ސިޔާދު މާލެ ގެނެސް، ލޯންޗުން ފައިބަނީ: އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ ---ފޮޓޯ: މިހާރު
12 އެޕްރީލް 2018 - 16:54
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދް ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ސިޔާދްގެ މައްޗަށް ދައުވާކުރަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން ރާއްޖެއިން ބޭރުން ގަނެފައިވާ މުދާތަކަކަށް ފައިސާ ދެއްކުމުގެ ގޮތުން ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު ދިންކަމުގެ ތުހުމަތުގަ އެވެ.
ވިލާ ކުންފުނީގެ ފަރާތުން އެކަމަށް ދީފައިވާ ލިޔުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ސިޔާދުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހު މެންދުރު އެވެ.
ސިޔާދުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށާއިރު، އެ މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް އުފުލައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އޮތީ ކުރިން އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔަޒޯރު
13 April 2018
ސިޔާދު ގާސިމްއަކީ އަޅުގަނޑު ވަރަށް ކައިރުން ދަންނަ ބޭފުޅެށް ، އެއީކީ އެއްވެސް އިރެއްގައި މާސިޔާސީވެގެން ސިޔާސީ ވާހަކަދައްކާ އުޅޭ ބޭފުޅެއްނޫން ، ސަރުކާރުން އޭނާ ފްރޭމްކޮށް ގާސިމްއަށް ބިރުދައްކާ ގާސިމްއަކީ ޖީޓީމަނިކުއަށް ހަދަންކުރާ މަސައްކަތުގައި ސިޔާދުގެ ދުވަސްދުއްވާލުމަކީ އޭގެ ބަދަލު ކޮންމެވެސް ދުވަހަކުން ތިޔަކަމުގައި ބައިވެރިވާ މީހުން ދައްކާނެކަމެށް ، ތިޔާކަމުގެ ބަދަލު ކޮންމެވެސް ބަޔަކު ހިފާނެކަމީ ޝައްކެއްއޮތްކަމެށްނޫން.
މަރޭމިތުރާ
12 April 2018
މީހަކުދެކެ އަންނަރުޅި އާއިލާއަށްބޭލުން މިވެރިކަމުގެ ކަމެއް!!!މީހަކު ެއަޅެފަހެ އަޖައިބު އަންތަރީސްނުވެ ނުދާނެވަރުކަމެއް!!!
ވާލުސޮރު
12 April 2018
މިފަދަ ޒުވާނުންނަކީ "މުޖުތަމައަށް ނުރައްކާތެރި ކުށްވެރިން" ކަން ދެއްކުމަށަޓަކާ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ހިތިވާނެހެންހީވޭ. އެއީ މިހާރުވެސް ކުރިމަގަށް ވިސްނާ ތައުލީމީ ޒުވާނުންގެ ހިތުން ގައުމީ ލޯބި ފޮހެވި އެފަދަ ބައެއް ޒުވާނުން ގައުމު ދޫކޮށް ހިޖުރަކުރަން ވިސްނާތީ. ޙަގީގަތުގަވެސް މިހާރު ދިވެހިރާއްޖެއަކީ ތަހުޒީބު ބަޔަކު އުޅެން ހެޔޮވާވަރުގެ ގައުމެއްނޫން. މިއަދު ރާއްޖެ ވެފައިމިވަނީ ކޮރަޕްޓް ޕޮލިޓީޝަނުންނާ ގޭންގްސްޓާރުންނާ އެފަދަ ބޮޑެތި މުޖުރިމުންގެ ސުވަރުގެ އަކަށް.
ކަނަމަނަ
12 April 2018
މީގެކުރިން ކޮރަޕްޓް މީހުންނެއް މިޤައުމަކު ނޫޅޭދޯ. ހައްތާވެސް ތެދުވެރި އަމާނާތްތެރިން އުޅުނީ. ގޭންގްސްޓަރުން އުޅެނީ މިހާރު. ރޭގަނޑު އުޑުން ފެންނަން ހުންނަނީވެސް ސްޓާރ. ތަރިއެއްނޫން. މޫދުގައިވެސް އުޅޭނީ ފިޝް. މަހެއްނޫން. ބަލަ ތިޔަ ސިޔާސީމީހުން ކުރިންވެސް މިހާރު ގަންނަ ހުރިހާ ގަނޑެއްވެސް އޮތީ ގަނެފަ. އިނގިރޭސި ބަހުން ކޮރަޕްޓް ނުކިޔަސް ނަހަމަ ކަންކަމާއި ޚިޔާނާތާއި މަކަރާއި އޮޅުވާލުމާއި އަމިއްލަ ޖީބު ބޮޑުކުރުމުގެ ހުރިހާކަމެއްވެސް ކުރި.