރުކާރުން އެ ފާސް ކުރީ. މިވަރުގެ ކުރެޑިޓެއްވެސް މައުމޫނަށް ދޭން ބޭނުން ނުވަނީތަ؟

The name is already taken The name is available. Register?

ސޮކްތެރެޕީ

12 April 2018

ބީއެމްއެލް އެބަޖެހޭ ބޭރުގެގައުމުތަކުގާ އިންވެސްޓްކުރަން އޭރުން ނަތީޖާ މިއައްވުރެރަގަޅުވާނީ ޔާމިން ވަނީ ބެންކުކޮޅައްޖަހާދީފަ އެއްދުވަހުން އަނެއްދުވަހަ އެދަނީ ނުހަނުބާރުމިނުގާ މި ބޭންކު.

The name is already taken The name is available. Register?

ޖާވިދު އެމްއެމްއޭ

12 April 2018

އެވަރައް އިންޓްރަސްޓްދަމާލާ ރައްޔިތުން އަތުން 50.000 ރުފިޔާގެ ލޯނެއްދެނީ 75000 ރުފިޔާ ދައްކަން ޖެހޭގޮތައް އަހަރެންގެ ބޭންކޯ

The name is already taken The name is available. Register?

އިއްސެ/ ހުޅުމާލެ

12 April 2018

ބީއެމްއެލް ގެ ސްޓާފުންނަކީ ވަރަށް މަޑުމައިތިރި އޯގާތެރި ބައެއްކަން އުފަލާއި އެކު ފާހަގަ ކުރަން. ހިދުމަތްދިނުމުގައި ކުރާ އިހްތިރާމަކީ އެހެނިހެން ކުންފުނިތަކުގައި އުޅޭ ސްޓާފުންވެސް ބަލައިގަންނަންޖެހޭ ކަމެއް. އެގޮތުގައި ރައްޔިތުންނަށް ހިދުމަތްދޭން "ކަސްޓަމަރ ކެއާރގައި" އޮންނަނީ އެއްމެ އިސްކަމެއް ދީފަ. ހައްސަކޮށް "ނީނާ" ކިޔާ ކުއްޖަކީ އަބަދުވެސް އަދަބުއިޙްތިރާމާއި ހިނިތުންވުމާއިއެކު ރައްޔިތުންނަށް ހިދުމަތް ކުރަމުން އަންނަ ނަމޫނާ ފަރާތެއްކަން އުފަލާއި އެކު ފާހަގަ ކުރަން. އެފަދަ ސްޓާފުންގެ އަގުވަޒަންކުރުމަކީ މުޖުތަމައުގައި ރިވެތި އާދައެއް އަށަގަންނާނެ ކަމެއްކަން ޝައްކެއްނެތް މިންވަރަށް އެނގެއެވެ. " ނީނާ " ކުންފުންޏަށް ތިޔަކޮށްދެއްވާ އަގުހުރި ހިނިތުންވުމަށް ރައްޔިޔެއްގެ ހައިސިއްޔަތުން ވަރަށް އިހްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަމެވެ. ވަކިމީހަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު ހިދުމަތްދިނުމުގައި ކުރިއަށް ދާށެވެ. ﷲ ތިބާއަށާއި އެންމެންނަށް ހެޔޮރަހްމަތް ލައްވާށި! އާމީން

The name is already taken The name is available. Register?

އަބްދުއްލާ

12 April 2018

މިއީ ވިސްނަންޖެހޭ ކަމެއް . 2008 ން 2012 އާ ދެމެދުގެ އަހަރުތަކުގާ ބޭންކަށް ލިބުނު ހީނަރުކަމާ ، ފައިދާ ދަށް ވުމާ 2012 / 2013 ގަ ހިފެހެއްޓުނު މިންވަރާ އޭގެފަހުން 2014 ން 2017އަށް ލިބުނު އަހަރީފައިދާ އާ ބޭންކް ކުރިޔަށް ދިޔަދިއުންތަކާ އޭޓީއެމްތަކުން ޑޮލަރާ ރުފަިޔާ ނަގާ ޖަމާކުރުމުގެ ހިދުމަތްތަކަށް އައިބަދަލާ ބޭންކް ފައިދާއާ ހިއްސާދާރުންގެ ނަފާ އާއި މި ދިވެހި ރައްޔިތުންގެ ބޭންކް ގެ ދިރުން މަތިވުމަކީ ދަވްލަތުގެ އިގްތިސާދީ ދުވެލި ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް ޖެހިގެން ދާކަމުގެ ހެއްކެއް.

The name is already taken The name is available. Register?

ފަހީމާ

12 April 2018

އިތުރުވާނެނު. އެބުނާ "ލުއި" ލޯނެއްގެ މަޅީ ނުޖެހޭ ސަރުކާރު މުވައްޒަފެއްނެތް. އެއީ އަރައިގަންނަ ލޯނެއްނޫން. އަދި ވެސް ނަގާކަމިޝަން އިތުރުކޮށްލަ.

The name is already taken The name is available. Register?

އަހަންމަދީ

12 April 2018

ކިތައް ބޭފުޅުންބާ ވިސްނާލެއްވީ ބީ.އެމް.އެލް އިން ބިލިއަން ރުފިޔާގެ ފައިދާ ހޯދީ ކިހިނެތްކަން. އެއީ އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އަގުގައި ދޫކުރާ ލޯނުން. %11 ނުވަތަ %12 އިންޓަރަސްޓް އަކީ ވަރަށް ބޮޑު ރޭޓެއް. ވަރަށް ގިނަ ޤައުމުތަކުގައި ގެދޮރު ހެދުމަށް ދޫކުރާ ލޯނުން އިންޓަރަސްޓް ނަގަނީ %6-5 ގައި. ދެން މިހާ ބޮޑު އިންޓަރަސްޓްގައި ލޯނު ދީގެން ބިލިައަން ރުފިޔާގެ ފައިދާ ކުންފުންޏަށް ހޯދުމަކީ މާ އުދަނގޫ ކަމެއް ނޫން. މިހެން ދެންނެވިޔަސް ބީ.އެމް.އެލް އިން ރައްޔިތުންގެ ފަސޭހައަށް ވަރަށް ގިނަ ކަންކަން ކުރަމުން ގެންދާކަން ފާހަގަކުރަން. އަދި ޚިދުމަތަށް ބަލާއިރު ބީ.އެމް.އެލް ވަރު ބެންކެއް ރާއްޖޭގައި ނެތްކަންވެސް ގަބޫލުކުރަން.

The name is already taken The name is available. Register?

ޑެޓްރިކަވަރީ

12 April 2018

އަދި އިތުރުކޮށްލަމާ ކޭޝްކާޑުން ރާއްޖޭގައި ކުރާ ހުރިހާވިޔަފާރީގެ %2؟ އިއްޔެގަ ފްލައިޓެއްގެ ޓިކެޓެއް ނަގަން ދިޔައީމާ ކޭޝްކާޑުން ދެއްކީމާ އަގުބޮޑުވީ. ބޭންކުންނަގާ % ނެގީ މަގޭއަތުން. ފޯނުވިއްކާ ފިހާރަޔަކަށް ވަނީމާ ފެންނާނެ ކޭޝްޕްރައިސް އަކާ ކާޑުޕްރައިސެއް. ބޭންކަށްނަގައިބާ ނަގަނީ ގަންނަމީހާގެ އަތުން.

The name is already taken The name is available. Register?

ފައިދާ

12 April 2018

މިހާރު އިންޓަރެސްޓް އަށް ކިޔަނީ ފައިދާ. އެގޮތަށް ނަން ބަދަލު ކޮށްލީމަ އިސްލާމިކް ބޭންކަކަށް ވޭ. ކާކަށްތަ އޮޅުވާލަން މިއުޅެނީ؟

The name is already taken The name is available. Register?

އިޙްސަ

13 April 2018

ކަލޯ ޙިދުމަތެއް ދެންޔާ އުޖޫރައެއްވެސް އޮންނަންވާނެ. ކޭޝް ކާޑު ވިޔަފާރިކޮށްގެން ކޮމިޝަން ނަގާތީވެ އެކަމާ ޝަކުވާ ކުރާއިރު ކަލޭވެސް ކައިބޮއިގެން ތިއުޅެނީ ހަމަ އާމްދަނީ ހޯދައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454