ރިލްވާން: އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ދެ މީހަކަށް --ފޮޓޯ/މިހާރު
12 އެޕްރީލް 2018 - 16:59
ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލައިގެ މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.
ދައުލަތުން އެ ދެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައި ވާއިރު، ބައެއް ހެކިން ހާޒިރު ނުކުރެވިގެން މީގެ ކުރިން ވެސް ބައެއް އަޑުއެހުންތައް ކެންސަލްކުރި އެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް، ދައުލަތުން ބުނެފައިވަނީ އޭނާ މަރުވިކަން ކަށަވަރު ނުވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯޕިސްޓަނާ
12 April 2018
އެންމެންނަށްވެސް އެނގޭނެ މީހެއްގެ ދަރިއެއް ވަރަށް އެހެން ކަހަލަ ގޮތަކަށް ގެއްލުނީމާ އެއާއިލާއަަށް ލިބުނު ފުންހިތާމައިގަ ގައުމުގެ ވެރިމީހާއި ބައްދަލްކުރަން އެދުމުން ކަނަތައް ވެގެން ދިޔަގޮތް. އެހެންވީމާ ވޯޓްލާންދާ ދުވަހު މިކަހަލަ ކަންތައް ތަކުމަތިން ހަނދާން ކުރުން ރަގަޅު.