މިއަދު ފަށާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު.-- ފޮޓޯ: ވީއޭއެމް
22 އެޕްރީލް 2018 - 10:20
އެންމެ ފަހުން އޮތް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ކުޅުނު މެޗުތަކުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އަށް ލިބުނު ނަމަވެސް އޭގެ ފަހުން މާޗް މަހު މާލޭގައި އޮތް މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. އޭގެ ފަހުން ޓީމަށް ބަދަލުތަކެއް އައިސްފައިވާއިރު، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން އާ ރޫހެއްގައި މި ފަހަރުގެ މުބާރާތަށް މިއަދު ރާއްޖެ ނުކުންނާނެ އެވެ. ބޭނުންވަނީ ރަނގަޅު އާ ފެށުމެކެވެ.
ސްރީލަންކާގެ ކޯޗު ސިސިރާ ވެންޑަކޫން އާއި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފާ އެކު ގައުމީ ވޮލީބޯޅަ ޓީމުން އެންމެ ފަހުން ދެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ފެނުނީ ނިސްބަތުން ދަށް ކޮށެވެ. މި ފަހަރު ކާއްޓޭއާ އެކު ޓީމު ނުކުންނައިރު، ޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އާ ކުޅުންތެރިން ޓީމުގައި ހިމެނުމެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނެނީ ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒާންޓެ)، އާދަމް ފައިރޫޒް، އަލީ މައުރޫފް (މާއްޓެ)، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު އަނިލް، ޖަވާމް އަލީ، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް ، އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު ނައީމް އެވެ.
ތައިލެންޑުގައި ފުރިހަމަ ކުރި ޓްރެއިނިން ކޭމްޕަށް ފަހު ޓީމުން ވަކިވީ އަހުމަދު ޝިމާއު، މުހައްމަދު މިމްރާހު ހަސަން (މިންމި) އެވެ. މި ފަހަރުގެ ސްކޮޑަށް ބަލާއިރު މި މުބާރާތުގައި އަލަށް ކުޅޭ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ޝުއައިބު، މިމްރާހް އަދި ނައީމް އެވެ.
ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ފަހުން ހުރި އިޝާން މުހައްމަދު (ބަޓިސް) ވަނީ ޓީމުން ރިޓަޔާކޮށްފަ އެވެ. މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ. މި ކުޅުންތެރިންތަކަކީ މީގެ ކުރިން މުބާރާތްތަކުގައި ގިނައިން ކުޅެފައިތިބި ކުޅުންތެރިންނެވެ. މި ކުޅުންތެރިން ނެތި މި ފަހަރު ޓީމުގެ ލީޑަރުންގެ ރޯލު އަދާކުރަން ޖެހިފައިވަނީ ކެޕްޓަން ލޯންގޭ އާއި ވައިސް ކެޕްޓަން ހުޒާންޓެ އެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ހުޒާންޓެ (ކ) އާއި ލޯންގޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެންމެ ފަހުން ދެ އޭވީސީ މުބާރާތުގައި ލޯންގޭ އަށް ކުޅުމުގެ ފުރުސަތު އެންމެ ރަނގަޅަށް ނުލިބެ އެވެ. އެހެން ނަަމަވެސް ނިމިދިޔަ ވޮލީ ސީޒަން ނިންމާލިއިރު ލޯންގޭ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު އޭނާ އަށް އަދިވެސް ގައުމީ ޓީމުގައި ބޮޑު ރޯލެއް އަދާކުރެވޭނެކަން ޔަގީންވި އެވެ. ރާއްޖޭގައި މި ވަގުތު ތިބި ޑިފެންސާއި އެޓޭކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ހުޒާންޓެ އެވެ. އޭނާ އަކީ މި ވަގުތު ޓީމުގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާ ވެސް މެ އެވެ.
ހުސެއިން ވިޝާމް (ބުޅިކެ) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ސެޓަރެވެ. އެހެން ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް މުބާރާތްތަކުގައި ގިނަ ވަގުތު ކުޅެން ނުލިބުނީ ކުރީގެ ކެޕްޓަން ބަޓިސް ހުރުމުންނެވެ. މިއީ ބަޓިސް ރިޓަޔާކުރި ފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މި މުބާރާތުގައި އެންމެ ޒިންމާ ބޮޑު އެއް ކުޅުންތެރިޔަކަށްވާނީ ބުޅިކެ އެވެ.
އެންމެ ފަހުން ކުޅުނު އޭވީސީ ދެ މުބާރާތުގައި ބުޅިކެ އަށް ކުޅެލަން ލިބުނު ފުރުސަތުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ އަހަރު ވޮލީ ސީޒަނުގައި ބުޅިކެ ދެއްކި ކުޅުމަށް ބަލާއިރު މި ވަގުތު އޭނާ ހުރީ ރަނގަޅު ފޯމެއްގަ އެވެ.
ގައުމީ ޓީމުގެ ކޯޗު ކާއްޓޭ ބުނީ މިއީ ބުޅިކެ އަށް އޭނާގެ ކުޅުން ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މިއީ ވިޝާމް (ބުޅިކެ) އަށް ފުލްކޮށް ކުޅެލަން ލިބޭ ފަހަރު އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދުކުރަން،" ކާއްޓޭ ބުންޏެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބުޅިކެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަ ޓީމެކެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި ނޭޕާލް، އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާން، އުޒްބެކިސްތާން އަދި ތުރުކްމެނިސްތާން އެވެ. ރާއްޖެ ލައްވާލީ ބަންގްލަދޭޝް އާއި ނޭޕާލާ އެކު ގްރޫޕް ބީގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
އެންމެ ފަހުން ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތިން ވަނަ ރާއްޖެ އިން ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ. އެހެން ނަމަވެސް މާޗް މަހު މާލޭގައި އޮތް މުބާރާތުގައި ނޭޕާލް ވަނީ ރާއްޖެ އަތުން މޮޅުވެފަ އެވެ. އެންމެ ފަހުން ދެ މުބާރާތުގައި ވެސް ރާއްޖެ އަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އަކީ ފެށުން ގޯސް ވުމެވެ. އޭގެ ސަބަބުން ފަހު މެޗުތަކުގައި ކުޅުންތެރިންނަށް ޕްރެޝަރު ބޮޑުވުމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތްނުވި އެވެ.
މި ފަހަރުގެ މުބާރާތާ ކުރިމަތިލާއިރު ކާއްޓޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވަރަށް ޑިސިޕްލިން ސްކޮޑެއް އޮތުމުގެ އިތުރުން ރަނގަޅު ފެންވަރުގެ ޓްރެއިންން ކޭމްޕެއް ތައިލެންޑުގައި ކުރިއަށް ގެންދެވުމެވެ. އަދި ޓްރެއިނިން ކޭމްގައި ރަނގަޅު ފެންވަރުގެ މެޗުތަކެއް ލިބުމުން ކުޅުންތެރިންނަށް މުބާރާތުގައި އޭގެ ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
22 April 2018
ޗޮކުންދާނެއޭ މަމެން ބުނަން ނެތީމު.ވ.ވެދުން
ސަކީނާ
22 April 2018
މިހާރު ކޮބާ ޕެޓްރިއޮޓިޒަމް އުތުރި އަރަނީތަ؟ ޕެޓްރިއޮޓިޒަމް އޭ ކިޔާ ކޮމެންޓްކުރަން ހަނދާން ހުންނަނީ ނިއުއަށް ފާޑުކިޔަން މީހުން ފެށީމަތަ؟ ތިމާ މީހާ ހެޔޮ ދިވެހި އެހެން ޓީމުތަކާ ކުޅުންތެރިންނަށް ކޮންމެ އެއްޗެއްކިޔަސް. ދަ ހައިޓް އޮފް އިގްނޮރެންސް އެންޑް ސްޓުޕިޑިޓީ!
ކޮޅާލާ
22 April 2018
އޮޅާލާ ބުނި ބަހަށް މަގޮލާ ތާއީދު އެއްކަން ފިޔަވާ، އެއީ އެފައިސާ ޚަރަދުކުރަންވާނީ ރާއްޖެތެރެ ތަރައްޤީކުރަން. ވައްސަލާމް
އިބްރާހިމް އަހުމަދު
22 April 2018
މުޅިން ކަޑަ! ކާއްޓޭ ގޮތުގަ ހުންނަންށޭ ކިޔާފަ ކުޑަ ކާއްޓޭ ވެސް ޓީމް އިން ބޭރު ކުރީ. އައްކަޅޭ ވެސް ބޭރުކުރީ. އަށްކަޅޭމެންނަށް ވުރެ މާ ކަޑަ މީހުން ޓީމުގަ އެބަތިބި. ބޭނުންވެސް ނުހިފޭވަރުގެ. މިމްމި ވެސް ބޭރުކޮށްފަ ދަގަޑޭ ނޫން ދެންހުރި ސޮރު ލިބަރޯ އަކަށް ނެގި ގޮތެއްވެސް ނޭގެ. އަދި ބުނާނެ ޒުވާން ޓީމެކޭ ނަގަނީ. 30 އަހަރުންމަތީގެ ވެސް 4 ވަރަކަށް މީހުން އެބަތިބި ތޯއްޗެ. ބޭނުން ބަޔެއްގޮވައިން ހަމަ ދަނީ. އެއްވެސް ފެއާ އެއްނޫން ޓީމް ނަގާ ގޮތެއްވެސް. ރަނގަޅު މެދަށް ކުޅޭ މީހަކަށްވެ ހުރީ އެ ޓްވިންސު ދެމީހުން ތެރޭގަ އަރާ ހުރި ސޮރު އެކަނި.
އޮޅާލާ
22 April 2018
ރަނގަޅު ރޫހެއްގައި ފަށާނީ ރާއްޖޭން ބޭރަށް ގޮސް ފައި އަންނާނީ ކޮންމެ ބަޔަކާއި އެކު ކުޅުނު ނަމަވެސް ގިއްގެޅެން ދެން ބަލިވެގެން ނޭ މަމެން ބުނަން ނެތީމުދޯ. މިރާއްޖޭގެ ކުޅިވަރު ސްޕެޝަލީ ގައުމީ ޓީމް ގެ ކުޅުން ތެރިންނަކީ ވޮލީގައި ވެސް ފުޓް ބޯޅައިގައި ވެސް މޮޅެތި ކުޅުން ތެރިން ނެއް ނޫނޭ މީޑިއާ އޭ އެމެން މޮޅު ކޮށް ގެން އުޅެނީ. ތިޔާ ކަން ހުއްޓާލާ ތިފައިސާ ޑައިވާރޓް ކުރޭ މާލެ ސަރަހައްދުގައި ފްލެޓްސް ތައް އަޅަން އެނިމުނީ. ކޮން ގައުމީ ވޮލީ ޓީމެއް ތޭ ގައުމީ ވޮލީ ޓީމް އޮޅާލާ.
ޙާރޫނު
22 April 2018
ޙަޖަމް ބުރޯ، ތިބައްޔަށް ބޭސްކުރަން ޓްރީޓޮޕް ހޮސްޕިޓަލް ހިޔާރުކުރައްވާ! ކެކެކެ
ައަހުސަނު 2
22 April 2018
ޓީމު ނަގަންވީގޮތް އިގޭނީ އެއިރަކު ހުންނަ ކޯޗަކަށް. ކޮންމެ ބަޔަކު ޓީމަށް އެރިޔަސް ބޭރުވިޔަސް މިހާރު އޮތް ވޮލީ ޓީމަކީ ކުރިމަގަށް ބިނާކުރާޓީމެއް. ގައުމަށްޓަކައި ކުޅެން ބޭނުން ނޫން މީހުން ގޭގަ ތިހެން ކޮމެންޓުކުރަންތިބޭ