ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
17 އެޕްރީލް 2018 - 12:46
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ ކޮމެޓީއަކުން ނިންމި ނިންމުން ތަންފީޒު ކުރަން އިންޑިއާ އާއި އދ. ގެ މެމްބަރު ގައުމުތަކުން ދިވެހި ސަރުކާރަށް ބާރު އަޅައި ދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށާއި ކޮމެޓީން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ ނިންމުމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދާ ދެކޮޅަށް ސިޔާސީ ކުލަވަރު ޖެހިފައިވާ ޝަރީއަތެއް ހިންގައި، ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް އެ މަނިކުފާނު ޖަލަށް ލުމަށް ހުކުމް ކުރީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލުވައިލަން ކަމަށެވެ. އަދި ނަޝީދާ ދެކޮޅަށް ހިންގި ޝަރީއަތަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ކަންކަން ކަމަށް އދ. ގެ ކޮމެޓީން ފާހަގަ ކުރި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެހެންވެ، އދ. ގެ ކޮމެޓީން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށާއި ފުލުހުންނާއި ސިފައިންނަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ. އަދި އެމަނިކުފާނުގެ ސިިޔާސީ، މަދަނީ ހައްގުތައް އޭގެ އެންމެ ފުރިހަަމަ ގޮތުގައި ކަށަވަރުކޮށް ދިނުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.
"...އެހެންކަމުން ރާއްޖޭގެ އަދުލު އިންސާފު ހިންގުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތަށާއި، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމެވުމުގައިވާ ގޮތުގެ މަތީން ރައީސް ނަޝީދުގެ ސިިޔާސީ އަދި މަދަނީ ހައްގުތައް އޭގެ އެންމެ ފުރިހަަމަ ގޮތުގައި ކަށަވަރުކޮށް ދިނުމަށް ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީން އެގޮތަށް ބުނި ކަމުގައިވިޔަސް، މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
އެމްޑީޕީން ބުނިގޮތުގައި އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، އދ. ގެ ޗާޓާގައިވާ ކަންކަމަށާއި އެ ޖަމާއަތުގެ ނިންމުންތަކަށް ފުރިހަމަ ގޮތުގައި ބޯލެނބުމަށް ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްލޯ އދ
18 April 2018
އދ ދެލޯ ކޮބާ؟ ބަލަ ނަޝީދުގެ މައްސަލައަކީ ރާއްޖޭގައި އެންމެ އިންސާފުން ހިންގި ސީޔާސީ ބޭފުޅެއްގެ މައްސަލައެވެ ނަޝީދު އަނިއްލަ ފުޅަށް އިއުތިރާގުވާ މި މައްސަލަ އަކީ ވަކީލުންގެ ޓީމަކަށް ފުރުސަތު ދީގެން ވަކީލުން ޖެއްސީ ހުރިހާ ޑްރާމާ ތަކަކަށް ޖާގަ ދީގެން ހިންގި ޝަރީއަތެކެވެ.އެ މައްސަލަ ރަގަޅަށް ހިންގިއަ ނުދޭން އުޅުނީ ނަޝީދު އާއި އެ މަނިކުފާނުގެ ވަކީލުން ނެވެ. ވަރަށް ގިނަ ފުރުސަތު ތަކެއް ދެވުނު މައްސަލަ އެކެވެ. ކޯޓުން ހުރިހާ ފުރުސަތެއް ދިނެވެ. ޙުކުމް އަޑު އަހަން ލޯޔަރުން ކޯޓް ރޫމަށް ނުވަނުމަކީ ލޯޔަރުންގެ މައްސަލަ އެކެވެ.
ހަގީގަތް
18 April 2018
ލޯޔަރުން ކޯޓަށް ނުވަނީ ނަޝީދު ބުނެގެން...ނަޝީދު ބޭނުންވި މަންޒަރެއް ދުނިޔެއަށް ދައްކަން.
އަބްދުއްލާ
18 April 2018
އޮޅުވާ ނުލައްވާ އަދ ން ނެރުނަސް ރާއްޖޭގެ ސްޕްރީމްކޯޓުން ނެރުނަސް ގާނޫނުއަސާސީއާ ގާނޫނާ ހިލާފު އަމުރަކަށް ތަބާ ނުވާން ގާނޫނުއަސާސީގެ 64 ވަނަ މާއްދާއިންނާ ގާނޫނުއަސާސީގެ 133 ގެ ޅ އިން ދަވްލަތުގެ މައްޗަށް އަމުރު ކޮށްފާވޭ ވީމާ ނަސީދަށް ކުރިމަތި ލެވޭނެ ކަމަށް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް.
ސޮކްތެރެޕީ
17 April 2018
ނަޝީދުގެ ފިކުރަކީ ކަމުދާފިކުރެއްނުން ދިވެހިންނަ ހުރި ބޮޑުނުރައްކަލެ.
ރަންރީދޫ ޓްވިޓަރޭ
17 April 2018
ޕީޕީ ކުދިން ހާދަވަރަކަށް މިހަބަރަށް ކޮމެންޓް ކޮށްފިޔޭ ހަޖަމްނުވަނީ ތޯއްޗެއް
ލަތީ
17 April 2018
އިޒްރޭލުގެ މައްސަލާގައި ކިތައް ނިންމުން ނިންމައިފި. ޢަމަލު ކުރިތޯ؟ ޢަމަލު ނުކޮށްގެން އެއްވެސް ފިޔަވަޅެއް އެޅިތޯ؟
ރައްޔިތުމީހާ...
17 April 2018
ކަލޯގަޔާ އދގައި ތިބިބައެއް ޤައުމުތަކާއި އދއަށް ދެއްތޯ އެނގެނީ މިޤައުމުގައި ކަންތައްތައް ކުރަންވާގޮތް! ނޫންނަމަ މިޤައުމުގައި އަމަލްކުރަން ހަދާފައިވާ ޤާނޫންތަކާއި ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދުތަކަށް އދއިން އިހްތިރާމް ކުރާކަށް ނުޖެހޭބާ ؟ ނޫންނަމަ ހިއުމަންރައިޓްސް އޮންނަނީ ހަމައެކަނި ކުށްވެރިންނަށްބާ ؟ ކޮބާ އަހަރެމެންގެ ރައިޓްސް! އެއްވެސް ހާލެއްގައި ތިކަހަލަ އަމުރުތަކަށް ތަބާވެގެންނުވާނެ... މިހާރުވެސް މިރާއްޖޭގައި މިއޮތީ މުޅިދުނިޔެއަށް ނަމޫނާ ޕޮރިން ޕޮލިސީއެއް ... ސާބަސް ތިޔަގޮތުގައި ހިފަހައްޓާ.. އަދި ތިހިރަ އިންޑިޔާގެ ހެލިކޮޕްޓަރުތަށްވެސް މިޤައުމުން ބޭރުކުރޭ
ހެލްކޮޕުޓަރު
17 April 2018
ހެލްކޮޕުޓަރުތައް ފޮނުވާލާފަ ރަައްޔިތުމީހާ ބަލިވީމަ އެމަޖެންސީގަ މާލެ ގެންނަނީ ދިވެހިި ޖެޓުތަކުގަތަ؟ ނޫނީ ރައްޔިތުމީހާގެ ރިޔަލު ދޯނީގަތަ؟
މަރޭމިތުރާ
17 April 2018
މިތާއެތިބި މީހުންގެ ގޮތެއް ފޮތެއް ގާނޫނެއްނެތް....މިތާގެ ސަރުކާރާއި ފުލުހުންގެ އަމިއްލަގޮތެއް ނޫނީނެތް.
މަރޭމިތުރާ
17 April 2018
ނިންމިގޮތައް ތާއީދުކުރުން އެންމެންގެ ކަމެއް! ނިއްމިގޮތައް ކަމޭހިތުން ފުލުހުންގެވެސް ކަމެއް!
މަހުދީ
17 April 2018
އެބަރަނގަޅުވޭ. އިރާދަކުރެއްވިއްޔާ ފުލެޓު ދޮންބެ އައިސް ގެދޮރުވެރިކަން ހުރިހާ ދިވެހިންނަށް ކަށަވަރު ކޮށްދޭނެ. ޔާމީން ވެރިކަމު ހުރެގެން އެއްކަމެއްވެސް ބޭނުމެއްނޫން. ޔާމީން ގޯ. ޔާމީން ގޯ.
ހަސަންމަނިކުފާނު
17 April 2018
ނަސީދު ގޮވަިގެން މަސްމާތުކޭޓަށް މަސްކަނޑަން ދޭބަލަ!